އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ނޯންނާނެ: އިމްރާން
26 ޖުލައި 2023 | ބުދަ 05:57މިނިވަންކަމަކީ އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހުމުގެ ހިތްވަރު ލިބިދޭ ކަމެއް


މިނިވަން ދުވަހުގެ މުނާސަަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން
އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ނޯންނާނެކަމަށް ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ބައެއް ފަހަރު މިނިވަންކަމުގެ އުފާ އިހުސާސް ކުރެވެނީ މިނިވަންކަން ގެއްލި ނިކަމެތިކަމާ ކުރިމަތިވުމުން ކަމަށެވެ.
އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ނޯންނާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ މި ޖީލަށް މިނިވަންކަން ލިބުނު ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އޭގެ އިތުރުން، މިނިވަންކަމަކީ އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހުމުގެ ހިތްވަރު ލިބިދޭ ކަމެއްކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލޭ ސަބަބުތަކުގެ ތެރޭގައި ޤައުމުތަކާއެކު ބޭއްވޭ ގުޅުން ހިމެނޭކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ އެގޮތުގެ މަތިންކަމަށް ވިދާޅުވެފައެވެ.






