Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބަޣުދާދު ފެހި ކުރުން

ކުރިއަކަށް ފަހު ކުރިއެއް: މުޅި ބަޣުދާދު ފެހި ކުރުމުގައި ފަރުދީ އޭޖެންޓެއް!

އޭނާ އަށް އިންދިފަ ހުރި ގަސްތައް ގުނާ އަދަދެއް ނުކުރެވޭ، ކޮންމެ ހަފުތާއަކުވެސް ހާޖީ މަހްދީ ނާސަރީއިން 10000 ޢިރާޤީ ދީނާރު ނުވަތަ 7 ވަރަކަށް ޑޮލަރުގެ ގަސް ގަނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 އޮކްޓޯބަރު 2022 | އަންގާރަ 06:14
ޔަހިއާ ޝާކިރު ރަޙީމް ވަނީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ގަސް އިންދާފައި، ހުރިހާ ކަމެއްވެސް އޭނާ ކުރަނީ އަމިއްލަ ޚަރަދުގައި

ޔަހިއާ ޝާކިރު ރަޙީމް ވަނީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ގަސް އިންދާފައި، ހުރިހާ ކަމެއްވެސް އޭނާ ކުރަނީ އަމިއްލަ ޚަރަދުގައި

ޢިރާޤުގެ ވެރިރަށް ބަޣުދާދުގެ ކާރޫބާރޫ ބޮޑު މަގުތަކުންލާފައި ކުރިއަށް ދިޔަ އިރު، ރިއަލް އެސްޓޭޓް އޭޖެންޓު އަދި ގަސް އިންދާ ހެއްދުމަށް ލޯބިކުރާ ޔަހިއާ ޝާކިރު ރަޙީމްގެ ނަޒަރު ހުއްޓެމުން ދިޔައީ، ކޮންމެ ހަފުތާއަކުވެސް އޭނާ ކުރިއަށް ގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްގެ މި ހަފުތާގެ މަޝްރޫޢުގައި ގަސް އިންދާނެ ސަރަޙައްދުތަކަށެވެ. އޭރުވެސް، މަގުގެ އެކި ހިސާބުތަކުގައި ކުދިކުދި ގަސްތައް ރޯކުރަން ޖަހާފައި ހުރި މަންޒަރު ފެނެއެވެ.

މިހާރު އުމުރުން 63 އަހަރު ފުރިފައިވާ ރަހީމު، އޭނާ ދިރިއުޅެމުންދާ އަވަށް ފެހި ކުރުމުގެ މަސައްކަތް ފެށީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. އޭގެ ފަހުން މިވީހާ ދުވަހު، އޭނާ ވަނީ ގުނާ އަދަދު ނުކުރެވޭހާ ގިނަ ގަސް އިންދާފައެވެ. މަގުތަކުގެ އެއް ފަރާތެއްގައެވެ. ސްކޫލްތަކާއި ހޮސްޕިޓަލުތަކުގެ ކައިރީގައެވެ. އަދި އާންމުންނަށް ވަދެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ކުދި ބަގީޗާތަކުގައެވެ. އެ ހުރިހާ ކަމެއްވެސް އޭނާ ކުރަނީ އަމިއްލަ ޚަރަދުގައެވެ.

ހިރަފުހާއި ވެލީގެ ތޫފާންތަކަކީ ބަހާރު މޫސުމާއި ހޫނު މޫސުމުގެ ކުރީކޮޅު، ޢިރާޤަށް އާންމު ކަމެކެވެ. ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭއިރު، ބަޣުދާދު އިންޓަނޭޝަނަލް އެއަރޕޯޓްގެ އުދުހުންތައްވެސް ހުއްޓުމަކަށް ގެންނަން ޖެހޭ ހާލަތްތަކާ ކުރިމަތިވެފައި އެބަހުއްޓެވެ.

އދއިން ބުނެފައިވާ ގޮތުގައި، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ކާރިޘީ ހިރާސް އެންމެ ބޮޑު، ނާޒުކު ޤައުމުތަކުގެ ލިސްޓުގައި 5 ވަނައަށް އޮތީ ޢިރާޤެވެ.

ފެން ލިބުން ދަތިވުމާއި އިންތިހާ ގަދަ ހޫނުގެ ސަބަބުން، ދަނޑުބިންތައް ދަނީ ހަނަފަސްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ހޫނު މޫސުމުގެ ދުވަސްވަރު، ޢިރާޤުގެ ބޮޑު ސަރަޙައްދެއްގައި ދިރިއުޅުމަށްވެސް ވަނީ ދަތިވެފައެވެ.

ފާއިތުވީ އަހަރުތަކަށް ބަލާއިރު، ބަޣުދާދުން ގަސްތައް މަދުވެފައި ވަނީ، ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުންނެވެ.

ރަޙީމް ކުރަމުންދާ މަސައްކަތްތަކަށް، މިއަދު އާންމުންގެ އެއްބާރުލުންވެސް ލިބެއެވެ.

ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް، ކުރިއަކަށް ފަހު ކުރިއެއް ޖަހަމުން ރަޙީމް އެދަނީ، ބަޣުދާދު ފެހި ކުރުމަށް ޢިރާޤުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި، އޭނާއަށްވެސް ވެވުނު ގޮތަކުން ބައިވެރިވަމުންނެވެ. ފަރުދެއްގެ ހައިސިއްޔަތުން، ކޮނޑުގައި އެޅިފައި އޮތް ޤައުމީ ވާޖިބު، ޒިންމާދާރު ކަމާއެކު އަދާ ކުރަމުންނެވެ.

ބަޣުދާދު ފެހި ކުރުންޔަހިއާ ޝާކިރު ރަޙީމް؛ ޢިރާޤުގެ ރައްޔިތެއްއިރާގުބަޣުދާދު

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
03 ފެބުރުއަރީ 2024

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު