Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗް1އެން1

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

ހިރިޔާ ސްކޫލުގައި އަންގާރަ ދުވަހުގެރޭ 8ން 10ށް ޑާންސް ޕްރެކްޓިސް އޮންނާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 މާރިޗު 2017 | އަންގާރަ 18:48
ހިރިޔާ ސްކޫލް: އންގާރަ ދުވަހުގެރޭވެސް ޑާންސް ޕްރެކްޓިސް އޮންނާނެ

ހިރިޔާ ސްކޫލް: އންގާރަ ދުވަހުގެރޭވެސް ޑާންސް ޕްރެކްޓިސް އޮންނާނެ

ސްވައިން ފްލޫގައި އެކަކު މަރުވެ، މި ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކުރި ނަމަވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ސައޫދީ ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް ބާއްވާ ނެށުމުގެ ހަރަކާތްތަކަށް ފަރިތަކުރާ ސްކޫލު ކުދިންގެ ނެށުމުގެ ޕްރެކްޓިސް ހުއްޓާ ނުލައި ކުރިއަށް ގެންދާކަން ރާއްޖެ އެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ އިއުލާންކޮށް އަންގާރަ ދުވަހުގެ ރެއިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައިވީ ނަމަވެސް އަންގާރަ ދުވަހުގެރޭވެސް ވަނީ ސައޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބާއްވާ ނެށުމުގެ ހަރަކާތްތަކުގެ ޕްރެކްޓިސް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

Advertisement - newsAdvertisement

ޕްރެކްޓިސް އަށް ގެންދަނީ ބައެއް ސްކޫލްތަކުގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނެވެ.

ދަރިވަރެއްގެ ބެލެނިވެރިއަކު ރާއްޖެ އެމްވީއަށް ބުނީ އަންގާރަ ދުވަހުގެ ރޭ ވެސް ޕްރެކްޓިހަށް ހިރިޔާ ސްކޫލަށް ގެންދިއުމަށް އަންގާފައިވާ ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ރޭ 8:00އިން 10:00 އަށް އެނެށުމުގެ ޕްރެކްޓިސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ސްކޫލްތަކުންވެސް ބައިވެރިވާ މި ނެށުމުގައި 100 އެއްހާ ކުދިން ބައިވެރިވާ ކަމުގެ މައުލޫމާތުވެސް ރާއްޖެ އެމްވީއަށް ވަނީ ލިބިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ސްކޫލްތައް ބަންދުކުރަން ލަފާދިނީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެޗްޕީއޭއިން އެގޮތަށް ލަފާދިނުމާއި ގުޅިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ސުކޫލްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ސްކޫލްތައް ބަންދުވާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ. ބަންދުކުރަން ނިންމާފައިވަނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކެއް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް މިޑްޓާމް ބަންދުނިމޭއިރު، ވައިރަސް ފެތުރޭ މިންވަރަށް ބެލުމަށްފަހު ނިންމުންތައް ނިންމާނެކަމަށެވެ.

މިރޯގާއާއި ގުޅިގެން ކުޅިވަރު އެސޯސިއޭޝަންތަކުން ބާއްވާ އިންޓަރ ސްކޫލް ހުރިހާ ކުޅިވަރު މުބާރާތްތަކެއް ވަނީ މުއްދަތެއް ނެތްގޮތައް ފަސްކޮށްފައެވެ. އަދި ޤައުމީ ޤުރުއާން މުބާރާތުގެ އޯޕަނިންގވެސް ވަނީ ފަސްކޮށްފައެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ ހެވިކަމުގެ ނިންމުމުގެ ރަސްމިއްޔާތުވެސް ވަނީ ކެންސަލް ކޮށްފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު