Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދޯސްތީ އެކްސަސައިޒް

އެކްސަސއިޒް ދޯސްތީއަކީ ވެސްޓަން އިންޑިއަން އޯޝަންގައި ހިންގާ އެންމެ ބޮޑު އެކްސައިޒް

ދޯސްތީ 14ގެ އެކްސަސައިޒްގައި ކޯސްޓް ގާރޑްގެ ހުރަވީ ބައިވެރިވާނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2018 | އާދީއްތަ 11:47
ދޯސްތީ 14ގެ މައުލޫމަތު ދިނުމަށް ކޯސްޓް ގަރޑް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތޔގެ ތެރެއިން

ދޯސްތީ 14ގެ މައުލޫމަތު ދިނުމަށް ކޯސްޓް ގަރޑް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތޔގެ ތެރެއިން

އެކްސަސއިޒް ދޯސްތީއަކީ ވެސްޓަން އިންޑިއަން އޯޝަންގައި ހިންގާ އެންމެ ބޮޑު އެކްސައިޒްކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެކްސަސައިޒް ދޯސްތީ 14ގެ ހަރަކާތް ތަކާއި ބެހޭ މައުލޫމަތު ދެއްވުމަށް ކޯސްޓް ގާރޑް ބިލްޑިންގްގައި އާދިއްތަ ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯސްޓްގަރޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެކްސަސއިޒް ދޯސްތީއަކީ ވެސްޓަން އިންޑިއަން އޯޝަންގައި ހިންގާ އެންމެ ބޮޑު އެކްސައިޒް ކަމަށެވެ.

Advertisement - newsAdvertisement

ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެކްސަސައިޒް ދޯސްތީއަކީ 1992 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއް އަހަރު އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ނުވަތަ ރީޖަންގައި ހިންގާ ކަނޑުމަތީގެ ހާދިސާތަކަށް ރެސްޕޮންސް ދިނުމުގެ ގޮތުން މި ސަރަހައްދުގެ ގައުމުތައް ގުޅިގެން ހިންގާ އެކަސަސައިޒެއް ކަމަށެވެ. އަދި ދޯސްތީގެ ފައިނަލް ޕްލޭނިންގް ކޮންފަރެންސް އާދިއްތަ ދުވަހު ކޯސްޓްގާރޑް ގައި ބޭއްވޭނެ ކަމަށާއި، މި އެކްސަސައިޒްގައި ބައިވެރިވާ އުޅަނދުތަކުގެ އިތުރުން ހެލިކޮޕްޓަރާއި ޑޯނިއާ އެއްވެސް ބައިވެރިވާ ކަމަށް ކާނަލް ސަލީމު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސަލީމް ވިދާޅުވީ މީގެ ކުރިން ވެސް އެކަސައިޒް ދޯސްތީގައި ކަނޑުމަތީގެ ކަންކަމާއި ގުޅޭ ގޮތުން ތަމްރީންތައް ހެދިފައިވާނެ ކަމަށާއި މިފަހަރުގެ ތަމްރީން ތަކުގައި ވެސް މިހާރު އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނތައްތަކާ ގުޅޭގޮތުން މިހަރަކާތުގައި ބައިވެރިވަ ގައުމުތަކުން ހިންގަން ޖެހޭ އޮޕަރޭޝަންސްތައް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"ކޯސްޓް ގާރޑްގެ ހުރަވީ ރީފިޓައްފަހު މާލެ އައިސްފާއިވާއިރު ހުރަވީ ބައިވެރިވާނެ އަޅުގަނޑު މެންގެ ފަރާތުން. ދެން އިންދޑިއާގެ ފަރާތުން ދެ މަނަވަރަކާއި އަދި ސްޜީލަންކާގެ ކޯސްޓް ގާރޑްގެ މަނަވަރެއް ބައިވެރިވާއިރު އަދި އިންޑިއާގެ ޑޯނިޔާ އަކާއި އަދި އިންޑިއާ އުޅަނދުގައި އޮތް ހެލިކޮޕްޓަރެއް މިހާރަކާތުގައި ބައިވެރިވާނެ" ކާނަލް ސަލީމް ވިދާޅުވިއެވެ.

މިއެކްސަސައިޒްގައި އެމްއެންޑީއެފް ކޯސްޓް ގާރޑްގެ ފަރާތުން އެކަސަސައިޒް ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މޭޖަރ ރިޒްމީ ވަލީދު ވިދާޅުވި އެކަސަސައިޒް ފެށިގެންދާނީ ހޯމަ ދުވަހުގެ ހެނދުނު އޮންނަ ޚާއްސަ ރަސްމިއްޔާތަކަށްފަހު ކަމަށާއި މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ހުޅުމާލޭތެ އިރުމަތީ ފަރާތުގައި ދޯސްތީގެ ހަރަކާތްތައް ކަނޑުމަތީގައި ކުރިއަށް ދާނެކަމަށް ރިޒްމީ ވިދާޅުވިއެވެ. މި އެކްސަސައިޒްގައި ރިހާސް ކުރެވެމުންދާނީ ކަނޑު ފޭރުމުގެ ހާދިސާތަކާއި، މެރިތައިމް ޕްލިއުޝަން އަދި ސަރޗް އެންޑް ރެސްކިއުގެ ހަރަކާތްތައް މޭޖަރ ރިޒްމީ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސުނޭނާ" ރާއްޖެ އަތުވެއްޖެ

އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސުނޭނާ" ރާއްޖެ އަތުވެއްޖެ

26 ސެޕްޓެމްބަރު 2020
ބޭހުގެ ޝިޕްމެންޓުތައް އިންޑިއަން އެއަރފޯސްގެ ފްލައިޓެއްގައި ބުރާސްފަތި ދުވަހު ގެންނާނެ: ފޮރިން މިނިސްޓްރީ

ބޭހުގެ ޝިޕްމެންޓުތައް އިންޑިއަން އެއަރފޯސްގެ ފްލައިޓެއްގައި ބުރާސްފަތި ދުވަހު ގެންނާނެ: ފޮރިން މިނިސްޓްރީ

31 މާރިޗު 2020
ރައީސް އިންޑިއަން އެކްސްޕޯ އަށް ޒިޔާރަތްކުރައްވައިފި

ރައީސް އިންޑިއަން އެކްސްޕޯ އަށް ޒިޔާރަތްކުރައްވައިފި

17 އޮކްޓޯބަރު 2019
މޯލްޑިވްސް އެންޑް އިންޑިއަން ސެކިޔުރިޓީ ޕަރސްޕެކްޓިވްސްގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި

މޯލްޑިވްސް އެންޑް އިންޑިއަން ސެކިޔުރިޓީ ޕަރސްޕެކްޓިވްސްގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި

01 އޮކްޓޯބަރު 2019
ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ބައްދަލުވުން ފަށައިފި

ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ބައްދަލުވުން ފަށައިފި

01 އޮކްޓޯބަރު 2019

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު