Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޖާބިރު

ރައީސް ޞާލިހުއަށް ދެވަނަ ދައުރެއް ދޭން ވަސިއްޔަތް ކުރީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތައް ސޮއްސާލަން ބޭނުން ނުވާތީ: ޖާބިރު

21 އޮކްޓޯބަރު 2022 | ހުކުރު 06:32

ޖާބިރު ވިދާޅުވީ ރައީސް ޞާލިހު އަކީ ހިތްތިރި، އޯގާތެރި ވެރިއެއް ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 އޮކްޓޯބަރު 2022 | ހުކުރު 06:32
އަބްދުﷲ ޖާބިރު

އަބްދުﷲ ޖާބިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އަށް ދެވަނަ ދައުރެއް ދޭން ދާއިރާގެ ރައްޔިތުންނަށް ވަސިއްޔަތް ކުރެއްވީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތައް ސޮއްސާލައިގެން ދާން ބޭނުންވެވަޑައިނުގަންނަވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ގައި ވާހަކަދައްކަވަމުން ޖާބިރު މިފަދައިން ވިދާޅުވީ ރައީސް ޞާލިހު އަށް ދެވަނަ ދައުރެއް ދޭން ރައްޔިތުންނަށް ވަސިއްޔަތް ކުރެއްވި ސަބަބާ ގުޅޭ ގޮތުން ސުވާލެއް ދެންނެވުމުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޖާބިރު ވިދާޅުވީ އޭނާ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު ރައީސް ޞާލިހަކީ މިހާތަނަށް ދެކިވަޑައިގެންނެވި އެންމެ ރަނގަޅު އެއް ރައީސް ކަމަށެވެ.

Advertisement - newsAdvertisement

ޖާބިރު ރައީސް ޞާލިހު ސިފަ ކުރެއްވީ، ބަސް މަދު، އަމަލު ގިނަ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެމަނިކުފާނަކީ އޯގާތެރި، ހިތްތިރި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޞާލިހުއަށް ދެވަނަ ދައުރެއް ހޯދައިދޭން ދާއިރާގެ ރައްޔިތުންގެ ފަރާތުން ވަސިއްޔަތް ކުރެއްވީ އެއްވެސް ހާލަތެއްގައި އެގްރީމަންޓެއް ހައްދަވައިގެން ނޫންކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ އޭނާ ބޭނުންފުޅުވަނީ ރާއްޖޭގައި ފެންނަމުން އައި އަނިޔާވެރިކަން ނިމުމަކަށް ގެނެސްފައިވާއިރު އަނބުރާ އެ އަނިޔާވެރިކަމަށް ނުދިއުމަށް ކަމަށެެވެ. އަދި މާލޭގެ ރައްޔިތެއް ނޫން ބޭފުޅަކު ވެރިކަމުގައި ހުންނެވުމަށް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާ ދިރާސާ ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ ކޮވިޑް-19 ފަދަ ހާލަތެއްގައި ވެސް ރައީސް ޞާލިހު ރާއްޖެ މެނޭޖު ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެމަނިކުފާނު ކުރިއަށްގެންދަވާ ކަމަށާއި އުނދަގުލާއި ދަތިތަކާއެކު ވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާފައިވާ ކަމަށެވެ.

ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުން ފެށިގެން އުތުރަށް ވަޑައިގެން އެ ރަށްތަކުގެ ރައްޔިތުންނަށް ވެސް ރައީސް ސާލިޙު ދެވަނަ ދައުރަކަށް ހޮވައި ދިނުމަށް އެދި ވަސިއްޔަތް ކުރައްވާނެ ކަމަށެވެ.

ޖާބިރު ވަނީ އޭނާގެ ދާއިރާ ކަމަށްވާ، ކާށިދޫ ދާއިރާއަށް ވެސް މީގެ ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާއިރު ތަރައްގީގެ މަޝްރޫއުތައް ހިންގާ ކާށިދޫއަކީ ވެސް މުހިންމު ރަށެއްގެ ގޮތުގައި ފާހަގަކުރީ މި ސަރުކާރުން ކަން ވިދާޅުވެފައެވެ. އަދި މި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެ ރަށުގައި ދަނޑުވެރިކަން އިތުރަށް ތަރައްގީވެ، ރަށަށް ވެސް ތަރައްގީގެ ފައިދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ރައީސް ޞާލިހުއަށް ދެވަނަ ދައުރެއް ދިނުމަށް ޖާބިރު ވަސިއްޔަތް ކުރެއްވީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މި މަހު ކާށިދޫގައި ބެއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ނެތް ދުވަހެއްގައި ވެސް ރައީސް ސާލިޙު އެ ދާއިރާއަށް ވަޑައިގެންފި ނަމަ އެމަނިކުފާނަށް ވޯޓު ދެއްވުމަށް ވެސް ޖާބިރު އެދިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް