Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޑީއޭގެ މަސައްކަތްތައް

މަސްތުވާތަކެތި ބޭނުންކުރުމަކިީ ބައްޔެއް، ބޭނުންވަނީ ސިއްހީ ފަރުވާ: ޝަމާއު

މިއީ ނަފްސާނީ މައްސަލައެއްކަމަށާއި، އެ ފަދަ މީހުން ރަނގަޅުވާން އެންމެންގެ އެހީތެރިކަން ބޭނުންވާކަމަށް ޝަމާއު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޮކްޓޯބަރު 2022 | ހޮނިހިރު 14:37
ޕްރެސް

ޕްރެސް

މަސްތުވާތަކެތި ބޭނުން ކުރުމަކިީ ބައްޔެއްކަމަށާއި، ބޭނުން ވަނީ ސިއްހީ ފަރުވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރމަން ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ މިއީ ނަފްސާނީ މައްސަލައެއް ކަމަށާއި، އެ ފަދަ މީހުން ރަނގަޅުވާން އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ޝަމާއު ވިދާޅުވީ ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަަމަށް ޝަމާއު ވަނީ ފާހަގަކުރައްވާފައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރުމުގެ މަރުހަލާއަކީ ވަގުތު ނަގާ މަރުހަލާއެއް ކަމަށާއި، ކޮންމެ މީހަކުވެސް ރަނގަޅު ވާން މަސައްކަތްކުރާ މަރުހަލާއަކީ ތަފާތު މަރުހަލާއެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކި މީހުންނަށް ބޭނުން ވަނީ އެކި ކަހަލަ ފަރުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އާބާދީގެ 5 އިންސަައްތަ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާއިރު، ފަރުވާ ހޯދަން އެދޭ މީހުން ވަރަށް ގިނަ ދުވަހު ފަރުވާ ނުލިބި ވެއިޓިންގ ލިސްޓުގައި މަޑުކުރަން ޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ކަމަށް ހައްލު ހޯދައިދީ، ވަސީލަތްތައް އިތުރުކޮށް، ފަރުވާގެ ނިޒާމް ފުރިހަމަ ކުރަން އެންޑީއޭއިން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނެވޭނީ އެ މީހުންނަށް އޯގާތެރިވެގެން ކަމަށާއި، އެ މީހުން ބާކީކޮށްލާނަމަ މުޖުތަމައަށް ނުކުންނަން އުނދަނގޫވާކަމަށާއި، އެއީ އެފަދަ މީހުންނަށް ދިމާވަ ގޮންޖެހުމެއްކަމަށް ޝަމާއު ވިދާޅުވިއެވެ. ބޭނުންވާ އެހީތެރިކަން ލިބިއްޖެނަމަ ފަރުވާ ހޯދަން ނުގޮސްވެސް ރަނގަޅުވެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެންޑީއޭއަށް ބޭނުންވާ ފަންނީ މީހުން ނުލިބުމަކީ އެ އިދާރާގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ދާއިރާއިން ތައުލީމް ހާސިލްކުރާ މީހުން މަދުނުވިނަމަވެސް، އަމަލީ މައިދާނުގައި ހަރަކާތްތެރިވާ މީހުން މަދުކަަމަށް ޝަމާއު ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ އެކަމުގެ ސަބަބެއްކަމަށް ބެލެވެނީ މި މަސައްކަތަށް ނުކުންނަ މީހުންނަށް ލިބޭ އުޖޫރަ އިންތިހާއަށް މަދުވުންކަމަށެވެ. ސޯޝަލް ވޯރކަރުންނަށް ލިބޭ އުޖޫރަ ރަނގަޅުކުރުމަށް ވަރަށް އަަވަހަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށާއި، އެ މަސައްކަތް ނިމުމުން، މީހުން ނުލިބުމުގެ މައްސަލަ ހައްލުވާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު