Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިނަދޫ އަބޫބަކުރު ސްކޫލް

ލީޑިންގ ޓިޗަރާއި އިދާރީ މުވައްޒަފަށް ވެސް ހިޔާލުފާޅު ކުރެވެންޖެހޭ: މެމްބަރު އަބްދުﷲ

ލީޑިންގ ޓީޗަރު ވަކިކުރަނީ އެއްވުމެއްގައި ބައިވެރިވެގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 މާރިޗު 2018 | އާދީއްތަ 06:29
ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގެ ލީޑިންގ ޓީޗަރާއި އިދާރީ މުވައްޒަފު: އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާކަމަށް ބުނޭ

ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގެ ލީޑިންގ ޓީޗަރާއި އިދާރީ މުވައްޒަފު: އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާކަމަށް ބުނޭ

ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގެ ލީޑިންގ ޓީޗަރާއި އިދާރީ މުވައްޒަފެއް މަގާމުން ވަކިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ހިޔާލުފާޅު ކުރުމަކީ ގާނޫނުއަސާސީ ލިބިދޭ ހައްގެއް ކަމަށާއި އެހައްގު ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބޫބަރު ސްކޫލްގެ ލީޑިންގ ޓީޗަރު އަހުމަދު ޝަރީފް އާއި އިދާރީ މުވައްޒަފު މަހާޒު ތައުފީގު ވަޒީފާއިން ވަކިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ބޭނުން ކުރުމުގެ އިހުތިޔާރު ލިބެންޖެހޭ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއަށް ޓެގް ކުރައްވާ އަބްދުﷲ ކުރައްވާފައިވާ ޓްވީޓްގައި ވެއެވެ.

އަބްދުﷲ އެގޮތަށް ޓްވީޓް އެ ކުރެއްވީ އަބޫބަރު ސްކޫލްގެ ލީޑިންގް ޓީޗަރު އަހުމަދު ޝަރީފް އާއި އިދާރީ މުވައްޒަފު މަހާޒު ތައުފީގު ވަޒީފާއިން ވަކިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ އެކަމާ ދެކޮޅަށް އާދިއްތަ ދުވަހުގެ ހެނދުނު އަބޫބަރު ސްކޫލްގެ ކިޔެވުން ބަންދުކޮށް، އެ ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިން ސްކޫލް ހިމެނޭ ސަރަހައްދުގައި އިހުތިޖާޖު ކުރަމުންދާތީ އެވެ.

މި އިހުތިޖާޖުތަކާއި ގުޅިގެން ތިނަދޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް އެސަރަހައްދުގައި ހުންނަވައި ރާއްޖެއެމްވީއަށް ވިދާޅުވީ އަބޫބަކުރު ސްކޫލްގެ ލީޑިންގ ޗީޗަރަކީ އެސްކޫލްގައި ވަރަށް ގިނަ ދުވަހު ހިދްމަތް ކުރެއްވި ގާބިލް ބޭފުޅެއް ކަމަށާއި އިދާރީ މުވައްޒަފު ވަކިކުރަން ނިންމީ ޓީޗަރުންގެ މުސާރަ ބޮޑު ކުރިއިރު، އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދީފައިނުވާތީ އިހުތިޖާޖު ކުރުމުގެ ގޮތުން އެއްދުވަހު އިދާރީ މުވައްޒަފުން ކަޅު ހެދުމުގައި ސްކޫލަށް ހާޒިރުވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ލީޑިންގ ޓީޗަރު ވަކިކުރަން ނިންމީ އެއްވުމެއްގައި ބައިވެރިވެގެން ކަމަށްބުނާއިރު، ސަރުކާރު ހިންގާ ޕީޕީއެމުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައި ވެސް ޓީޗަރުންނާއި ސިވިލް ސާރވިސް މުވައްޒަފުން ބައިވެރިވާއިރު، އެފަރާތްތަކާމެދު ވިޔަވަޅެއް އެޅުމެއްނެތި ވަކި ބަޔަކާމެދު ފިޔަވަޅު އެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. .

އިހުތިޖާޖު ކުރަމުންދާ ސްކޫލްގެ ޓީޗަރުންނާއި ބެލެނެވެރިން ވެސް ބުނަމުން ދަނީ ސަރުކާރުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައިވެސް ޓީޗަރުން ބައިވެރިވަމުންދާ ކަމަށާއި އެހެންކަމުން އެހެން އެއްވުންތަކުގައި ބައިވެރިވެގެންކަމަށްބުނެ ސްކޫލުން ވަކިކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެންމެންނާމެދު ހަމަހަމަ ގޮތަކަށް ސަރުކާރުން ކަންކަން ކުރަންޖެހޭ ކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރައިމަރީގައި ވޯޓުލުމުން ވަޒީފާއިން ވަކިކުރި މުވައްޒަފަށް ނަޝީދު ގުޅުއްވައި، ހިތްވަރު ދެއްވައިފި

ޕްރައިމަރީގައި ވޯޓުލުމުން ވަޒީފާއިން ވަކިކުރި މުވައްޒަފަށް ނަޝީދު ގުޅުއްވައި، ހިތްވަރު ދެއްވައިފި

03 ޖޫން 2018
ތިނަދޫ އަބޫބަކުރު ސްކޫލްގެ ލީޑިންގ ޓީޗަރަކާއި މުވައްޒަފަކު ކަނޑާލަން އުޅޭތީ އިހުތިޖާޖު ކޮށްފި

ތިނަދޫ އަބޫބަކުރު ސްކޫލްގެ ލީޑިންގ ޓީޗަރަކާއި މުވައްޒަފަކު ކަނޑާލަން އުޅޭތީ އިހުތިޖާޖު ކޮށްފި

11 މާރިޗު 2018
ސިފައިންނާމެދު އަޅާ އިދާރީ ފިޔަވަޅުތަކަކީ މީޑިޔާއަށް ހިއްސާ ކުރާ މައުލޫމާތެއް ނޫން:އެމްއެންޑީއެފް

ސިފައިންނާމެދު އަޅާ އިދާރީ ފިޔަވަޅުތަކަކީ މީޑިޔާއަށް ހިއްސާ ކުރާ މައުލޫމާތެއް ނޫން:އެމްއެންޑީއެފް

07 މާރިޗު 2018
ރައީސް ވަކިކުރުމުގެ މައްސަލައިގެ އިދާރީ ކަންކަން އިސްލާހު ކުރަން ސުޕްރީމް ކޯޓުން ވަނީ އަންގާފައި: ވަކީލުން

ރައީސް ވަކިކުރުމުގެ މައްސަލައިގެ އިދާރީ ކަންކަން އިސްލާހު ކުރަން ސުޕްރީމް ކޯޓުން ވަނީ އަންގާފައި: ވަކީލުން

30 ޖެނުއަރީ 2018
ފަނޑިޔާރުން އައްޔަންކުރުމުގެ އިދާރީ ހުރިހާ ކަމެއް ނިންމައި ޖޭއެސްސީގެ އެޖެންޑާއަށް!

ފަނޑިޔާރުން އައްޔަންކުރުމުގެ އިދާރީ ހުރިހާ ކަމެއް ނިންމައި ޖޭއެސްސީގެ އެޖެންޑާއަށް!

09 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު