Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގައުމީ އިނާމް ދިނުމުގެ ޚާއްސަ ޖަލްސާ

ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރާދާނީ ޤައުމުގެ ދަރިންގެ ހިތުގައި އޮންނަ ޤައުމީ ލޯބީގެ ވަރުގަދަކަމުން: އިމްރާން

މިނިސްޓަރު ވިދާޅުވީ ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރާދާނީ ޤައުމަށް ކޮށްދެއްވިފައިވާ ޚިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2022 | ހުކުރު 02:08
ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ

ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރާދާނީ ޤައުމުގެ ދަރިންގެ ހިތުގައި އޮންނަ ޤައުމީ ލޯބީގެ އާރޯކަމާއި ބަދަހިކަމާއި ވަރުގަދަކަމުގެ ސަބަބުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝެއިޚް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ގައުމީ އިނާމު ދިނުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރާދާނީ ޤައުމަށް ކޮށްދެއްވިފައިވާ ޚިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުންކަމަށެވެ. އަދި ޤައުމަށްޓަކައި ވަމުންދާ ދިފާއީ އަދި ޤައުމީ ޤުރުބާނީތަކާއި ފިދާތަކުގެ މަތިވެރިކަމުގެ ސަބަބުންކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން މިނިސްޓަރު ޢިމްރާން ވިދާޅުވީ ޤައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ އެބައެއްގެ ކިބައިގައި އަށަގެންފައިވާ މުރާލިކަމާއި މަސައްކަތްތެރިކަމާއި ހިތްވަރާއި އަޒުމުގެ ވަރުގަދަކަމުން ކަމަށެވެ. ޤައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ ހަމައެކަނި އެގައުމުގެ ބިމުގެ ސަރަހައްދުގެ ބޮޑުކަމަކުންނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެގައުމެއްގައި ދިރުއުޅޭ އާބާދީއެއްގެ ބޮޑުކަމަކުން ވެސް ނޫންކަމަށާއި, އެމުޖުތަމައުއެއްގެ އަފްރާދުންގެ އީމާންކަމުގެ ސާފުކަމާއި, ސާބިތުކަމުން ކަމަށް ވިދާޅުވިއެވެ.

ޤައުމުތައް ކުރިއަރާދަނީ އެބައިމީހުން ޤަބޫލުކުރާ ހަމަތަކާއި, އުސޫލުތަކުގެ ވަރުގަދަކަމުންކަމުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ ހޯދިފައިވާ އިލްމީ ޤާބިލްކަމުގެ ފުރިހަމަކަމުންކަމަށެވެ. މީގެއިތުރުން އަށަގެންފައިވާ ރިވެތި އަހުލާގުގެ މަތިވެރިކަމުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޤައުމީ ދަރިން ޤައުމަށް ހޯދައިދޭ ރީތިނަމާއި ޤައުމަށްޓަކައި ކޮށްދޭ ބޮޑަތި ޚިދުމަތްތަކާއި ޤައުމަށް ހޯދައިދޭ ޝަރަފާއި އިއްޒަތުގެ އަގުވަޒަންކޮށް ޤައުމީ ފެންވަރުގައި ފާހަގަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާގެ އަތްޕުޅުން އިނާމު ލިބުން އެއީ ޤައުމީ ދަރިއެއްގެ ހަޔާތުގައި ލިބޭނެ އެންމެ ފުރިހަމަ އެންމެ ޝަރަފްވެރި ކާމިޔާބުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިލޮބުވެތި ވަތަން މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ސައްހަ އަގީދާގެ މަތީގައި ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ޤާއުމީ ޒިންމާއެއް އަދި ވާޖިބެއްކަމަށެވެ. މިވާޖިބު ފުރިހަމައަށް އަދާކުރެވޭނީ އަމިއްލަ ފަރުދީ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށްގެންކަމަށާއި, މުޅި މުޖުތަމައުގެ މަންފާއަށްޓަކައި އެންމެ ގިނަގުނަ މަސައްކަތްތަކެއް ކޮށްގެންކަމަށެވެ. މާތްވެގެންވާ އިސްލާމްދީން މަގުދައްކައިދެނީ ވެސް އެގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެކުރިން ގައުމީ އިނާމް ދެއްވަމުން އައީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެން ނިންމެވީ ޤައުމުގެ ޝަރަފާއި, ޤައުމުގެ ޚިދުމަތުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ހަނދާން އައުކޮށް އެބޭފުޅުންނަށް ޤައުމީ އިނާމު ދޭންވާނީ ޤައުމީ ދުވަހުގެ ޖަލްސާގައިކަމަށެވެ. މިއަހަރުގެ ގައުމީ ދުވަސް, ޤައުމީ ދުވަސް ނިސްބަތްވާ މުޙައްމަދު ތަކުރުފާންގެ އުފަން ފަސްގަނޑުކަމަށްވާ ހއ.އުތީމުގައި ކުލަގަދަކޮށް ފާހަގަކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ގައުމީ އިނާމު ދިނުމަށް ޚާއްސަ ޖަލްސާއެއް މިއަހަރު ބޭއްވުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު