Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލީޑަރޝިޕް ޕްރޮގަރާމްތައް ހިންގުން

ސްކޫލް ދައުރުގައި ލީޑަރޝިޕް ފުރުސަތުތައް ދޭނަމަ ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންތައްތައް ހައްލު ކުރަން ދަސްވާނެ: ބަޝީރާ

ސްކޫލް ކުދިންނަށް ލީޑަރޝިޕް ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް މުހިންމު ކަމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 އޮކްޓޯބަރު 2022 | އާދީއްތަ 02:07
ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު

ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދު

ސްކޫލް ދައުރުގައި ދަރިވަރުންނަށް ލީޑަރޝިޕް ފުރުސަތުތައް ދޭނަމަ އެ ކުދިންނަށް އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންތައްތައް ހައްލު ކުރަން ދަސްވާނެ ކަމަށް ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝިރާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގައި ވާހަކަދައްކަވަމުން ބަޝީރާ ވިދާޅުވީ ސްކޫލް ކުދިންނަށް ލީޑަރޝިޕް ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ސްކޫލް ދައުރަކީ ކުދިންގެ ދިރިއުޅުން ބައްޓަން ކުރަން ލިބޭ ފުރުސަތެއް ކަމަށްވާއިރު ލީޑަރޝިޕް ޕްރޮގްރާމްތަކުން ލިބޭ ތަމްރީންތަކުން ކުދިންގެ ހުނަރުތައް ތަރައްގީވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޝީރާ ވިދާޅުވީ މިހާރުވެސް އެކި ސްކޫލްތަކުގައި ތަފާތު ނަން ނަމުގައި ލީޑަރޝިޕް ޕްރޮގްރާމްތައް ހިންގާ ކަމަށާއި ހޮނިހިރު ދުވަހު ރައީސް އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ތައާރަފު ކުރި "ދަ ލީޑަރ އިން މީ" ފަދަ ޤައުމީ ލެވެލްގެ ޕްރޮގްރާމެއް ފެށުމަކީ ސްކޫލްތަކުގައި ހިންގާ އެފަދަ ޕްރޮގްރާމްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި މިޕްރޮގްރާމުގެ ސަބަބުން ސްކޫލްތަކުގައި މިހާރު ހިންގާ ލީޑަރޝިޕް ޕްރޮގްރާމްތައް އިތުރަށް ތަރައްގީވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮނިރު ދުވަހު ސަރުކާރުން ފެށި "ދަ ލީޑަރ އިން މީ" ވެލިއު އެޑިއުކޭޝަނަލް ޕްރޮގްރާމަކީ ދަރިވަރުންގެ ގައިގައި ރިވެތި އަޚުލާގާއި ދިވެހި އިސްލާމީ މުޖުތަމައަށް ފައިދާހުރި ކުއްޖަކަށްވުމަށް ބޭނުންވާ އަގުތައް އަށަގެންނެވުމުގެ ބޭނުމުގައި ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން، ޤައުމީ މަންހަޖުގައި މިހާރު ހިމެނިފައިވާ އަގުތައް ކުދިންގެ ގައިގައި އަށަގެންނެވުމަށް މި ޕްރޮގްރާމުގެ ޒަރީއާއިން ސްކޫލް ތެރޭގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވިއެވެ.

މި ޕްރޮގްރާމް މިހާރު އަމާޒުކޮށްފައިވަނީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ. ނަމަވެސް ކުރިއަށް އޮތްތާނގައި ކުދިންގެ އުމުރުފުރާތަކާ ގުޅޭ ގޮތަށް އެހެނިހެން ގްރޭޑްތަކަށް ވެސް މި ޕްރޮގްރާމް ކުރިއަށްގެންދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި
26 މާރިޗު 2017

އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!

26 މާރިޗު 2017
އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!
23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
16 މާރިޗު 2017

ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!

16 މާރިޗު 2017
ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!
14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު