Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލް

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަނަމަ އެކުއްޖަކު ސްކޫލަށް ނުފޮނުވުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 މާރިޗު 2017 | ބުރާސްފަތި 14:58
އިސްކަންދަރު ސްކޫލް ބައެއް ދަރިވަރުންނާއި ބެލެނިވެރިން

އިސްކަންދަރު ސްކޫލް ބައެއް ދަރިވަރުންނާއި ބެލެނިވެރިން

ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދިޔަ އެޗް1 އެން1 ރޯގާ އާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު އަންނަ އާދިއްތަ ދުވަހު އަލުން ކިޔެވުން ފެށޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޗްޕީއޭއިން އެކުލަވާލި ފަންނީ ޓީމުގެ ލަފާގެ މަތިން މިއަހަރުގެ ފުރަތަމަ ޓާމްގެ މެދު ޗުއްޓީގެ 3 ދުވަސް ކުރިން ދަރިވަރުންގެ ރައްކަތެރި ކަމާއި ހިމާޔަތަށް ރާއްޖޭގެ އެންމެހާ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވަނީ މިހިނގާ މާރޗް މަހުގެ 14 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ވޭތިވެދިޔަ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުންދިޔަ މިންވަރާއި އިޖްތިމާއީ ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން މިމަހުގެ 26 ވާ އާދިއްތަ ދުވަހު ފެށޭނެ ކަމަށް ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަނަމަ އެކުއްޖަކު ސްކޫލަށް ނުފޮނުވައި ވީހާވެސް އަވަހަކަށް ސިއްޚީ ފަރުވާ ހޯދުމަށް މި ފުރުސަރުގައި އިލްތިމާސް ކުރާކަމަށް ބަޔާނުގައި ވެއެވެ.

ވޭތިވެދިޔަ އަހަރުވެސް މިފަދަ ކަންކަމާއި ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ގެއްލޭ ފިލާވަޅުތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް މިއަހަރުވެސް ސްކޫލްތަކުން ހަމަޖއްސާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ ކޮންޓްރޯލްކޮށް މިބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން އިސްވެއޮވެ ކުރަމުންގެންދާ މަސައްކަތްތަކާއި ހާމަކުރަމުންގެންދާ ސިއްޚީ ލަފާތަކާއި ތަފާސް ހިސާބާއި، އާންމުން އަމަލުކުރުމަށް ނެރެމުންގެންދާ އިރުޝާދުތަކާއި އެއްގޮތަށް އެޑިކޭޝަނުން ފުރިހަމައަށް ބައިވެރިވެ އެއަށް އަމަލުކުރަމުންދާ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އަދި ރާއްޖެއަށް ދިމާވާ މިފަދަ ކަންތައްތަކުން އަރައިގަތުމުގައި ބެލެނިވެރިން ދެއްވަމުންގެންދަވާ އިޚްލާސްތެރި އެއްބާރުލުމަށް އެމިނިސްޓްރީން ވަނީ ޝުކުރު އާދާކޮށްފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު