Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިންގެ ރަށްވެހިން ސާފު ބޯފެނަށް ޖެހުން

ޔޫކްރެއިންގެ ރަށްވެހިން ސާފު ބޯފެނުން މަޚްރޫމުވެފައިވާތާ އެތައް މަހެއް

ފެނަށް އެކަނި، ހަފުތާއަކި 28 އަކަށް ޑޮލަރު ޚަރަދު ކުރަން ޖެހުނު ކަމަށް އެ އަވަށު މީހުން ބުނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2022 | އަންގާރަ 08:53
ފެން ސަޕްލައި ކުރާ ޕައިޕްލައިނަށް ރަޝިއާއިން ހަމަލާ ދީ ގޮއްވާލީ މީގެ މަސްތަކެއް ކުރިން، އޭގެ ފަހުން، ސާފު ބޯފެނުގެ ސަޕްލައިއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި

ފެން ސަޕްލައި ކުރާ ޕައިޕްލައިނަށް ރަޝިއާއިން ހަމަލާ ދީ ގޮއްވާލީ މީގެ މަސްތަކެއް ކުރިން، އޭގެ ފަހުން، ސާފު ބޯފެނުގެ ސަޕްލައިއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި

އެއީ، މި ހިނގާ 21 ވަނަ ޤަރުނުގެ، މި ތަރައްޤީ ޒަމާނުގައި ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ. ނަމަވެސް، ކޮންމެ ފަދަ ގޮތަކަށްވެސް ދިރިއުޅުން ބަދަލު ވެދާނެ ކަމުގެ ސާފު އެއް މިސާލު ފެންނަމުން ދަނީ، އަދިވެސް ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޔޫކްރެއިންގެ މަސްރަހުންނެވެ. އޮކްޓޯބަރު 16 ވީ އާދީއްތަ ދުވަހުގެ ވަގުތެކެވެ. ޔޫކްރެއިންގެ ދެކުނުގެ ސިޓީއެއް ކަމަށް ވާ މިކޮލެއޭވްގެ ރަށްވެހިން، ހުސްވެފައި ވާ ޕްލާސްޓިކް ފެންފުޅިތައް ހިފައިގެން ސަފަކަށް އެތުރި ތިބޭތާ ވަގުތުތަކެއް ހޭދަވެއްޖެއެވެ. ކަމާ ބެހޭ ފަރާތްތަކުން ހޭބޯނާރާ މަސައްކަތް ކުރަމުން ދަނީ، އާންމު ގޭބިސީތަކަށް ސާފު ބޯފެން ފޮދެއް ފޯރުކޮށްދެވޭތޯއެވެ.

ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކާވެސް ބޮޑެތި ގޮންޖެހުންތަކެއް ގިރާ ކުރަމުންދާ މިކޮލެއޭވްގެ ރަށްވެހިން ބުނާ ގޮތުގައި، ސާފު ބޯފެން ފޮދެއް ލިބެނީ މަދު ފަހަރަކުއެވެ.

އިންނާ ހްލޫސްޗެންކޯއަކީ ކާރުޚާނާއެއްގައި ހާޒިރީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އިންނާ ހްލޫސްޗެންކޯ ބުނި ގޮތުގައި، މިކޮލެއޭވްގެ އިރުން އޮންނަ ޗިސެލިއުކާގައި ފެން ސަޕްލައި ކުރާ ޕައިޕްލައިނަށް ރަޝިއާއިން ހަމަލާ ދީ ގޮއްވާލީ މީގެ މަސްތަކެއް ކުރިންނެވެ. އޭގެ ފަހުން، ސާފު ބޯފެނުގެ ސަޕްލައިއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް އޭނާ ބުނެއެވެ.

އިންނާ ހްލޫސްޗެންކޯ ބުނާ ގޮތުގައި، އޭނާގެ އަމިއްލަ ގޭގައި ހުރި އިސްކުރުތަކުން ސާފު ބޯފެން ފޮދެއް ނުލިބޭތާ މިހާރު 5 މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރައްޔިތުންގެ ހިތުގައި އަނދަމުން ދަނީ ނަފުރަތުގެ ގިންޏެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ސޭލްސް މެނޭޖަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ ވަޑީމް އެންޓޮނީޔުކް ސިފަ ކުރި ގޮތުގައި، މަދަނީ ފަރުދުންގެ ސަޕްލައިއަށް އަމާޒުކޮށް ހަމަލާދީ، އެ ސުންނާފަތި ކުރުމަކީ "ހަނގުރާމައިގެ ޖަރީމާ" އެކެވެ.

މިކޮލެއޭވްގެ ރަށްވެހިންނަށް އާދީއްތަ ދުވަހު ސަޕްލައިކޮށްދިން ފެން ނަގާފައި ވަނީ ޓްރޯލީބަސް އޮޕަރޭޓް ކުރާ ކުންފުންޏެއްގެ ގުދަނެއްގައި ހުރި ފެންވަޅަކުން ކަމަށް، ޓްރޯލީބަސް ޑްރައިވަރު ވްލޮޑޮމީރް ކޮވްޓުޔުކް ވަނީ ބުނެފައެވެ. ފާއިތުވީ 4 މަހެއްހާ ދުވަހަށް ބަލާއިރު، ކޮންމެ ދުވަހަކީވެސް އާންމު ރައްޔިތުންނަށް ފެން އުފުލައި ދިނުމުގެ މަސައްކަތުގައި ކޮވްޓުޔުކް ހޭދަ ކުރި ދުވަހެއް ކަމަށް އޭނާ ބުނެއެވެ.

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންގެ އަމުރުފުޅަކަށް، އެ ޤައުމުގެ އަސްކަރިއްޔާއިން "ހާއްސަ އޮޕަރޭޝަނެއް"ގެ ނަމުގައި ފެބުރިއަރީ 24 ވަނަ ދުވަހު ޔޫކްރެއިންއަށް އަރާ، ފެށި ވަރުގަދަ ހަނގުރާމާގައި، ޔޫކްރެއިންގެ ޢުމްރާނީ ބިނާވެއްޓާއި ދަނޑުވެރިކަމުގެ ސިނާއަތަކަށް ހަމަލާ އަމާޒު ކުރަމުން ދާ ކަމަށް، ޔޫކްރެއިންގެ ސަރުކާރުން ސިލްސިލާ ގޮތެއްގައި ތުހުމަތު ކުރެއެވެ. 

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު