Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޯގާ ހަމަނުޖެހުން

ޔޯގާ ހަމަނުޖެހުން: ވަކީލަކު ހަމަޖައްސަން 10 ދުވަސް، ތުހުމަތުކުރެވޭ ބައެއް މީހުން އެދެނީ މައްސަލަ ލައިވްކުރުމަށް

މި މައްސަލައިގައި އުފުލާފައިވާ ދައުވާ ކުރުމަށް ފޮނުވާފައި ވަނީ 02 އޮކްޓޫބަރު 2022 ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2022 | އަންގާރަ 12:13
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުން

މި އަހަރުގެ ޖޫން މަހު ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ދަނޑުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ދަނޑަށް ވަދެ، ޓެރަރިޒަމްގެ އަމަލު ހިންގާފައިވާކަމަށް ތުހުމަތުކޮށް ދައުވާކުރި މީހުންނަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތު ދީފިއެވެ.

އަންގާރަ ދުވަހު އޮތް، ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަޖިލީހުގައި މި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާ ލިބޭ ފަރާތްތަކަށް އެ ފަރާތްތަކަށް ލިބޭ ހައްގުތައް ސާފުކޮށްދެއްވާފައެވެ. މި މައްސަލައިގައި އުފުލާފައިވާ ދައުވާ ކުރުމަށް ފޮނުވާފައި ވަނީ 2 އޮކްޓޫބަރު 2022 ދުވަހުއެވެ. މި މައްސަަލައިގައި ހިމެނޭ އެއް ފަރާތުން ވަނީ ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދިނުމަށް އެދިފައެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެންމެންވެސް އެދުނެވެ. އެހެންނަމަވެސް ގާޒީ ނިންމެވީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދާއި، ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. އޭގެ އިތުރުން، ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ 7 މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މއ. ކަނުހުރާ، މުޙައްމަދު ޛިލިއަން އާއި، ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢު، ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު، ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމް، ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަޞޫޙު، މ. ކުދެހިގެ، ޙަސަން ޝިފާޒު އަދި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމްގެ މައްޗަށެވެ. އެ ކުށް ސާބިތުވެއްޖެނަމަ 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.

މި މައްސަލައާ ގުޅިގެން، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެދައުވާ އުފުލާފައިވަނީ 7 މީހުންގެ މައްޗަށެވެ. އެއީ ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް، ގ. ފީނިކްސް، ޢަބްދުالله ނިޔާޒު، ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު، ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާން، ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން، ހދ. ކުޅުދުއްފުށި، ބާބޫގެ، ޙުސައިން ޢަލީ އަދި މ. ފަޅުމަތީގެ، އަޙްމަދު ޢަލީއެވެ.

ހަމައެހެންމެ ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢުގެ މައްޗަށް މި މައްސަލައިގައި ވަނީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަކީ 1 އަހަރާ 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މީގެ އިތުރުން ޔޯގާ ހަރަކާތުގައި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފުލާފައިވާ މި ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަކީ 7 އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އޭގެ އިތުރުން، ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢުއާއި، ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމްގެ އިތުރުން، މ. ކުދެހިގެ، ޙަސަން ޝިފާޒުގެ މައްޗަށް ވަނީ އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ 3 އަހަރާ 5 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެކެވެ.

މި މައްސަލައާ ގުޅިގެން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ 15 މީހެއްގެ މައްޗަށް އުފުލާފައިވެއެވެ. ހަމައެއާއެކު، ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލާއި، މއ. ކަނުހުރާ، މުޙައްމަދު ޛިލިއަންގެ މައްޗަށްވެސް ވަނީ ޢަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި މުޙައްމަދު އިސްމާޢީލްގެ ފަރާތުން ވަނީ މި މައްސަލައިގެ ޝަރީއަތް ލައިވްކޮށްދިނުމަށް އެދިފައެވެ. އަދި އިތުރު ދެ ފަރާތަކުންވެސް ވަނީ އެގޮތަށް އެދިފައެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މިހާރުވެސް މި މައްސަލަ ކުރިއަށް ގެންދަނީ ހުޅުވާލައިގެންކަމަށާއި މިއީ ސިއްރު ބައްދަލުުވުމެއް ނޫންކަމަށެވެ.

މީގެ އިތުރުން މައްސަލައިގެ ލިޔެކިޔުން ލިބުނުނަމަވެސް ހައްޔަރުކޮށްފައި ތިބި މުއްދަތުގައި، ހައްޔަރުކޮށްފައި ތިބި މީހުންނަށް ލިބޭ ހައްގުތައް ސާފުކޮށް ބުނެދީފައި ނުވާކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ލިޔެކިޔުންތައް ހަވާލުކުރި ސީޑީތައް ބެލޭނެ އިންތިޒާމެއް ނެތުމާއި ސީޑީތަކުގައި މައްސަލަ ހުރިކަމުގެ ޝަކުވާވެސް އެ ފަރާތްތަކުންް ވަނީ އުފުލާފައެވެ. އެކަމަށް ޖަވާބުދެމުން ދައުލަތުން ބުނީ މި މައްސަލައިގައި ލިޔެކިޔުމެއް ނުލިބި ވާނަމަ ކޯޓުމެދުވެރިކޮށް އެކަން ދައުލަތުގެ ސަމާލުކަމަށް ގެނައުމުން އެކަމަށް ހައްލު ހޯދައިދޭނެކަމަށެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ 2022ކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު