Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ކަރަންޓު ކަނޑާލުމުން އެފްއޭއެމަށް ގޯސްވީ ސަރުކާރާއި ސްޓެލްކޯ

ކަރަންޓު ކަނޑާލީ އެ އިދާރާއިން ކަރަންޓު ބިލުގެ ގޮތުގައި ސްޓެލްކޯ އަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައި އޮތުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2022 | ހޯމަ 03:22
އެފްއޭމްގެ ރައީސް ބައްސާމް، ރައީސް ޞާލިޙު އާއި ކުޅިވަރު ވަޒީރު މަޚްލޫފާއެކު

އެފްއޭމްގެ ރައީސް ބައްސާމް، ރައީސް ޞާލިޙު އާއި ކުޅިވަރު ވަޒީރު މަޚްލޫފާއެކު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހައުސްއިން ކަރަންޓު ކަނޑާލުމާ ގުޅިގެން އެ އިދާރާއިން ނޫސްބަޔާނެއް ނެރެފިއެވެ.

އެފްއޭއެމްގެ ކަރަންޓު ކަނޑާލީ އެ އިދާރާއިން ކަރަންޓު ބިލުގެ ގޮތުގައި ސްޓެލްކޯ އަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައި އޮތުމުންނެވެ. އެފްއޭއެމުން ކަރަންޓު ކަނޑާލާފައިވާކަން ސްޓެލްކޯއިން ހާމަ ކުރީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން އެފްއޭއެމުން އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި އެކި މުއްދަތުގެ ތެރޭގައި އެ އިދާރާގެ ހައުސް ވަނީ ތަފާތު އެކި ފަރާތްތަކަށް އެކި ކަންކަމުގައި ބޭނުންކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑު ފެސިލިޓީއެއްގެ ގޮތުގައި 2020 ވަނަ އަހަރު ބޭނުން ކޮށްފައިވާ ކަމަށާއި، އޭގެ ފަހުން މިހާރު ވެސް ސްކައުޓް އެސޯސިއޭޝަންގެ އިދާރާ ހިންގުމަށް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެފްއޭއެމުން ބުނީ އެ ފަރާތްތަކުން އެ އިމާރާތް ބޭނުންކުރާއިރު ކަރަންޓު ބިލާއި، ފެން ބިލަށް އަރާ ފައިސާއަކީ އެ އިދާރާއިން ދައްކަން ޖެހޭ ފައިސާ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ކަރަންޓު ބިލު ނުދައްކައިގެން އެފްއޭއެމާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެފްއޭއެމުން ބުނީ 2019 ވަނަ އަހަރާ ހަމަ އަށް ސްޓެލްކޯގެ އިހުމާލުން 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ޚަރަދަށް ބިލުކުރެވިފައިވާނެ ކަމަށް އެ ކުންފުނިން ވެސް އިއުތިރާފުވެފައިވާނެ ކަމަށެވެ. އެ މައްސަލައިގައި އަދިއަދާ ހަމަ އަށް ވެސް ސްޓެލްކޯގެ އެއްބާރުލުން ނުލިބޭ ކަމަށާއި، އެކަމުގައި އެ ކުންފުނީގެ މައްޗަށް ދައުވާ ނުކުރަނީ ދެ ފަރާތުގެ މަޝްވަރާއިން މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. އެފްއޭއެމުން ބުނީ އެ އަދަދުތަކަކީ އެ އެސޯސިއޭޝަނުން ޒިންމާވާން ޖެހޭ އަދަދުތަކެއް ނޫން ކަމަށެވެ. އަދި އެ އަދަދު އެއް ފަހަރާ ދެއްކުމަށް ޑިމާންޑުކޮށް، ކަރަންޓު ކަނޑާލާފައިވަނީ އެ އިދާރާގެ ފަންގިފިލާއިން އެކަނި ކަމަށެވެ. އެ ތަނުގައި ހުރި ސަރުކާރުގެ އެހެން ފަންގިފިލާތަކުން ކަރަންޓު ބިލު ނުދައްކާ އޮތް ކަމަށާއި، ނަމަވެސް އެ ތަންތަނުން ކަރަންޓު ކަނޑާލާފައި ނުވާ ކަމަށެވެ.

މި ބަޔާނުގައި އެފްއޭއެމުން ވަނީ ސަރުކާރު ވެސް ގޯސްކޮށްފައެވެ. އެގޮތުން ކުޅިވަރު ދަނޑުތަކާއި ކޯޓުތަކަކީ އެތަންތަނުގެ ކަރަންޓާއި ފެނުގެ ޚަރަދު ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އަންނަ ތަންތަނަށްވީ ނަމަވެސް، މާފަންނު ޓާފް ދަނޑުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އެފްއޭއެމުން ކަމަށް ބުނެފައިވެއެވެ. އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަން ފިޔަވައި ރާއްޖޭގެ ކުޅިވަރު އެހެން އެސޯސިއޭޝަންތަކަށް ސަރުކާރުން އެ އެހީ ފޯރުކޮށްދޭ ކަމަށް ބުނެފައެވެ. އެފްއޭއެމުން ބުނީ ކަރަންޓު ކަނޑާލާފައިވަނީ ސްޓެލްކޯގެ އިހުމާލުން، ޤަވާއިދާ ޚިލާފަށް ބިލުކުރި އަދާދައި، ދިވެހި ސަރުކާރުގެ ބޭނުންތަކަށް އިމާރާތް ބޭނުން ކުރި މުއްދަތުގައި ކަރަންޓަށް ހިނގާފައިވާ ޖުމުލަ އަދަދު ކަނޑައަޅައި، އެފްއޭއެމުން ޒިންމާ ނަގަން ނުޖެހޭ އެތައް ކަމެއް މަތިކޮށްފައި ކަމަށެވެ.

އެފްއޭއެމުން މިފަދައިން ބަޔާން ނެރުނުއިރު، މާލީ ގޮތުންނާއި އެހެނިގެން ގޮތް ގޮތުން ސަރުކާރުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ކުޅިވަރު އެސޯސިއޭޝަނަކީ އެފްއޭއެމްއެވެ. ނަމަވެސް ސަރުކާރުން އެ އެސޯސިއޭޝަނަށް ފޯރުކޮށްދޭ އެއްވެސް އެހީއެއްގެ ވާހަކަ ބަޔާނުގައި ބުނެފައެއް ނެތެވެ.

އެފްއޭއެމްއިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ މައްސަލަ މިހާރު ވެސް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. އެގޮތުން ޤައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ ފައިސާގެ ބޮޑު އަދަދެއްވެސް އެފްއޭއެމްއިން ދީފައެއް ނުވެއެވެ. މީގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވެސް ވަނީ ކުރީގެ ބައެއް ކޯޗުންނާއި އެސިސްޓެންޓު ކޯޗުނަށް ބަދަލު ދިނުމަށް އެފްއޭއެމްގެ މައްޗަށް އަންގާފައެވެ. ދާދި ފަހުން އޭޑީކޭ އަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައި އޮތުމުން، އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ އެފްއޭއެމްގެ މައްޗަށް ޙުކުމްކޮށްފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްސްޓެލްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު