Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިން ޑައިވަރޝަން

ކުޑަކުދިންގެ މައްޗަށް ޑައިވަރޝަންގެ އެއްބަސްވުން އެކުލަވާލުމުގެ ގޮންޖެހުންތައް ނައްތާލުމަށް ގަވާއިދުތަކަށް އިސްލާހު ގެނެސްފި

ކުށުގެ ޢަމަލުގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ޑައިވަރޝަން ޕްރޮގްރާމް ހިންގުމުގައި މިހާރު ގޮންޖެހުންތައް އެބަ ހުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 07:10
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޝަމީމް ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޝަމީމް ވާހަކަ ދައްކަވަނީ

ކުޑަކުދިންގެ މައްޗަށް ޑައިވަރޝަންގެ އެއްބަސްވުން އެކުލަވާލުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ދެ ގަވާއިދަކަށް ބަދަލު ގެނެސްފިއެވެ.

ބަދަލު ގެނެސްފައި ވަނީ ޖިނައީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދާއި، ޕްރޮސެކިއުޓް ކުރުމުގެ ގަވާއިދަށެވެ. މި ދެ ގަވާއިދަށް ބަދަލު ގެންނައި ސަބަބާއި ގުޅޭ ގޮތުން ޕީޖީ ޝަމީމް ވިދާޅުވީ އެ ގާނޫނުތައް ބަދަލުކުރީ (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކުށުގެ ޢަމަލުގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ޑައިވަރޝަން ޕްރޮގްރާމް ހިންގުމުގައި މިހާރު ދިމާވާ ބައެއް ގޮންޖެހުންތައް ޙައްލުކޮށް، މާނަހުރި ގޮތެއްގައި، އެޤާނޫނުގައި ބުނާ ޕްރޮގްރާމްތައް ހިންގޭނެ ޤާނޫނީ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހޮށްދިނުމަށް ކަމަށެވެ. މީގެ އިތުރުން ޖިނާއީ ޢަދުލުގެ ނިޒާމުގައި، ސަބަބުތަކާހުރެ ތާށިވާ ކުޑަކުދިންނާ މެދު ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައި އޮތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ކަމަަށާއި އެޤާނޫނުގައި، ކުޑަކުދިންނާ މެދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ފަލްސަފާތަކާއި އިޖުރާއަތުތައް ބަޔާންކޮށްފައިވާ ކަން ޕީޖީ ފާހަގަކުރެއްވިއެވެ. 

ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް ފިޔަވަޅު އެޅުމުގައި އެންމެ އިސްކަން ދޭންޖެހޭނީ އެކުއްޖާ އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢާށް ގެނައުމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ. އެކަން ޙާޞިލުކުރާނީ، ޑައިވަރޝަން ޕްރޮގްރާމެއްގެ ތެރެއިން ކަމަށް ވާއިރު ޑައިވަރޝަންއާބެހޭ ވަކި ބާބެއް އެ ގާނޫނުގައި އެކުލެވޭކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. ޑައިވަރޝަންގެ މަޤްޞަދަކީ، ކުއްޖާ ކުރި ޢަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޒިންމާވާން ބާރުއެޅުމާއި، މަޢާފަށް އެދުމުގެ ފުރުޞަތު ހޯދައިދިނުމާއި، ކުށް ތަކުރާރުކުރުމުން ދުރުހެލިކުރުމާއި ކުށުގެ ރެކޯޑެއް އައުން ހުއްޓުވުމެވެ.

ޤާނޫނާ ޚިލާފުވިކަމުގެ ތުހުމަތުކުރެވޭ ކުއްޖެއްގެ މައްސަލައެއް އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުކުރަންވާނީ ޑައިވަރޝަންއަށް ފޮނުވުމާ މެދު ގޮތެއް ނިންމުމަށްފަހު ކަމަށް ވެސް ޤާނޫނުގައި ބުނާ އިރު ޑައިވަރޝަންއާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ތަޙްޤީޤުކުރާ އިދާރާތަކަށާއި ޕްރޮސެކިއުޓަރ ޖެނެރަލްއަށެވެ. އެކަމަށް ޓަކައި އެސެސްމަންޓު ހަދައި، ލިޔެކިޔުންތައް ފުރިހަމަކުރަން ޖެހޭ އިރު އެ މަަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ ތަފްޞީލުތައް ޤާނޫނާއި ގަވާއިދުތަކުގައި ލިޔެފައި އެބަހުއްޓެވެ.

އެހެންނަމަވެސް، މިޤާނޫނު ލިޔުއްވިއިރު، ކުށުގެ ދައުވާކުރަންޖެހޭ މުއްދަތެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަން ޕީޖީ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މުއްދަތު ގުނުމުގައި ރުޖޫޢަވާން ޖެހުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ކަމަށް ވާއިރު އެޤާނޫނު ބުނާ ގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ ކުޑަ ކުއްޖަކަށް ދައުވާކުރަން ލިބެނީ 30 ދުވަހެވެ. އަދި ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލައިފިނަމަ، 45 ދުވަހެވެ. ހަމައެހެންމެ މައްސަލައެއް ޕީޖީ އޮފީހަށް ހުށަހެޅުމަށްފަހު، ދައުވާކުރުމާ މެދު ގޮތެއް ނިންމަން ލިބެނީ 10 ދުވަހެވެ. ވީމާ، ޤާނޫނު އޮތް ގޮތުން، ކުއްޖާގެ އެސެސްމަންޓު ހަދައި، ކުއްޖާއާ ވާހަކަ ދައްކައި، ކުއްޖާ ބުނާ ބަހެއް ހޯދައި، ވާންޖެހޭ ތައްޔާރީތައްވެ، ޑައިވަރޝަން ޕްރޮގްރާމެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބެނީ އެންމެ 10 ދުވަސްކަން ޕީޖީ ފާހަގަކުރެއްވިއެވެ. މިމުއްދަތުގެ ތެރޭގައި ބޭނުންވާ ލިޔެކިޔުން ފުރިހަމަކުރުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށާއި ސަބަބަކީ އެސެސްމަންޓެއް ހެދުމަށް ވަގުތު ބޭނުންވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ ޤާނޫނު ފާސްވެގެން އައިއިރު، ޑައިވަރޝަން އެއްބަސްވުން ހެދުމަށް އެކަށީގެންވާ ވަގުތެއް ނުލިބޭ ކަމަށާއި، ޑައިވަރޝަން އެއްބަސްވުމެއް ހެދުމަށްފަހު، ދައުވާ ނުކުރަން ނިންމާފައި އޮއްވާ، ޑައިވަރޝަން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ދެން ހެދޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި އަލުން ދައުވާ ހުށަހަޅަން ބަލާއިރު، ދައުވާކުރަން އޮތް މުއްދަތުގައި ކޯޓަށް މައްސަލަ ހުށަނާޅާތީ، އަލުން ކޯޓަށް ހުށަހަޅުމުގެ ފުރުސަތު ނުލިބޭ ކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. ނަތީޖާއެއްގެ ގޮތުން، ޑައިވަރޝަންގައި ބައިވެރިވުން އެއީ ޤާނޫނީ ނަތީޖާއެއް ނާންނަ ކަމަކަށް ވެގެންދާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

އެކަން ހައްލުކުރުމަށް ޑައިވަރޝަން އެއްބަސްވުމެއް ހެދިއަސް ވެސް، މައްސަލައިގެ ދައުވާ ކޯޓަށް ހުށަހަޅަން އޮންނަ މުއްދަތުގައި ކޯޓަށް ހުށަހެޅުމަށްފަހު، ޑައިވަރޝަން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރާކަން ނުވަތަ ނޫންކަން ބަލަން، އެމުއްދަތުގައި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ބާއްވައި ދިނުމަށް އެދޭނީކަމަށް ވަނީ ލިޔެފައެވެ. އޭރު ގަބޫލުުކުރެވުނު ގޮތުގައި އޭރުން، ދައުވާ ކުރުމުގެ މުއްދަތު ގުނުން ހުއްޓުމަކަށް އަންނާނެއެވެ. އަދި ޑައިވަރޝަންއާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، މައްސަލަ އަނބުރާ ގެންނާނީ ކަމަށާއި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، މައްސަލަ ކުރިއަށްދާނެ ކަމަށާއި އެގޮތަށް އަމަލުކުރުމުން ޑައިވަރޝަންއާ ޚިލާފުވުމުގެ ޤާނޫނީ ނަތީޖާއެއް ވެސް އޮންނާނެ ކަމަށް ބެލެވުނެވެ.

އެހެންނަމަވެސް ޑައިވަރޝަންގެ ކަންކަން ނިމެންދެން މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވުމަކީ ކޯޓުތަކަށް ކުރެއްވޭނެ ކަމެއް ނޫންކަމަށް ކޯޓުތަކުން ފާހަގަކުރިއެވެެ. ޕީޖީ އޮފީހުގެ ގަވާއިދެއް އޮތް ގޮތުން ކޯޓުތަކުގެ އަތް ބަނދެވިގެން ނުވާނެކަމަށް ވެސް ކޯޓުތަކުން ފާހަގަކުރިއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 92 ވަނަ މާއްދާ (ދައުވާ އަނބުރާ ގެނައުން) ގައި އޮތް ގޮތުން، ކޯޓުގައި އޮތް މައްސަލައެއް އަނބުރާ ގެނައުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލަށް އޮވެއެވެ. އެކަމާބެހޭ ޙާލަތުތައް ތަފްޞީލުކޮށްފައި އޮތީ، ޕްރޮސެކިއުޓްކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައެވެ. އެގަވާއިދުގެ 29 ވަނަ މާއްދާގައި، ޑައިވަރޝަންގައި ބައިވެރިކުރުމަށް މައްސަލަ އަނބުރާ ގެންނަ ވާހަކައެއް ނެތެވެ. އެއީ، އެގަވާއިދަކީ 2017 ވަނަ އަހަރުގެ ގަވާއިދަކަށްވާތީ، އޭރު ކުޑަކުދިންގެ ޢަދުލުގެ ޑައިވަރޝަންގެ ވާހަކަ ނެތީމައެވެ.

އަލަށް ގެނެސްފައިވާ އިޞްލާޙަކީ އެބައި ހިމެނުމަށް ގެނެސްފައިވާ އިސްލާހެކެވެ. މިހާރު އެ ގަވާއިދު އޮތް ގޮތުން ކުށުގެ ތުހުމަތުކުރެވޭ ކުއްޖާގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދިރާސާކުރުމަށްފަހު، ޤާނޫނުގައިވާ ގޮތުގެ މަތިން ޑައިވަރޝަން ހިންގަން މަސައްކަތްކުރާނީއެވެ. އަދި އެމަސައްކަތް ކުރަމުން ދަނިކޮށް، ދައުވާކުރުމުގެ މުއްދަތު ހަމަވާނަމަ، މުއްދަތު ހުއްޓުވުމުގެ ގޮތުން ދައުވާ ކުރާނީއެވެ. އެމަރްޙަލާގެ ތެރޭގައިވެސް އެއްބަސްވުން ހަދައި، ޑައިވަރޝަންއަށް ފޮނުވުމާ މެދު ދާނީ ވާހަކަ ދެކެވެމުންނެވެ. މިގޮތަށް ހެދުމުން، ކުއްޖާއަށް ވެސް، އެއްބަސްވުމަށް އައިސް އިޞްލާޙުވުމަށް ބާރުއެޅުމަށް، އެކަމުގައި ގޮތެއް ނިންމުމަށް އެކަށީގެންވާ ވަގުތު ލިބޭނެކަން ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ.

އެ ކުއްޖާއާއެކު އެއްބަސްވުމެއް ހެދިއްޖެނަމަ، މައްސަލަ އަނބުރާ ގެންނާނީ ކަމަށާއި އެއްބަސްނުވެވިއްޖެ ނަމަ، މައްސަލަ ކުރިއަށްދާނެއެވެ. ހަަމައެހެންމެ އެއްބަސްވުމެއް ހަދައި، މައްސަލަ އަނބުރާ ގެނެސްފައި އޮއްވާ، ކުއްޖާ އެއްބަސްވުމާ ކުއްޖާ ޚިލާފުވެއްޖެނަމަ، އެމައްސަލަ އަލުން ކޯޓަށް ހުށަހަޅާނެ ކަން ޕީޖީ ފާހަގަކުރެއްވިއެވެ. އެގޮތުން އެ މައްސަލަ ހުށަހަޅަން ބާރުލިބެނީ ޕްރޮސެކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ގެނައި އިޞްލާޙުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު