Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާއިން ވަކިކުރުން

ޅ. އަތޮޅު މަދަރަސާގެ ސީނިއަރ ލީޑިންގ ޓީޗަރު އެ ސްކޫލަށް ވެސް ނޭނގި ވަޒީފާ އިން ވަކިކޮށްފި

ސްކޫލުން އެދުމުން ވެސް ސަބަބެއް އެޑިއުކޭޝަނުން ހާމައެއް ނުކުރި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 އޯގަސްޓު 2018 | ހޯމަ 11:36
ވަޒީފާ އިން ވަކިކުރި ސީނިއަރ ލީޑިންގ ޓީޗަރ ޝާހީން އާއިލާއާއެކު

ވަޒީފާ އިން ވަކިކުރި ސީނިއަރ ލީޑިންގ ޓީޗަރ ޝާހީން އާއިލާއާއެކު

ޅ. ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދްރަސާގެ ސީނިއަރ ލީޑިންގ ޓީޗަރު މުހައްމަދު ޝާހީން އެ ސްކޫލަށް ވެސް ނޭނގި، އަދި އެއްވެސް އިންޒާރެއް ވެސް ނުދީ ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކޮށްފިއެވެ.

ދިހަ އަހަރު ވަންދެން ތައުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ޝާހީން ރާއްޖެއެމްވީއަށް ބުނީ ވަޒީފާއިން ވަކިކުރީ ކުއްލިއަކަށް ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ނަސޭހަތެއް ވެސް އަދި އިންޒާރެއް ވެސް ދީފައި ނުވާ ކަމަށެވެ.

ޝާހީން ބުނީ ވަޒީފާ އިން ވަކިކުރިކަން އެންގީ ސީދާ އެޑިއުކޭޝަން މިނިސްޓްރީން ކަމަށާއި ނަމަވެސް އެ މިނިސްޓްރީއަށް ގުޅައިގެން ކުރި މަސައްކަތުން އެނގުނީ މިނިސްޓްރީގެ އެޗްއާރަށް ވެސް ނޭނގޭކަން ކަމަށެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން ވެސް ޖަވާބެއް ނުލިބޭ ކަމަށާއި ސްކޫލަށް ވެސް ވަކިކުރި ސަބަބެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ޝާހީން ބުނީ އެތެރެ އެތެރެއިން ނުސީދާކޮށް ލިބުނު މައުލޫމާތުން އެނގުނީ ވަޒީފާ އިން ވަކިކުރީ ސޯޝަލް މީޑިޔާގައި ސިޔާސީ ވާހަކަ ދައްކާތީ ކަމަށް ބުނެ ކަމަށެވެ.

ކަންކަމުގައި ދެކޭގޮތް ފޭސްބުކްގައި ސީދަލަށް ހާމަކުރަމުން އަންނަ ޝާހީން ބުނީ ސިޔާސީ ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި ކޮންމެ ކަމެއްގައި ވެސް ވިސްނޭ ވިސްނުން އަދި ޤަބޫލްކުރާ ގޮތް ހާމަކުރަމުންދާ ކަމަށެވެ. އޭގައި ބައެއް ސިޔާސީ މީހުންނަށް ރައްދުވެފައި ހުރެދާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކާ ޚިލާފް އަދި ވަޒީފާގެ މަސްއޫލިއްޔަތާ ޚިލާފް އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް ޝާހީން ބުންޏެވެ.

މީގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ވެސް ނޫޅޭ ކަމަށާއި ސިޔާސީ އެއްވެސް ކަމެއްގައި ހަރަކާތްތެރިވެ ނޫޅޭ ކަމަށް ވެސް ޝާހީން ބުންޏެވެ.

ޝާހީންއަށް ފޮނުވާފައިވާ ޗިޓްގައި ވަޒީފާއިން ވަކިކުރުމަށް ހަވާލާ ދީފައިވާ ޤާނޫނީ މާއްދާތަކުގައި ބުނެފައި ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފްވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާތީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާ ދޭ ފަރާތަށާއި ވަޒީފާ އަދާކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ސަބަބެއް ބުނެފައެއް ނުވެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްކޫލުގެ ގިނަ ޓީޗަރުން ހޯމަ ދުވަހު ސްކޫލަށް ހާޒިރެއް ނުވެއެވެ. އަދި ގިނަ ބެލެނިވެރިން ވެސް ދަރިވަރުން ސްކޫލަކަށް ނުފޮނުވައެވެ. އެގޮތުން ގާތްގަނޑަކަށް ތިން ބައިކުޅަ ދެ ބައި ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ރާއްޖެ އެމްވީއަށް ވަނީ ކަށަވަރު ވެފައެވެ.

އެ ސްކޫލުގެ ލީޑިންގ ޓީޗަރަކު ރާއްޖެ އެމްވީއަށް ބުނީ ސްކޫލަށް ދަރިވަރުން ނުފޮނުވާކަމާއި ގިނަ ޓީޗަރުން ކިޔަވައިދޭން ކުލާހަށް ހާޒިރުނުވާ ވާހަކައަކީ ޙަޤީގަތެއް ކަމަށެވެ.

އޭނާ ބުނީ އެކަން އެހެން ހިނގީ އެސްކޫލުގެ ސީނިއަރ ލީޑިންގ ޓީޗަރ ޝާހީން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމުން ކަމަށެވެ. އަދި އެކަމާ ބެލެނިވެރިން ވެސް ސްކޫލަށް އައިސް ޝަކުވާ ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ޝާހީންއަކީ ވަރަށް ގުޅިގެން އުޅޭ އަދި ސްކޫލަށް ވަރަށް ބޭނުންތެރި ޓީޗަރެއް ކަމަށެވެ. އެއްވެސް އިންޒާރެއް ނުދީ އަދި އެއްވެސް މައްސަލައެއް ވެސް ކުރިމަތިނުވެ ކުއްލި ގޮތަކަށް ޝާހީން ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ޓީޗަރުން ޤަބޫލްކުރާ ކަމަށެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް އެސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ޝާހީން ވަޒީފާއިން ވަކިކޮށްފައި ވަނީ އެސްކޫލަށް ނޭނގި ކަމަށާއި ޝާހީންއަކީ އެއްވެސް ވަރެއްގެ އިންޒާރެއް އަދި ނަސޭހަތެއްވިއަސް މީގެކުރިން ދީފައި ނުވާ އަދި ދޭންޖެހިފައިވެސްވާ ޓީޗަރެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޫލަށް ވެސް ލިބުނީ ޗިޓެއް ކަމަށާއި ޝާހީން ވަޒީފާއިން ވަކިކުރި ސަބަބެއް ހޯދުމަށް މިހާތަނަށް އެޑިއުކޭޝަނާ ގުޅައިގެން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި ޝާހީން ވަޒީފާއިން ވަކިކުރި ޗިޓްގައި އޮތް އެއްޗެއް ފިޔަވައި އިތުރު އެއްޗެއް ހާމަކުރެވެން ނެތް ކަމަށް އެޑިއުކޭޝަނުން އަންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އޮފިޝަލް ވެސް ވަނީ ގިނަ ދަރިވަރުން ސްކޫލަށް ނުފޮނުވާކަމާއި ގިނަ ޓީޗަރުން ކިޔަވައިދެއްވަން ވަޑައިނުގަންނަވާކަން ރާއްޖެ އެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު