Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

މި މަސައްކަތް ހަވާލުކޮށްފައިވަނީ 756،000 ރުފިޔާއަށް 7 ދުވަހުގެ ތެރޭގައި ނިންމަން ހުށަހެޅި ކުންފުންޏަކަށް

އަމްނާ އިމާދު
އަމްނާ އިމާދު | 26 އޮކްޓޯބަރު 2025 | އާދީއްތަ 10:24
ސްޓެލްކޯގެ ހެޑް އޮފީސް

ސްޓެލްކޯގެ ހެޑް އޮފީސް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުވާލި ބީލަން އެތެރެ އެތެރެއިން ނިންމާލި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ބީލަށް ކުރިމަތިލި ކުންފުންޏެއްގެ އިސްމީހަކު ރާއްޖެއެމްވީ އަށް ވަނީ ލިޔެކިއުންތައް ހިއްސާކޮށްފަ އެވެ.

Advertisement - newsAdvertisement

އެމީހާ ބުނީ ބީލަމަށް ދެ ފަހަރު ފުރުސަތު ހުޅުވާލި ކަމަށާއި، ފުރަތަމަ ފަހަރު ހުޅުވާލި ބީލަން ބާތިލް ކުރީ އެ މަސައްކަތް ކުރުމަށް ހުށަހެޅި ކުންފުނި ތަކުން މާ ބޮޑު އަދަދެއް ޖަހާފައިވާ ކަމަށް ބުނުފަހު ކަމަށެވެ. ދެ ވަނަ ބީލަމަށް 5 ކުންފުންޏަކުން ކުރިމަތިލި ކަމަށާއި، ޖަވާބެއް ނުލިބި ގިނަ ދުވަސް ވާތީ ޖަވާބެއް ހޯދުމަށް ކުރި މަސައްކަތުން އެހެން ކުންފުންޏަކާ އެ މަސައްކަތް ހަވާލު ކޮށްފައިވާ ސްޓެލްކޯ އިން ބުނެފައިވާ ކަމަށެވެ.

ލިޔެކިއުން ތަކުން އިނގޭ ގޮތުގައި މި މަސައްކަތް ހަވާލު ކޮށްފައިވަނީ 7 ދުވަސް ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ބުނެ، އަގުގެ ގޮތުގައި 756،000 ރުފިޔާ ހުށަހަޅާފައިވާ ކުންފުންޏަކަށެވެ. ނަމަވެސް މިއަށް ވުރެ ކުޑަ އަގެއް ގައި އަދި 3 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ހުށަހެޅި ކުންފުނިތައް ހުރިކަން ހާމަވެ އެވެ. އެއީ މި މަސައްކަތް ކުރާ ތަޖުރިބާ ހުރި ކުންފުނިތައް ކަމަށް ވެސް ލިޔެ ކިއުން ތައް ހިއްސާ ކުރި މީހާ ބުންޏެވެ.

މީގެ އިތުރުން، އެ ކުންފުނިން ވަނީ މައްސަލަ ބަލައި ދިނުމަށް އެދި މިމަހުގެ 23 ވީ ބުރާސްފަތި ދުވަހު އޭސީސީ އަށް ހުށަހަޅާފައިވަ އެވެ. އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި، ނަމަވެސް ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ވަކި ކުންފުންޏަކާ ހަވާލުކޮށް ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެ މީހާ ތުހުމަތު ކޮށްފައިވެ އެވެ. އަދި އެކަން ސްޓެލްކޯ އިން ސިއްރު ކުރުމަށް ވެސް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީ އަށް ސެޓެލްކޯގެ މީޑީއާ އޮފިޝަލް ވިދާޅުވީ މޯލްޑިވްސް ޕޯރޓް ލިމިޓެޑް ހުޅުމާލެ ޕޯރޓްގައި ހުރި ޖަނަރޭޓަރ އަދި ސްޓެލްކޯގެ ހެޑް އޮފީހު ސްޓޯރު ގައި ހުރި ޖަނަރޭޓަރތަކާއި ގުޅުން ހުރި ކޭބަލް ނަގައިގެން އއ.މަތިވެރި، ވ.ތިނަދޫ، އއ.ތޮއްޑޫ، އއ.އުކުޅަސް، ކ.ގުރައިދޫ އަދި ކ.ވިލިނގިލި ސްޓެލްކޯ ޕަވަރހައުސް ގެންގޮސް ޕަވަރ ހައުސް އިން ކަނޑައަޅާ ސަރަހައްދުގައި ބަހައްޓައިދިނުމުގެ މަސައްކަތް ކޮށްދޭނެ ކުންފުންޏެއް ހޯދުމަށް ކުރި މަސައްކަތް ކޮށްފައި ވަނީ އިންސާފު ވެރިކޮށް ކަމަށެވެ. އަދި މަސައްކަތް ހަވާލު ކޮށްފައި ވަނީ އެ މަސައްކަތް ކުރުމުގައި އެންމެ ތަޖުރިބާ ހުރި ކުންފުންޏަށް ކަމަށާއި، އުސޫލުގެ ތެރެއިން ޕޮއިންޓް ދީފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއޭސީސީބީލަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު