Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަހްމަދު އަދީބް

އަދީބު ރާއްޖޭން ބޭރަށް ނުފޮނުވުމުން ސަރުކާރުގެ ނިކަމެތިކަން ހާމަވެއްޖެ: ހަސަން ލަތީފް

ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު އަދީބް ރާއްޖެއިން ބޭރަށް ފޮނުވެން ޖެހޭނެ ކަމަށް ވިދާޅުވި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 20 ޖޫން 2017 | އަންގާރަ 17:35
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

ޖަލަށް ލާފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުއްވައިފިނަމަ އެ މަނިކުފާނު ފިއްލެވުމުގެ ފުރުސަތު އޮތް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވުމުން ރައީސް އަބްދުﷲ ޔާމީންގެ ނިކަމެތިކަން ހާމަވެއްޖެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އަދީބު ރާއްޖޭން ބޭރަށް ފޮނުވަން ހުއްދެ ދެވެން ނެތްކަމަށް ބުނެ ސަރުކާރުން ފާހަގަކުރާ ދެ ސަބަބަކީ ގަބޫލުކުރެވޭ ސަބަބުތަކެއް ނޫން ކަމަށެވެ. ދިވެހި ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު އަދީބް ރާއްޖެއިން ބޭރަށް ފޮނުވެން ޖެހޭނެކަމަށް ހަސަން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދީބްގެ އާއިލާގެ ފަރާތުން އަދީބުގެ ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށާއި އެތެރެހަށީގައި ސިސްޓްތަކެއް ހުރިކަމަށް މިއަދު ބުނަމުންދަނީ، އެ މައްސަލަތަކުގައި އެމަނިކުފާނަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާތީ ކަމަށެވެ. މިއަދު ޖަލު ގޮޅީގައި އޮންނަވަނިކޮށް އަދީބް އަވަހާރަވެއްޖެ ނަމަ، އެކަމުގެ ޒިންމާ ނަގަނީ ކޮންފަރާތަކުންތޯ ހަސަން ވަނީ ސުވާލު އުފައްދާފައެވެ.

ސަރުކާރުން ބުނެފައި ވަނީ އަދީބަށް ލިބިވަޑައިގަންނަވަންޖެހޭ ސިއްހީ ފަރުވާއަށް ސަރުކާރުން ހުރަސް ނާޅާ ކަމަށާއި، ރާއްޖެއިން ބޭރުން މާހިރުން ގެންނަވައިގެން ނަމަވެސް އަދީބަށް ފަރުވާ ދެއްވަން ޖެހޭކަމަށެވެ.

ހަސަން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތަށް އަދީބު 10 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެހެންވެ، އަދީބު ރާއްޖޭން ބޭރަށް ފޮނުވައިފިނަމަ، އެ ފައިސާ ދައުލަތަށް ގެއްލިގެންދާނެ ކަމަށް ސަރުކާރުން ބުނުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. އަދީބަށް ބޭސްފަރުވާ ކުރުމަށް ފުރުޞަތު ނުލިބި ޖަލު ގޮޅީގައި މަރުވެއްޖެނަމަ އެ ފައިސާ ދައުލަތަށް ލިބޭނީ ކިހިނެއްތޯ ހަސަން ވަނީ ސުވާލު އުފައްދަވާ ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެ ޚިޔާނާތުގައި ބައެއް ފުލުހުންނާއި ސިފައިންގެ އިތުރުން މުއައްސަސާތަކުގެ ބައެއް ވެރިން ބައިވެރިވެފައިވާކަމަށް ބައެއް ފަރާތަކުން ބުނާއި އިރު، މިކަން ތަހުގީގު ކުރާ މުއައްސަސާތަށް ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތަހުގީގު ކުރެވޭނެ މާހައުލެއް ހޯދަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

އެކަންކަން ކާމިޔާބު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުން މަޖިލީހުގެ ތެރެއިން އަލިމަގެއް ފެނިގެންދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު