Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމްރާން ޚާންގެ ސިޔާސީ ކުރިމަގު

އިމްރާން ޚާން ޕަބްލިކް މަގާމަކަށް ކުރިމަތިލެއްވުން މަނާކޮށްފި

އޭނާގެ މައްޗަށް ކުރެވިފައިވަނީ އެސެޓް ރިޕޯޓުގައި ދޮގު މައުލޫމާތު ހުށަހެޅުއްވި ކަމުގެ ތުހުމަތު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 22 އޮކްޓޯބަރު 2022 | ހޮނިހިރު 05:23
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ދެން އާންމު ޚިދުމަތުގެ މަގާމަކަށް ކުރިމަތި ނުލެއްވޭނެ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިގޮތަށް ނިންމާފައިވަނީ އިމްރާން ޚާން މަގާމުގައި ހުންނެވިއިރު ބޭރުގެ އިއްޒަތްތެރިންގެ ފަރާތުން ލިބިވަޑައިގެންނެވި ބައެއް ހަތިޔާރުގެ ތަފްސީލާއި އެތަކެތި ވިއްކެވި އަގުގެ މައުލޫމާތު ހުށައެޅުއްވި އިރު ދޮގު މައުލޫމާތު ހުށަހެޅުއްވި ކަމުގެ ކުށުގައެވެ. މިގޮތުން ލިބިވަޑައިގެންނެވި ހަދިޔާތަކުގެ ތެރޭގައި ބައެއް ރޮލެކްސް ގަޑި އާއި އަނގޮޓިއަކާއި ދެ ކަފްލިންކްސް ހިމެނެއެވެ.

އިމްރާން ޚާން ވަނީ އިލެކްޝަންސް ކޮމިޝަންގެ މި ނިންމުމަކީ ސިޔާސީ ކުލަޖެހިގެން ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވެ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް އިމްރާން ޚާންގެ ވަކީލުން ބުނެފައިވެއެވެ.

ޕާކިސްތާނުގެ ޑޯން ނޫހާ ހަވާލާދީ ލިބޭ ޚަރުތައް ބުނާ ގޮތުން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ލިޔުމުން ނެރެފައިވާ ބަޔާނެއް ބުނާގޮތުން އިމްރާން ޚާން 2020-21 އަށް ހުށަހެޅުއްވި އެސެޓް ރިޕޯޓުގައިވަނީ ދޮގު މައުލޫމާތުދެއްވާފައެވެ. އެހެން ކަމުން ދެން މަޖިލީހުގެ ގޮނޑިއަކަށް ވެސް އަދި ސަރުކާރުގެ އިސް މަގާމަކަށް ވެސް ކުރިމަތިލެއްވުމަށް ވަނީ "ޑިސްކުއަލިފައި" ވެފައި ކަމަށް ބުނެފައިވެއެވެ. ހަމަ މިއާއެކު އިމްރާން ޚާން މިހާރު ފުރުއްވަމުން ގެންދަވާ ނެޝަނަލް އެސެމްބްލީގެ ގޮނޑި ގެއްލިފައިވާކަމަށް ވެސް އެކޮމިޝަނުން ނިންމާފައިވެއެވެ.

ޑޯން ނޫހުން ސުވާލު ކުރި ބައެއް ޤާނޫނީ ތަޖުރިބާކާރުން ބުނެފައިވަނީ މި އަމުރު ހިނގާނީ މިހާރު އޮތް ނެޝަނަލް އެސެމްބްލީގެ މުއްދަތަށް އެކަނި ކަމަށެވެ. މިހާރުގެ އެސެމްބްލީ ފެށިފައިވަނީ 2018 ވަނަ އަހަރުއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަންގެ ފަސް މެންބަރުންގެ ޕެނަލުގެ އިއްތިފާގުން ނިންމާފައިވާ ނިންމުމަކީ، އަދިވެސް ޕާކިސްތާނުގެ ގިނަ ބައެއްގެ ލޯބި ލިބެމުން އަންނަ އިމްރާން ޚާންގެ ސިޔާސި ކެރިއަރަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.  

އިމްރާން ޚާން މިދިޔަ މަހު ވަނީ ބޮޑުވަޒީރު ކަމުގައި ހުންނެވިއިރު ލިބިވަޑައިގެންނެވި ހަދިޔާގެ ތެރެއިން މަދުވެގެން ހަތަރު އައިޓަމެއް ވިއްކެވި ކަމަށް އިއުތިރާފު ވެވަޑައިގެންފައެވެ. އަދި ފައިސާގެ ތަފްސީލު، އިންކަމް ޓެކްސް ބަޔާނުގައި ހިމެނުއްވި ކަމަށް ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ހަދިޔާ ސަރުކާރުގެ ކަމާބެހޭ ފަރާތާ ހަވާލު ކުރަން ޖެހެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އަގުގެ ގޮތުން ވަކި ވަރަކަށް ވުރެ ދަށް ނަމަ އެތަކެތި ބެހެއްޓުމުގެ ފުރުސަތު އޮވެއެވެ. އަދި ބައެއް ހަދިޔާ ކުޑަ އަގެއްގައި ގަތުމުގެ ފުރުސަތު ވެސް އޮވެއެވެ.

އިމްރާން ޚާން ކުރިން ވިދާޅުވެފައިވަނީ ނެޝަނަލް ސެކިއުރިޓީއަށް ޓަކައި ބައެއް ހަދިޔާ ހާމަނުކުރައްވާ ބެހެއްޓެވި ކަމަށެވެ. ނަމަވެސް ފަހުން ލިޔުމުން ހުށަހަޅުއްވާފައިވާ ގޮތުގައި އެއްލައްކަ ޑޮލަރާއި ގާތްކުރާ އަގުގެ ތަކެތި ބައްލައިގެންނެވި ކަމަށާއި ފަހުން އެތަކެތި އެ އަގުގެ ދެ ގުނައަށް ވިއްކަވާލެއްވިކަމަށް އެއްބަސްވެ ވަޑައިގެންފައިވެއެވެ.

އިމްރާން ޚާންގެ ޤާނޫނީ ޓީމުން ބުނަނީ މިމައްސަލައަށް ވަނުމުގެ ހައިސިއްޔަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާކަމަށާއި މައްސަލަ އަލުން އިސްތިއުނާފަށް ހުށަހަޅާނެކަމުގައެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2018

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނަށް އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދިނުމަށް ވިސްނަނީ

31 ޖުލައި 2018
އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނަށް އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދިނުމަށް ވިސްނަނީ
30 ޖުލައި 2018

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ އިމްރާން ޚާން އޯގަސްޓް 11 ގައި ކުރައްވަނީ

30 ޖުލައި 2018
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ އިމްރާން ޚާން އޯގަސްޓް 11 ގައި ކުރައްވަނީ
30 ޖުލައި 2018

އިމްރާން ޚާން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި ހޮނިހިރު ދުވަހު ޕާޓީތަކާ މަޝްވަރާ ކުރަނީ

30 ޖުލައި 2018
އިމްރާން ޚާން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި ހޮނިހިރު ދުވަހު ޕާޓީތަކާ މަޝްވަރާ ކުރަނީ
26 ޖުލައި 2018

ޕާކިސްތާނުގެ އާއްމު އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

26 ޖުލައި 2018
ޕާކިސްތާނުގެ އާއްމު އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި
25 ޖުލައި 2018

ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުރީގައި އުޅުއްވަނީ އިމްރާން ޚާން

25 ޖުލައި 2018
ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުރީގައި އުޅުއްވަނީ އިމްރާން ޚާން
25 ޖުލައި 2018

އިމްރާން ޚާން އަކީ ކާކު؟

25 ޖުލައި 2018
އިމްރާން ޚާން އަކީ ކާކު؟
13 ޖޫން 2018

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ: ބޮޑުވަޒީރު

13 ޖޫން 2018
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ: ބޮޑުވަޒީރު
17 އެޕްރީލު 2018

ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޑިގްރީ ނެތިގެން 250 އަށް ވުރެ ގިނަ ގާޒީން މަގާމުން ވަކިކޮށްފި

17 އެޕްރީލު 2018
ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޑިގްރީ ނެތިގެން 250 އަށް ވުރެ ގިނަ ގާޒީން މަގާމުން ވަކިކޮށްފި
27 ޖެނުއަރީ 2018

ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ

27 ޖެނުއަރީ 2018
ޗެކް ރިޕަބްލިކްގެ މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ
01 އޮކްޓޯބަރު 2017

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ

01 އޮކްޓޯބަރު 2017
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު