Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީދު ބަންދު

ޑެންގީއާއި ބޭރަށް ހިންގުމުން ސަލާމަތްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

22 ޖޫން 2017 | ބުރާސްފަތި 11:20

ބޭނުންކުރާ ކާބޯތަކެތި ރައްކާތެރިކަމާއެކު ބޭނުން ކުރުމަށް ސަމާލުވާންޖެހޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 ޖޫން 2017 | ބުރާސްފަތި 11:20
އައިޖީއެމްއެޗް ދޮރުމަތީގައި ބަޔަކު މަޑުކޮށްލައިގެން. ކުރިއަށް އޮތީ އީދު ބަންދު ކަމަށްވުމާއެކު އާންމުކޮށް ފެތުރޭ ބަލިތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ

އައިޖީއެމްއެޗް ދޮރުމަތީގައި ބަޔަކު މަޑުކޮށްލައިގެން. ކުރިއަށް އޮތީ އީދު ބަންދު ކަމަށްވުމާއެކު އާންމުކޮށް ފެތުރޭ ބަލިތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ

ކުރިއަށް އޮތީ އީދު ބަންދު ކަމަށްވުމާއެކު އާންމުކޮށް ފަސޭހައިން ފެތުރޭ ބަލިތައް ކަމަށްވާ މަދިރިއާއި ރޯގާއާއި ބޭރަށް ހިންގުމުން ސަލާމަތްވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީއިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް އީދު ބަންދަކީ ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށް އަދި އީދުގެ ހަރަކާތްތަކަށް ގިނަބަޔަކު އެއްތަނަކަށް އެއްވާ ދުވަސްވަރެއްކަމަށެވެ. އެހެން ކަމުން ބޭނުންކުރާ ކާބޯތަކެތި ރައްކާތެރިކަމާއެކު ބޭނުން ކުރުމަށާއި ގައިންގަޔަށް ފަސޭހައިން އަރާ ބަލިތަކަށް ސަމާލުވެ މިފަދަ ކަންކަމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެ އެވެ. އަދި ޑެންގީ އާއި ރޯގާއާއި ބޭރަށް ހިންގުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ސަމާލުވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ވެސް ވަނީ ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

މަދިރިހެފުމުން ރައްކާތެރިވުމަށް:

  • ނިވާވުން: މަދިރި ހެފުމަށް ރައްކާތެރިވުމަށް ވީހާ ބޮޑަކަށް ހަށިގަނޑު ނިވާވާގޮތަށް ގަޔަށް ދޫ ހެދުމެއް ބޭނުންކުރުން.
  • ގެއާއި ދިރިއުޅޭ މާހައުލުގެ ތެރެއަށް މަދިރި ވަނަ ނުދިނުމަށްޓަކައި ކުޑަދޮރާއި ފެންލައިޓް ފަދަ ތަންތަނުގައި ދާ ޖަހާފައި ބެހެއްޓުން.
  • ހެނދުނު އަދި އިރުއޮއްސޭ ގަޑީގައި ޚާއްސަކޮށް މަދިރިން ރައްކާތެރިވުމަށް ކުޑަދޮރުތައް ލެއްޕުމާއި އެހެނިހެން ފިޔަވަޅު އެޅުން.
  • މަދިރި ލޯޝަން ބޭނުންކުރުން.

އަރިދަފުސްރޯގާ އާއި ވައިރަލް ހުމުން ސަލާމަތްވުމަށް:

  • އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާއިރުގައާއި ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް ބޭނުންކުރުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.'
  • އާންމު ސާފުތާހިރުކަމަށް ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުންފަދަ ކަންތައްތަކަށް ޚާއްސަ ސަމާލުކަން ދިނުން.
  • ރޯގާޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ދިއުން މަދުކުރުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި އުރާ ނުހެދުން.

ބޭރަށްހިންގުމުން ސަލާމަތްވުމަށް:

  • ބޯން ބޭނުންކުރާ ފެން ކްލޮރިނޭޓްކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުން، އަދި ވާރޭފެން ނަގާނަމަ ފުރާޅު ރަނގަޅުކޮށް ސާފުކޮށްފައި ފެންނެގުން.
  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި އަދި ރޯމޭވާއާއި ތަރުކާރީވެސް ރަނގަޅަށް ދޮވެގެން ބޭނުންކުރުން.
  • ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން އަދި ޚާއްސަކޮށް ފާޚާނާކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން.
  • ކުޑަކުދީންގެ ނެޕީ ބަދަލުކުރުމަށްފަހުގައިވެސް އަތްދޮވުމާއި އަދި ޚާއްސަކޮށް ބޭނުންކޮށްފައިވާ ނެޕީ ރައްކާތެރިގޮތުގައި ނައްތާލުން.
  • ކާބޯތަކެތީގައި މެހި ނުޖައްސާހެން މަތިޖަހާފައި ބެހެއްޓުން، އަދި ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނެހެން ބެހެއްޓުން.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖޫން 2017

އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ

23 ޖޫން 2017
އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ
20 ޖޫން 2017

އަދީބު ރާއްޖޭން ބޭރަށް ނުފޮނުވުމުން ސަރުކާރުގެ ނިކަމެތިކަން ހާމަވެއްޖެ: ހަސަން ލަތީފް

20 ޖޫން 2017
އަދީބު ރާއްޖޭން ބޭރަށް ނުފޮނުވުމުން ސަރުކާރުގެ ނިކަމެތިކަން ހާމަވެއްޖެ: ހަސަން ލަތީފް
20 ޖޫން 2017

އަދީބު ރާއްޖޭން ބޭރަށް ނުފޮނުވަނީ ފިލައިފާނެތީ: ސަރުކާރު

20 ޖޫން 2017
އަދީބު ރާއްޖޭން ބޭރަށް ނުފޮނުވަނީ ފިލައިފާނެތީ: ސަރުކާރު
15 ޖޫން 2017

އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި

15 ޖޫން 2017
އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި
29 މެއި 2017

ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!

29 މެއި 2017
ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!
22 މެއި 2017

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ
20 މެއި 2017

އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ

20 މެއި 2017
އުފަންވިއިރު ހިތްބޭރުގައި ހުރިކަމަށް ބުނަނީ ގޯސްކޮށް، ރަނގަޅު ގޮތަކީ ބޭރަށް ހުރީ ގޮހޮރާއި ފުރަމޭގެ ބައެއް: ކުއްޖާގެ ކާފަ
04 އެޕްރީލު 2017

ގާސިމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ނެރެފި

04 އެޕްރީލު 2017
ގާސިމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ނެރެފި
26 މާރިޗު 2017

ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި

26 މާރިޗު 2017
ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް