Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްވަންއެންވަން

ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި

ކަނޑައަޅާފައިވާ ދަރަޖަ އާއި ސްކޫލައި ގުޅުމެއް ނެތް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 މާރިޗު 2017 | އާދީއްތަ 21:05
އިންފްލުއެންޒާ ވެކްސިން ހޯދުމަށް މީހުން ކިއު ހަދާފައި

އިންފްލުއެންޒާ ވެކްސިން ހޯދުމަށް މީހުން ކިއު ހަދާފައި

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާގެ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، އިންފްލުއެންޒާގެ ޙާލަތު ލެވެލް 3 ގައި އޮތުމަކީ، ސްކޫލްތައް ބަންދު ކުރުމާ ގުޅުންހުރި ކަމެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާ ފެތުރުން ހުއްޓުވުމަށް މިނިސްޓްރީ އޮފް ހެލްތާއި، ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކުރި މަސައްކަތްތުގެ ނަތީޖާއެއްގެ ގޮތުން، އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާގެ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ ރޯގާ ފެތުރުން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި، ބަލިޖެހޭ ޟީހުންގެ އަދަދު މަދުވަމުންދާ ކަމަށެވެ. އަދި ފްލޫ ކްލިނިކްތަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ދަށްވަމުންދާ ކަމަށާ، މިކަމާއި ގުޅިގެން ބައެއް ފްލޫ ކްލިނިކްތައް ބަންދުވެސް ކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، މާލެގައި އެޗްވަންއެންވަން ފެތުރެންފެށި ދުވަސްވަރު ދުވާލަކު 1098 މީހުން ޑޮކްޓަރަށް ދައްކާ ކަމަށާއި، ނިމިގެންދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޑޮކްޓަރަށް ދައްކަފައިވަނީ 257 މީހުން ކަމަށެވެ. އެޑްމިޓްކޮށްގެން މާލޭގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެޗްވަންއެންވަން އަށް ޕޮޒިޓިވްވެފައިވާ މިހާރު ތިބީ 26 މީހުން ކަމަށާ، އަތޮޅުތެރޭގައި އެޑްމިތްކޯށްގެން ފަރުވަދެމުންދަނީ އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ ފަސް މީހުން ކަމަށެވެ.

އެޗްޕީއޭއިން ބުނީ، އިންފްލުއެންޒާ ފަދަ ވައިރަލް ރޯގާ ކޮންޓްރޯލްކޮށް، އިތުރަށް ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމުޢީއްޔާއިން ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ މަސައްކަތްތައް ތަރުތީބު ކުރުމަށް ތަފާތު ލެވެލްތައް ކަނޑައަޅާފައިވާ ކަމަށާ، ރައްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ލެވެލް ތަނަކީ އެގޮތުން ހެލްތު މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގާ އެކި މުއައްސަސާތަކުން ރޯގާ ފެތުރުން މަދުކުރުމުގެ މަސައްކަތްތައް ހިންގުމަށް ކަނޑައެޅިފައިވާ މިންގަނޑު ކަމަށެވެ.

އެޗްޕިއޭއިން ބުނީ، ލެވެލް ތިނެއްގެ މި ދަރަޖަ އަކީ، ސްކޫލްތައް ބަންދުކުރުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

އެޗްޕީއޭއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން މަޖުބޫރުކޯށްގެން މިއަދު ސްކޫލްތަކުގެ ކިޔެވުން ފެށިނަމަވެސް، ސްކޫލްތަކަށް ގޮސްފައިވަނީ މަދު އަދަދެއްގެ ކުދިންނެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

ނޭޕާލްގައި ފެންބޮޑުވެ، ދިވެހި ދަރިވަރުންތަކެއް އެހީތެރިކަން ބޭނުންވެފައި

12 އޯގަސްޓު 2017
ނޭޕާލްގައި ފެންބޮޑުވެ، ދިވެހި ދަރިވަރުންތަކެއް އެހީތެރިކަން ބޭނުންވެފައި
04 އޯގަސްޓު 2017

އިންޑިއާ ދަރިވަރުން ތަކެއް ރާއްޖޭގައި ހާލުގައި ޖެހިފައި

04 އޯގަސްޓު 2017
އިންޑިއާ ދަރިވަރުން ތަކެއް ރާއްޖޭގައި ހާލުގައި ޖެހިފައި
14 ޖުލައި 2017

އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން

14 ޖުލައި 2017
އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު