Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާގެ އިދިކޮޅު މުޒާހަރާ

ޗައިނާގެ ރައިސް ޝީ އާ ދެކޮޅަށް ފެށި ކެމްޕެއިނެއް އެކި ގައުމުތަކަށް ފުޅާވަނީ

އިދިކޮޅު މުޒާހަރާތައް ވަނީ ޗައިނާގެ އެތައް ޓެރިޓަރީއެއްގެ އިތުރުން ބޭރުގެ އެތައް ގައުމަކަށް ފުޅާވެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2022 | ބުދަ 02:07
ކޮންގްރެސް ޕާޓީ މިއުޒިއަމްއަކުން ފެންނަ ރައީސް ޝީ ޖިންޕިންގގެ ފޮޓޯފުޅެއް ކައިރީ ބަޔަކު ހުއްޓިގެން

ކޮންގްރެސް ޕާޓީ މިއުޒިއަމްއަކުން ފެންނަ ރައީސް ޝީ ޖިންޕިންގގެ ފޮޓޯފުޅެއް ކައިރީ ބަޔަކު ހުއްޓިގެން

ޗައިނާގެ ރައީސް ޝީޖިން ޕިންގ އާ ދެކޮޅަށް އެގައުމުގައި ފެށި ކެމްޕެއިނެއް ފުޅާވަމުން ގޮސް އެހެން ގައުމުތަކަށް ވެސް ފެތުރެން ފަށާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ. ކެމްޕެއިންގެ ޚަބަރުތަކާއި މަންޒަރު އޮންލައިންކޮށް ފަތުރަމުން ގެންދާތީ ސެންސަރު ކުރާ ފަރާތްތަކުން ވަނީ ސަމާލުކަމަށް އައިސް އެތަކެތި ޗައިނާގައި ބޭނުން ކުރާ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނަގާފައެވެ. އެހެންނަމަވެސް ކެމްޕެއިން ހުއްޓުވާލެވިފައެއް ނުވެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ރައީސް ޝީ އާ ދެކޮޅަށް ކެމްޕެއިން ފެށުނީ ސަރުކާރާ ދެކޮޅު ސްލޯގަންތަކެއް ލިޔެފައިވާ ބެނަރއެއް ހިފައިގެން މީހަކު ނުކުމެ ދެކޮޅުވެރިކަން ދެއްކި ހަމައިންނެވެ. އެމީހާގެ ފޮޓޯ އާއި މަންޒަރުތައް ވަގުތުން ބަންދު ކޮށްލާފައި ވީނަމަވެސް އޭނާ ބޭނުންކުރި ބެނަރގައިވާ ލިޔުންތައް ބޭނުންކޮށްގެން އެހެން ގިނަ ބަޔަކުވަނީ މުޒާހަރާ ކުރަން ފަށާފައެވެ. މި ލިޔުންތަކުގައި ވަނީ :

އަހަރުމެން ބޭނުމީ ޕީސީއާރު ޓެސްޓެއް ނޫނެވެ. ކާއެއްޗިއްސެވެ.

އަހަރުމެން ބޭނުމީ މިނިވަންކަމެވެ. ލޮކްޑައުން އެއް ނޫނެވެ.

އަހަރުމެން ބޭނުމީ އިހްތިރާމްއެވެ. ދޮގުތަކެއް ނޫނެވެ. މިފަދަ ސްލޯގަން ތަކެކެވެ.

ބައެއް އިންޓަރނޭޝަނަލް މީޑިޔާ އައުޓްލެޓުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝީ އާ ދެކޮޅަށް އޮންލައިންކޮށް ވެސް ދަނީ މުޒާހަރާ ފުޅާވަމުންނެވެ. އެންމެ ބާރަށް ކެމްޕެއިން ކުރުމުގައި ހަރަކާތްތެރި ވަނީ ވޮއިސް އޮފް ސީއެން ކިޔާ ޗައިނާގެ ރައްޔިތުންތަކެކެވެ. މި ގްރޫޕުން އިންސްޓާގްރާމްގައި ޕޯސްޓުކުރަމުން ދާ ތަކެތީގެ އިތުރުން ޝެންގްހައި، ޝެންޒެން، ގުއަންގ ޒޫ، ބޭޖިންގ، އަދި ހޮންކޮންގުގައި ވަނީ މުޒާހަރާތައް އިންތިޒާމުކޮށްފައެވެ.

ސަރުކާރާ އަދި ރައީސް ޝީ އާ ދެކޮޅަށް ނުކުންނަ ފަރާތްތަކަށް ޗައިނާގެ ޖުޑީޝަރީ އިން ވަރަށް ހަރުކަށި ހުކުމްތައް އިއްވައެވެ. އެހެންކަމުން އެފަދަ މަންޒަރުތަކަކީ ވަރަށް މަދުން ނޫނީ ނުފެނަ މަންޒަރެކެވެ. އެހެން ނަމަވެސް މިހާރު އެވަނީ ދުރުގައި ތިބެ އިންޓަރނެޓު މެދުވެރިކޮށް ކެމްޕެއިން ފަށާފައެވެ. ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިތުވި ދެތިން ހަތަރު ދުވަހު ސޯޝަލް މީޑިޔާގައި ވަކި ޚާއްސަ ލަފުޒުތަކެއް ބޭނުން ކުރުން ވަނީ އިތުރު ވެގެން ގޮސްފައެވެ.

ކޮވިޑް 19 އާ ގުޅިގެން އެޅި، އަދި މިހާރު ވެސް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ވަޅުޖެހިފައިވުމާ އެކު، ކޮމިޔުނިސްޓް ޕާޓީގެ އިސް މެމްބަރުންނާ މެދު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވެމުން ދާތީ އާންމު ރައްޔިތުން ވަނީ ސަރުކާރާ މެދު ވަރަށް ބޮޑަށް ނުރުހުން ވެފައެވެ. އަދި ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. މި ރުޅިވެރިކަމާއި ނަފްރަތު ކުރިން ވެސް އޮތްކަމަށާއި ނަމަވެސް މިހާރު ކުރިޔަށް ދާ ކޮންގްރެސްގައި ޝީ އަށް ތިންވަނަ ދައުރެއް ހަމަޖައްސާ، ކުރިޔަށް އޮތް އިންތިޚާބުގައި ރައީސް ޝީގެ ބާރު އިތުރަށް ގަދަ ކުރާނެކަން ޔަގީން ވާތީ، އެކަން އެގޮތަށް ވުމަށް ނޭދޭ ފަރާތްތަކުން ވަރަށް ބާރަށް އެންޓި ކެމްޕެއިން ފުޅާކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ޚަބަރު ލިބެއެވެ.

ޗައިނާގެ ސަރުކާރާ ދެކޮޅު މުޒާހަރާތައް ދުނިޔޭގެ އެތައް ގައުމެއްގެ ޔުނިވަރސިޓީތަކުގައި ވެސް ދަނީ އޮންލައިންކޮށް ކުރަމުންނެވެ. ބީބީސީ އިން ޚަބަރުދޭ ގޮތުގައި ޗައިނާ ސަރުކާރާ ދެކޮޅު ސްލޯގަންތައް އެމެރިކާ، އިނގިރޭސި ވިލާތް އޮސްޓްރޭލިޔާ އަދި ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ސޯޝަލް މީޑިޔާ މެދުވެރިކޮށް ދަނީ ފަތުރަމުންނެވެ.

ޗައިނާދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު