Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޢަރަބި ގަލްފް ކަޕް

ބަޞްރާގެ މަގުތަކުން އަނެއްކާވެސް 'ސިންދުބާދު' ފެންނަން ފަށައިފި: ކީއްވެ ކަން އެނގޭތަ؟

1970 ވަނަ އަހަރު އެންމެ ފުރަތަމަ މެޗު ކުޅުނު އެރޭބިއަން ގަލްފް ކަޕަށް ޢިރާޤުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2023 | ބުދަ 09:54
ޢިރާޤުގައި ގަލްފް ކަޕްގެ މެޗެއް އެންމެ ފަހުން ހޮސްޓް ކޮށްފައި ވަނީ 1979 ވަނަ އަހަރު

ޢިރާޤުގައި ގަލްފް ކަޕްގެ މެޗެއް އެންމެ ފަހުން ހޮސްޓް ކޮށްފައި ވަނީ 1979 ވަނަ އަހަރު

ހަނގުރާމައާއި ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކާއެކު އެ ޤައުމުގެ ފަސްބައިގައި ޖެހިފައި އޮތް ލޭގެ ލައްގަނޑު ފިލުވާލާ، އުޖާލާ މުސްތަޤުބަލެއްގެ ޢުއްމީދާއެކު ޤައުމައިގެން ކުރިއަށް ދިއުމުގެ ރޫޙު، އިރާޤުގައި މި ދުވަސްވަރު ވަރުގަދަ ވެފައި ވުމުގެ އެންމެ ބޮޑު އެއް އަސްލަކީ ބަޞްރާގައި ކުރިއަށްދާ 25 ވަނަ ޢަރަބި ގަލްފް ކަޕްއެވެ. 40 އަކަށް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޢިރާޤުގައި ފުރަތަމަ ފަހަރަށް ޢަރަބި ގަލްފް ކަޕްގެ މެޗުތައް ކުޅެމުން ދާއިރު، މުބާރާތް ހޮސްޓް ކުރާ ބަޞްރާ ސިޓީގެ އެކި ހިސާބުތައް ފަޅުފިލުވަމުންދާ 'ސިންދުބާދު ދަ ސެއިލަރ'އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެއީ މި ފަހަރުގެ މެސްކޮޓްއެވެ.

ޚިޔާލީ ވާހަކަ "ތައުޒަންޑް އެންޑް ވަން ނައިޓްސް"އިން ތަޢާރަފުވި 'ސިންދުބާދު ދަ ސެއިލަރ' އަކީ އަޅުގަނޑުމެން ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކަށް ފަރިތަ ޝަޚްސެކެވެ. ޢަރަބި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައިވެސް އެކަން އޮތީ އެހެނެވެ. މާ ސިންގާ ކަޅު ހަރުވާޅެއް ލައި، ބޮލުގައި ހުދު ފަގުޑިއެއް އަޅައިގެން ހުންނަ 'ސިންދުބާދު ދަ ސެއިލަރ'އަކީ، ކުވައިތަށް ނިސްބަތްވާ، އީސާ އަލް-އާޒިމީ ބުނާ ގޮތުގައި، ޢިރާޤުގެ ރަމްޒެކެވެ.

'ސިންދުބާދު ދަ ސެއިލަރ'ގެ ވާހަކަތައް ބިނާކޮށްފައި ހުންނަނީ ޢައްބާސީ ޚިލާފަތުގެ ދުވަސްވަރު ޢިރާޤުގެ ބަޞްރާގެ ވިޔަފާރިވެރިންނަށް ކުރިމަތިލާން ޖެހުނު ތަޖުރިބާތަކުގެ މައްޗަށެވެ. ބުނެވޭ ގޮތުގައި، ދުނިޔޭގެ އިރުމަތީ ބިތުގެ ޤައުމުތަކާ ހެދި، އެ ވިޔަފާރިވެރިންނަށް އޮތީ ބޮޑު ބިރުވެރި ކަމަކާ ކުރިމަތިލާން ޖެހިފައެވެ.

25 ވަނަ ގަލްފް ކަޕްގެ އިންތިޒާމް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުޙައްމަދު ރާދު ފާހަގަ ކުރި ގޮތުގައި، 'ސިންދުބާދު ދަ ސެއިލަރ' ފެނިގެންދާނީ މަގުތައް މަތިން އެކަންޏެއް ނޫނެވެ. ގިނަ ދުވަސްތަކަކަށް ދެމިގެން ގޮސް، ތާރީޚުންވެސް ޖާގަ ހޯދާނެ ކަން ކަށަވަރު ކުރުމުގެ ގޮތުން، 'ސިންދުބާދު ދަ ސެއިލަރ'ގެ ސޯޝަލް މީޑިއާއަށް އަހުލުވެރި ވާޜަންވެސް ވަނީ ތަޢާރަފު ކޮށްފައެވެ.

1968 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ތެރެއިން އައި ޚިޔާލެއްގެ މައްޗަށް ބިނާކޮށް، 1970 ވަނަ އަހަރު އެންމެ ފުރަތަމަ މެޗު ކުޅުނު އެރޭބިއަން ގަލްފް ކަޕް ނުވަތަ އާންމު ބަހުން ނަމަ، ގަލްފްގެ ރިހި ޔޫބީލް މުބާރާތަށް، ޢިރާޤުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެފައެވެ. ގަލްފް ކަޕަށް ބަޞްރާ ޒީނަތްތެރި ކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ޢިރާޤުގައި އޮތް ހަމައެކަނި ކަމަކީ ހަނގުރާމަ ނޫން ކަމަށާ، އެއީ ރީތި ދިރިއުޅުމެއް އުޅޭ ބަޔަކު ދިރިއުޅެމުންދާ މަންޒިލެއްކަން އަންގައި ދިނުމެވެ.

ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް ބުނެ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ 1990ގެ އަހަރުތަކުން ފެށިގެން ޢިރާޤުގައި މެޗުތައް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އަޅާފައެވެ. ނަމަވެސް 2018 ވަނަ އަހަރުން ފަށައިގެން، އެ ފިޔަވަޅުތަކަށް ލުއި ދޭން ފެށިކަންވެސް ފާހަގަ ކުރަން ޖެހެއެވެ. މީގެ އަހަރުތަކެއް ކުރިން މުޅި ޢިރާޤު ގުގުމަމުން ދިޔައީ ބޮމާއި ބަޑީގެ ހަމަލާތަކުން ކަމުގައި ވީ ނަމަވެސް، މިއަދުގެ މަންޒަރު މުޅިން ތަފާތެވެ. ގަލްފް ކަޕާއެކު މުޅި ބަޞްރާއަށްވެސް ވެރިވެފައި ވަނީ އުފާވެރިކަމާއި އުޖާލާ ކަމެވެ.

ޢިރާޤުގައި ގަލްފް ކަޕްގެ މެޗެއް އެންމެ ފަހުން ހޮސްޓް ކޮށްފައި ވަނީ 1979 ވަނަ އަހަރު ކަމަށް ވާ އިރު، އެ ފަހަރުގެ މުބާރާތް ކާމިޔާބު ކުރީވެސް ޢިރާޤުންނެވެ. އެރޭބިއަން ގަލްފް ކަޕްއަކީ ކޮންމެ 2 އަހަރަކުން ބާއްވާ ގޮތަށް ރާވާފައި އޮންނަ މުބާރާތެއް ކަމުގައި ވީ ނަމަވެސް، ސިޔާސީ އެކިއެކި ދެބަސްވުންތަކާއި އިންތިޒާމީ މައްސަލަތަކާ ގުޅިގެން ބައެއް ފަހަރު، 2 މުބާރާތުގެ ދެމެދުގައި 3 އަހަރު ނުވަތަ 4 އަހަރުވެސް ފާއިތުވެގެން ގޮސްފައި އެބަ ހުއްޓެވެ.

އެރޭބިއަން ގަލްފް ކަޕްއަކީ، އަރަބް ގަލްފް ކަޕް ފުޓުބޯލް ފެޑަރޭޝަންގެ މެންބަރު 8 ޤައުމުގެ މެދުގައި ކުޅޭ، ވާދަވެރި ފުޓުބޯޅަ މުބާރާތެކެވެ. އެ ޤައުމުތަކަކީ ބަޙްރައިން، ޢިރާޤު، ކުވައިތު، އޮމާން، ޤަޠަރު، ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަދި ޔަމަންއެވެ.

ގަލްފް ކަޕް މެސްކޮޓްއިރާގު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު