Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޒުވާނުންގެ ދުވަސް

ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ، ރަނގަޅު ޖީލަކަށް މި ސަރުކާރުން އެތައް ކަމެއް

ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރިއަށްގެންގޮސްފައިވާ ގިނަ މަސައްކަތްތަކަކީ ޒުވާނުންގެ ލާބައަށްޓަކައި ކޮށްފައިވާ މަސައްކަތްތައް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2022 | ހޮނިހިރު 10:11
ރައީސުލްޖުމްހޫރިއްޔާ، "އެފް.އައި.ވީ.ބީ. ޕްރޯ ޓުއަރ މޯލްޑިވްސް ޗެލެންޖް 2022" ވޮލީ ބޯޅަ މުބާރާތް ބައްލަވާލެއްވުން

ރައީސުލްޖުމްހޫރިއްޔާ، "އެފް.އައި.ވީ.ބީ. ޕްރޯ ޓުއަރ މޯލްޑިވްސް ޗެލެންޖް 2022" ވޮލީ ބޯޅަ މުބާރާތް ބައްލަވާލެއްވުން

މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މިހާތަނަށް ފުރިހަމަކޮށްދެއްވާފައިވާ ގިނަ ކަންކަމަކީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ފުރިހަމަކޮށްދެއްވާފައިވާ ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު މި ސަރުކާރުން ހިލޭ ޑިގްރީއާއި ސްކޮލާރޝިޕް ފުރުސަތުތައް ފަހިކޮށްދިނުމާއި، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތައް ގާއިމްކުރުމާއި، ކުޅިވަރު ދަނޑުތައް ގާއިމްކުރުމާއި، އަދި އެސްްއެމްްއި ލޯނުތައް ތައާރަފްކޮށްފައިވާކަމަށެވެ. ރައީސް ފާހަގަކުރެއްވީ މި ހުރިހާ ކަމަކީވެސް ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ، ރަނގަޅު ޖީލެއް ބިނާކުރުމަށް ފުރިހަމަކޮށްދެއްވާފައިވާ ކަންކަން ކަމަށެވެ.

މި ދުވަހުގެ ތަހުނިޔާ ފޮނުއްވައި ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފުވެސް ވަނީ ޓްވީޓުކުރައްވާފައެވެ. މިނިސްޓަރގެ ޓްވީޓުގައިވެސް ވަނީ މި ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށްޓަކައި ކޮށްދެއްވާފައިވާ ގިނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ހިލޭ ޑިގްރީއާއި، ކުޅިވަރުގެ ދާއިރާއިން ކޮށްދެއްވާފައިވާ އެތައް ކަމެއް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު އޮތް ހިތްހަމަޖެހުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް 22 އޮކްޓޯބަރު ފާހަގަކުރަނީ ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު