Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާގު ބޮމުގެ ހަމަލާ

ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ

ހަމަލާ ދީފައިވަނީ  އެ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ޝިއައީން ގިނަ ޑިސްޓްރިކްޓެއްކަމަށްވާ އާމިލްގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 08:06
މި ހަމަލާ ދީފައިވަނީ އެ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ޝިއައީން ގިނަ ޑިސްޓްރިކްޓެއްކަމަށްވާ އާމިލްގައި

މި ހަމަލާ ދީފައިވަނީ އެ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ޝިއައީން ގިނަ ޑިސްޓްރިކްޓެއްކަމަށްވާ އާމިލްގައި

އިރާގުގެ ވެރިރަށް ބަޣްދާދުގައި ކާރު ބޮމެއް ގޮވައި މަދުވެގެން 20 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް ފުލުހުންނާއި ސިއްހީ އޮފިޝަލުން ބުނެފިއެވެ.

މި ހަމަލާ ދީފައިވަނީ އެ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ޝިއައީން ގިނަ ޑިސްޓްރިކްޓެއް ކަމަށްވާ އާމިލްގައެވެ.

މި ފަހަކަށް އައިސް އައިއެސް ޖަމާއަތުން މިފަދަ ގިނަ ހަމަލާތަކެއް ދީފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ.

މި ހަމަލާ އައިސްފައި މިވަނީ އައިއެސްގެ އަތްދަށުން މޫސަލް ހިފުމަށް ސަރުކާރުގެ ފައުޖުތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ސިޓީގެ ހުޅަނގުގެ ސަރަހައްދުތައް ދޫކޮށް މިދިއަ މަހު 180،000 އަށްވުރެ ގިނައާއްމުން ނުކުމެފައިވެއެވެ.

ހޯމަ ދުވަހު ލިބުނު ރިޕޯޓްތައް ބުނާ ގޮތުން އައިއެސްގެ އަތުން ހަތިޔާރު ހުސްވުމަށްފަހު އެމީހުންވަނީ އިރާގު ފުލުހުންގެ ކާނަލަކާއި އިތުރު އަށް އޮފިސަރަކު ރަހީނުކޮށްފައެވެ.

ފުލުހުން ބުނީ ބަގްދާދުގެ ވިޔަފާރި ޑިސްޓްރިކްޓްގައި ހޯމަ ދުވަހު ދިން ބޮމުގެ ހަމަލާ ދީފައިވަނީ ކާރޫބާރު ބޮޑު ވަގުތެއްގައި ކަމަށެވެ.

ހަމަލާދީފައި މިވަނީ އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވަވާ ފުރަތަމަ ބައްދަލުވުމަށް ތައްޔާރުވެފައިވަނިކޮށެވެ.

އަބާދީ ދެއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ އަބާދީ ބަޣްދާދުން ފުރާ ވަޑައިގެންނެވިއިރު އެ ގައުމު އޮތީ އައިއެސް ފޮހެލުމުގެ ފަހު މަރުހަލާގައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު