Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް އެވޯޑްތަކެއް ލިބުން

ޑަބްލިއުޓީއޭގެ އިންޑިއަން އޯޝަންގެ ލީޑިންގ ޑެސްޓިނޭޝަންގެ އިތުރުން، އެފްރިކާ، އަދި އިންޑިއަން އޯޝަން ކެޓަގަރީގެ މުހިއްމު އެތައް އެވޯޑްތަކެއް ރާއްޖެއަށް

ރާއްޖެއިން ވަނީ އިންޑިއަން އޯޝަންގެ ލީޑިންގ ބީޗް ޑެސްޓިނޭޝަނާއި، އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ މަގާމުވެސް ހާސިލުކޮށްފައި

މަޚްތޫމް
މަޚްތޫމް | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 12:08
ރާއްޖެއިން ވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ހޯދާފައި

ރާއްޖެއިން ވަނީ އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ހޯދާފައި | އެމްއެމްޕީއާރްސީ

ވޯލްޑް ޓްރެވަލް އެވޯޑްސްގެ, އެފްރިކާ އަދި އިންޑިއަން އޯޝަން ގާލާ ރަސްމިއްޔާތުގައި އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން 2022 ޓައިޓަލްގެ އިތުރުން މުހިންމު އެވޯޑުތަކެއް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ކެންޔާގެ ކެންޔާޓާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރ (ކޭއައިސީސީ)ގައި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ހަފްލާގައި، މި އެވޯޑުގެ އިތުރުން ރާއްޖެއިން ވަނީ އިންޑިއަން އޯޝަންގެ ލީޑިންގ ބީޗް ޑެސްޓިނޭޝަނާއި އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ މަގާމުވެސް ހާސިލުކޮށްފައެވެ. މީގެ އިތުރުން އިންޑިއަން އޯޝަން ލީޑިންގ ޓޫރިސްޓް ބޯޑުގެ ލަގަބު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ކާމިޔާބުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި އެވޯޑްތައް ރާއްޖެއަށް ލިބިފައި މިވަނީ ރާއްޖޭގައި ޓޫރިޒަމްގެ ރަންޔޫބީލް އަހަރުގައި ކަމަށްވުމާއެކު، މިއީ ދިވެހިރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިގެންދާ ޚާއްސަ އުފަލެއްކަމަށް އެމްއެޕީއާރުސީން ބުނެއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ގޮތުގައި ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ، ޓްރެވަލް ޓްރޭޑް، ޓޫރިޒަމް، އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ މުހިންމު ހުރިހާ ދާއިރާތަކަކާއި ސެގްމަންޓްތަކެއްގައި ފާހަގަކޮށްލެވޭ މަންޒިލްތައް ދެނެގަނެ، އިނާމު ދިނުމަށް 1993 ވަނަ އަހަރު އުފެއްދި އެވޯޑެކެވެ.

މީގެ އިތުރުން، ރާއްޖެއިން މިވަނީ މި އަހަރުގެ 29 ވަނަ ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި، 'ވޯލްޑްސް ލީޑިންގ ކެޓަގަރީން' ފާހަގަކޮށްލެވޭ ތިން އެވޯޑަކަށް ނޮމިނޭޓްވެފައެވެ. އެއީ ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ ޓައިޓްލްއާއި ވޯލްޑްސް ލީޑިންގ އައިލެންޑް ޑެސްޓިނޭޝަން އަދި ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަންގެ އެވޯޑްތަކެވެ. ރާއްޖެއަށް މި އަހަރު އަނެއްކާވެސް ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ ލަގަބު ލިބުމަކީ އަޅުގަނޑުމެން އެންމެން, ގައުމެއްގެ ގޮތުގައި ފަޚުރުވެރިވާނެ ފަދަ ކަމެކެވެ. މި އަހަރު ރާއްޖެއިން މި އެވޯޑް ހާސިލްކޮށްފިނަމަ، މިއީ އަޅުގަނޑުމެންގެ ގައުމަށް ވިދިވިދިގެން ތިން އަހަރު ފަތުރުވެރިކަމުގެ މިފަދަ ޝަރަފުވެރި ލަގަބެއް ލިބޭ ފުރަތަމަ ފަހަރަށް ވެގެން ދާނެއެވެ. މީގެ އިތުރުން، ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑުގެ ޝަރަފުވެރި މަގާމަށް އެމްއެމްޕީއާރުސީ ވަނީ ނޮމިނޭޓް ކުރެވިފައެވެ.

ޑަބްލިއުޓީއޭގެ އެވޯޑްތަކަށް ވޯޓުލުން ހުޅުވާލާފައިވަނީ 20 އޮކްޓޯބަރ 2022ގެ ނިޔަލަށެވެ. ދިވެހިރާއްޖެއަށް މި އެވޯޑް ކާމިޔާބު ކޮށްދެއްވުމަށް ވޯޓްލެއްވުމަށް ބޭނުންކުރައްވާނެ ލިންކުތައް ތިރީގައި މިވަނީއެވެ.

ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން:https://bit.ly/3SZgEP2

ވޯލްޑްސް ލީޑިންގ އައިލެންޑް ޑެސްޓިނޭޝަން:https://bit.ly/3EsbaIU

ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން:https://bit.ly/3SO1P2g

ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު:https://bit.ly/3Enf9X5

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2019

ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ބައްދަލުވުން ފަށައިފި

01 އޮކްޓޯބަރު 2019
ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ބައްދަލުވުން ފަށައިފި
27 ޖުލައި 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަނީ

27 ޖުލައި 2019
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަނީ
07 އެޕްރީލު 2019

އެމްއެންޑީއެފް ކޯސްޓް ގާޑާއި އިންޑިއަން ނޭވީ ގުޅިގެން ސަވައިލެންސް އޮޕަރޭޝަނެއް ފަށަނީ

07 އެޕްރީލު 2019
އެމްއެންޑީއެފް ކޯސްޓް ގާޑާއި އިންޑިއަން ނޭވީ ގުޅިގެން ސަވައިލެންސް އޮޕަރޭޝަނެއް ފަށަނީ
12 ޖެނުއަރީ 2019

އިންޑިއަން ކޯސްޓްގާޑް ޝިޕް ''ސަމަރްތް'' ރާއްޖެގައި

12 ޖެނުއަރީ 2019
އިންޑިއަން ކޯސްޓްގާޑް ޝިޕް ''ސަމަރްތް'' ރާއްޖެގައި
25 ނޮވެމްބަރު 2018

އެކްސަސއިޒް ދޯސްތީއަކީ ވެސްޓަން އިންޑިއަން އޯޝަންގައި ހިންގާ އެންމެ ބޮޑު އެކްސައިޒް

25 ނޮވެމްބަރު 2018
އެކްސަސއިޒް ދޯސްތީއަކީ ވެސްޓަން އިންޑިއަން އޯޝަންގައި ހިންގާ އެންމެ ބޮޑު އެކްސައިޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު