Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ސްޓެލްކޯ ގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވި އިރު ފަރުވާދެމުން އައީ ބެންކޮކް ހޮސްޕިޓަލްގަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 11 ޑިސެމްބަރު 2025 | ބުރާސްފަތި 05:44
ނިޔާވި ސްޓެލްކޯ މުވައްޒަފު އަލްމަރުޙޫމް އަޙްމަދު އަޒްމީލް

ނިޔާވި ސްޓެލްކޯ މުވައްޒަފު އަލްމަރުޙޫމް އަޙްމަދު އަޒްމީލް

ހުޅުމާލޭގައި ހުންނަ ސްޓެލްކޯ ބާ އިންޖީނު ގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާ ގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑު ގައި ފަރުވާދެނިކޮށް ބުރާސްފަތި ދުވަހު ނިޔާވެއްޖެ އެވެ.

ސްޓެލްކޯގެ ސުޕަވައިޒަރެއް ގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވި އިރު ފަރުވާދެމުން އައީ ބެންކޮކް ހޮސްޕިޓަލްގަ އެވެ. އިތުރު ފަރުވާއަށް އޭނާ ތައިލެންޑަށް ގެންގޮސްފައި ވަނީ ނޮވެމްބަރު 30 ގަ އެވެ.

Advertisement - newsAdvertisement

ހާދިސާ ހިނގި ދުވަހު ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގީ ސްވިޗް ގިއަރަކަށް ދިމާވި މައްސަލަ އެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ސްވިޗް ގިއަރަކީ ގްރިޑުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި، އެއީ އާންމު ގޭގެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބްރޭކަރު ފަދަ އެއްޗެކެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު، އެ ކުންފުނިންނާއި ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. މިހާތަނަށް މި ތަހުގީގުގެ އެއްވެސް ތަފުސީލެއް ފުލުހުން އަދި ސްޓެލްކޯއިން ހާމަކޮށްފަ އެއް ނުވެ އެވެ. ނިޔާވި އަޒްމީލް ވަނީ 21 އަހަރަށް ވުރެ ގިނަ ދުވަހު ސްޓެލްކޯ އަށް ހިދުމަތް ކޮށްފަ އެވެ.

ސްޓެލްކޯއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
21 ސެޕްޓެމްބަރު 2025

ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް

21 ސެޕްޓެމްބަރު 2025
ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު