Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗް1އެން1 އިންފްލުއެންޒާ

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

ބަލީގައި އެކަކު ވަނީ މަރުވެފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 14 މާރިޗު 2017 | އަންގާރަ 01:24
އެޗް1އެން1 އިންފްލުއެންޒާ އާއި ގުޅިގެން ސިއްހީ އިދާރާތަކުން ބޭއްވި ޕްެރެސް

އެޗް1އެން1 އިންފްލުއެންޒާ އާއި ގުޅިގެން ސިއްހީ އިދާރާތަކުން ބޭއްވި ޕްެރެސް

ސްވައިން ފްލޫގައި އެކަކު މަރުވެ، މި ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކޮށްފިއެވެ.

ސިއްހީ އިދާރާތައް ގުޅިގެން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްކޮންފަރެއްސެއްގައި ވިދާޅުވީ، ސްވައިން ފްލޫ ބަލީގައި މިހާތަނަށް އެކަކު މަރުވެފައިވާކަމަށެވެ. މިމަހުގެ 4 ވަނަ ދުވަހު މަރުވެފައިވަނީ، 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗް1އެން1އަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

Advertisement - newsAdvertisement

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ސްކޫލްތައް ބަންދުކުރަން ލަފާދިނީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެޗްޕީއޭއިން އެގޮތަށް ލަފާދިނުމާއި ގުޅިގެން، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ސުކޫލްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ސްކޫލްތައް ބަންދުވާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ. ބަންދުކުރަން ނިންމާފައިވަނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކެއް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް މިޑްޓާމް ބަންދުނިމޭއިރު، ވައިރަސް ފެތުރޭ މިންވަރަށް ބެލުމަށްފަހު ނިންމުންތައް ނިންމާނެކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޑރ. ޢަބްދުﷲ ނިޔާފް ވިދާޅުވީ މިހާރުވެސް 70 މީހުންގެ ސާމްޕަލް ދަނީ ޓެސްޓްކުރެވެމުން ކަމަށާއި އެއިގެ ތެރެއިން ވެސް އިތުރަށް ޕޮޒިޓިވް ވާނެ ކަމަށް ބެލެވޭކަމަށެވެ. އަދި ދުވަސްކޮޅެއް ވަންދެން ދާނީ އިތުރުވަމުން ކަމަށް ޑރ.ނިޔާފް ވިދާޅުވިއެވެ ޑރ. ނިޔާފް ވިދާޅުވީ ހދ.ކުޅުދުއްފުށިން ވެސް މި ބައްޔަށް އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިބަލީގައި އެކަކު މަރުވެފައިވާ އިރު، ރ. އަތޮޅުގައި ވަރަށް ބޮޑަށް ހުމުގެ ރޯގާއެއް ފެތުރެމުންދާކމަށެވެ. އަދި އެ އަތޮޅުން ސާމްޕަލްތައް ގެންނަމުންދާކަމަށް ނިޔާފް ވިދާޅިވިއެވެ.

ސްވައިން ފްލޫއިން ދިފާއުވުމަށް ބޭނުންވާ ވެކްސިން ރާއްޖެއިން ލިބެން ހުރިނަމަވެސް ހުރީ ވަރަށް މަދުންކަން ހާމަކުރައްވަމުން ނިޔާފް ވިދާޅުވީ، މިކަމަށް ބޭނުންވާ ވެކްސިނަކީ ބޭނުންހައި ވަރަކަށް ލިބޭ ވެކްސިނެއް ނޫން ކަމަށެވެ. އެހެންކަމާއިއެކުވެސް ޑަބްލިޔޫއެޗްއޯ އާއި އެކުވެރި ޤައުމުތަކާއި ގުޅިގެން ވެކްސިން ހޯދަން އެޗްޕީއޭ އިން މިހާރުވެސް ގެންދަނީ މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ނިޔާފް ވިދާޅުވީ ވެކްސިން ލިބޭވަރަކުން އިސްކަން ދެއްވާނީ ބަލިޖެހުމުގެ ނުރައްކާ އޮތް މީހުންނަށް ވެކްސިން ޖެހުމަށް ކަމަށެވެ.

ސްވައިން ފްލޫ ބަލީގެ ފުރަތަމަ ކޭސް ޖެނުއަރީ މަހު ފެނި މާޗްމަހުގެ ތެރޭގައި އިތުރަށް މި ބަލި ފެތުރި އެކަކު މަރުވެފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕީޓަލް ގުޅިގެން ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާރު ސްޕީޑުގައި ހުމާއި ރޯގާ ފެތުރި، އެޗް1އެން1 އަށް ބައެއް މީހުން ޕޮޒިޓިވްވެފައިވީ ނަމަވެސް، ބިރުގަންނަންޖެހޭ ހާލަތަކަށް ނުދާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެސްޓްކުރެވުނު 208 މީހެއްގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ، 27 މީހަކު ކަމަށެވެ. އެހެންނަމަވެސް އެހެން ވިދާޅުވިތާ 12 ގަޑިއިރު ނުވަނީސް ބޭއްވި ޕްރެސް ގައި ވިދާޅުވީ، 251 މީހުންގެ ތެރެއިން 51 މީހުން ޕޮޒިޓިވް ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

ބަލި ފެތުރެމުންދާ މިންވަރަށް ބަލައި ނުރައްކާ ބޮޑުވެ، އެލާޓްލެވަލް 3 ހެލްތްމިނިސްޓްރީން ހޯމަދުވެހުގެ ރޭ ވަނީ ވަނީ އިއުލާނުކޮށްފައެވެ.

މާލޭގައި ރޯގާ ފެތުރެމުންދާ މިންވަރަށް ބަލައި ބައެއް ޑޮކްޓަރުން ގެންދަވަނީ އިތުރުފިޔަވަޅުތައް އެޅުމަށް ގޮވާލައްވަމުންނެވެ. އެގޮތުން އެއްތަނަކަށް ގިނަ މީހުން އެއްވެ އުޅުން މަނާކުރުމާއި ޢާންމު އެއްވުންތައް ބޭއްވުން ހުއްޓާލުމަށް ބައެއް ޑޮކްޓަރުން ވަނީ ގޮވާލައްވައިފައެވެ.

މި ބައްޔަށް ރައްޔިތުން އިތުރަށް ހޭލުންތެރިވެ ތިބުމަށާއި، އަލާމާތްތައް ފެނިއެްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވެސް ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

07 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ

ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ

01 ފެބުރުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު