Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯޑާ ސެކިޔުރިޓީ ސިމްޕޯޒިއަމް

ބޯޑަރު ސެކިޔުރިޓީ ހަރުދަނާކުރުމަށް ބާއްވާ ފުރަތަމަ ބޯޑާ ސެކިޔުރިޓީ ސިމްޕޯޒިއަމް ފަށައިފި

މިސިމްޕޯޒިއަމްގައި އިމިގްރޭޝަނާއި އެމްއެންޑީއެފާއި ފުލުހުންނާއި ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޮކްޓޯބަރު 2022 | އަންގާރަ 08:26
ބޯޑާ ސެކިޔުރިޓީ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު

ބޯޑާ ސެކިޔުރިޓީ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު

ރާއްޖޭގެ ބޯޑާ ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ބާއްވާ ފުރަތަމަ "މޯލްޑިވްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް" ފަށައިފިއެވެ.

އަންގާރަ ދުވަހު ފެށި މި ސިމްޕޯއިޒިއަމް ކުރިޔަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މި ސިމްޕޯޒިއަމްގައި އިމިގްރޭޝަނާއި އެމްއެންޑީއެފާއި ފުލުހުންނާއި ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މީގެއިތުރުން އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި އދ. ގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)ގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ސިމްޕޯޒިއަމްގެ މައިގަނޑު ބޭނުމަކީ ބޯޑާ ސެކިޔުރިޓީ ބެލެހެއްޓުމުގައި މިހާރު ދިމާވެފައިވާ މައްސަލަތަކަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން އެއް މޭޒެއްގެ ދަށުގައި ތިބެ މަޝްވަރާކޮށް އެކަންކަން ދެނެގަނެ ހައްލު ކުރެވޭނެ ގޮތްތައް ބެލުންކަމަށެވެ. އަދި މިހާރު މަޝްވަރާކުރެވޭ ކަންކަން ސިޔާސަތު އެކުލަވާލާ ހިސާބަށް ހުށަހަޅާ ބަދަލު ގެންނަންޖެހޭ ހާލަތުގައި ބަދަލު ގެނެސް އެކަންކަން ތަންފީޒުކުރުންކަމަށެވެ.

މީގެއިތުރުން ހަނަފީ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ބޯޑާ ސެކިޔުރިޓީ ސްޓްރެޓެޖީއެއް އެކުލަވާލުންކަމަށެވެ. އެހެންކަމުން މި ސިމްޕޯޒިއަމް އިން ހުރިހާ އެންމެންގެ ވިސްނުން މިކަމުގައި ހުރި ގޮތް ދެނެގަނެ މިހާރު ޑްރާފްޓްކޮށްފައިވާ ކަރުދާހަށް ކޮމެންޓު ކުރާނެކަމަށެވެ.

އަދި މި ސިމްޕޯޒިއަމް ކުރިޔަށް އޮތްތަނުގައި އަހަރަކު އެއް ފަހަރު ބާއްވާ ބޯޑާ ސެކިޔުރިޓީގައި ހުރި ގޮންޖެހުންތައް ދެނެގަނެ ހައްލު ހޯދުމަށް އެންމެން އެކުގައި މަސައްކަތްކުރާނެކަމަށް ހަނަފީ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްއިމިގްރޭޝަންއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު