Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖު

މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖަކީ ބެޑްމިންޓަންގެ ކުރިމަގަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއް: މަހްލޫފް

މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 10 ބައިނަލްއަގްވާމީ މުބާރާތް ރާއްޖޭގައި ބޭއްވޭނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 17 އޮކްޓޯބަރު 2022 | ހޯމަ 16:05
މިނިސްޓަރ މަހްލޫފް

މިނިސްޓަރ މަހްލޫފް

މާދަމާ ފަށާ މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް 2022 އަކީ ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މުބާރާތާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ މި މުބާރާތުގައި، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މޮޅެތި ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިން ވާދަކުރަން ފުރުސަތު ލިބުމަކީ ކުރިމަގުގައި ބެޑްމިންޓަން ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހުރިހާ ކުޅުންތެރިންވެސް ހިފާ، މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށް މަސައްކަތްކުރުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ކުރިއަށް އޮތްތަނުގައި ވެސް މިނިސްޓްރީގެ ފަރާތުން ބެޑްމިންޓަން އެސޯސިއޭޝަނަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަން ފާހަގަކޮށް މިނިސްޓަރ ވަނީ މިއީ މިއަހަރު ރާއްޖޭގައި ބޭއްވޭ ހަތްވަނަ ބައިނަލްއަގްވާމީ މުބާރާތްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 10 ބައިނަލްއަގްވާމީ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާދަމާ ފަށާ މި މުބާރާތުގައި 25 ގައުމަކުން 200ށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާނެއެވެ. ރާއްޖެއިން މިފަހަރުގެ މުބާރާތަށް ނުކުންނަނީ މުބާރާތުގައި ގިނަ މެޑަލްތަކެއް ހޯދުމަށް އަމާޒުކޮށްގެންނެވެ. ރާއްޖޭގެ 30 ކުޅުންތެރިން ބައިވެރިވާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 23ގެ ނިޔަލަށެވެ.

އަހުމަދު މަހުލޫފުބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
03 ޑިސެމްބަރު 2025

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު
03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު