Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން އަންހެނުންގެ ބެލެނިވެރިން

އީރާނު އަންހެނުންގެ ބެލެނިވެރިންނަށް ވެގެން އުޅޭކަށް ހުޅަނގުގެ ދަޢުލަތްތަކަކަށް ނުޖެހޭނެ!

ޒަހްރާ ވިދާޅުވީ ސަރުކާރާއެކު ސުލްޙަވެރި އަދި ބިނާ ކުރަނި ރޫޙެއްގައި މަޝްހޫލުވާން، އީރާނުގެ އަންހެނުންނަށް އެނގޭ ކަމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 އޮކްޓޯބަރު 2022 | ހޮނިހިރު 08:30
އީރާނުގެ އަންހެނުންގެ ބެލެނިވެރިންގެ ގޮތުގައި ހުޅަނގުގެ ޤައުމުތަކަށް އުޅެން ނުޖެހޭ ކަމަށް ބުނެފައިވަނީ، އަންހެނުންނާއި ސުލްހަ އަދި ސަލާމަތްތެރިކަމާ ބެހޭ އދގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި

އީރާނުގެ އަންހެނުންގެ ބެލެނިވެރިންގެ ގޮތުގައި ހުޅަނގުގެ ޤައުމުތަކަށް އުޅެން ނުޖެހޭ ކަމަށް ބުނެފައިވަނީ، އަންހެނުންނާއި ސުލްހަ އަދި ސަލާމަތްތެރިކަމާ ބެހޭ އދގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި

އީރާނުގެ އަންހެނުންގެ ބެލެނިވެރިންނަށް ވެގެން އުޅުމަކީ ހުޅަނގުގެ ޤައުމުތަކުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް، އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ނައިބު، ޒަހްރާ އިރުޝާދީ ވިދާޅުވެއްޖެއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި އޮކްޓޯބަރު 20 ވަނަ ދުވަހު ވާހަކަދައްކަވަމުން، އީރާންގެ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް ޒަހްރާ ވަނީ، އީރާން އަންހެނުންގެ ބެލެނިވެރިން ކަމުގައި ހެދިގެން ހުޅަނގުގެ ޤައުމުތަކުން އުޅެމުން ދާ ދިއުމަށް އީރާނުން އިންކާރު ކުރާ ކަން ހާމަ ކުރައްވާ ފައެވެ.

މަހްސާ އަމީނީގެ މަރުގެ ހާދިޘާއާ ގުޅިގެން އީރާނުގައި އުފެދިފައިވާ އޮއެވަރަށް އިޝާރާތް ކުރައްވަމުން ޒަހްރާ ވިދާޅުވީ، ސަރުކާރާއެކު ސުލްޙަވެރި އަދި ބިނާ ކުރަނި ރޫޙެއްގައި މަޝްހޫލުވާން، އީރާނުގެ އަންހެނުންނަށް އެނގޭ ކަމަށެވެ.

އީރާނުގެ އަންހެނުން އާންމުކޮށް ހެދުން އަޅާ އުޅޭ އުސޫލު ބަޔާންކޮށްދިނުމަށް ކަމަށް ބުނެ، އީރާންގެ ސުލޫކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓާ މަހްސާ އަމީނީ މަރުވި ހާދިޘާއާ ގުޅިގެން، އީރާނުގެ އިމާމީ ލީޑަރުންނާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އީރާނުގެ ބޯޑަރު ހުރަސްކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެ މުޒާހަރާގެ އޮއެވަރު ވަނީ ފެތުރިފައެވެ. ވަކިން ހާއްސަކޮށް، ހުޅަނގުގެ ޤައުމުތަކުގައި އެ އަޑުފަށްގަނޑު ވަކިން ގަދައެވެ.

އީރާނުގެ އަންހެނުންގެ ބެލެނިވެރިންގެ ގޮތުގައި ހުޅަނގުގެ ޤައުމުތަކަށް އުޅެން ނުޖެހޭ ކަމަށް ބުނެ އީރާނުން ވާހަކަ ދައްކާފައި ވަނީ، އަންހެނުންނާއި ސުލްހަ އަދި ސަލާމަތްތެރިކަމާ ބެހޭ އދގެ ސަލާމަތީ މަޖިލީހުގެ މުޢާހަދާ 1325 ބަލައިގަތްތާ 20 އަހަރު ފުރޭ މުނާސަބާއާ ގުޅޭ ހުޅުވާލެވިފައިވާ ބަހުސްގެ ތެރެއިންނެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކަކީ އީރާނުގެ ކުރުދީންނަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށް ވާ މަހްސާ އަމީނީގެ މަރާ ގުޅިގެން ފަށާފައި ވާ މުޒާހަރާތަކެކެވެ. ދީނީ ފިކުރުގެ އިމާމުންގެ ބޮޑު ކޮންޓްރޯލްއެއް އޮންނަ އީރާނުގެ ސަރުކާރާ ދެކޮޅުވެރިކަމުގެ އޮއެވަރެއް 2019 ވަނަ އަހަރު ފެށުނު ފަހުން އަދި ހިމޭން ވެފައި ނުވާ އިރު، އަމީނީގެ މަރާ ގުޅިގެން އެ އަޑު ދަނީ ވަކިން ގަދަ ވަމުންނެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
21 މާރިޗު 2017

ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ

21 މާރިޗު 2017
ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު