Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑެނީ އަލްވޭޒް

އަލްވޭޒް ޔުވަންޓަސް ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

ޔުވަންޓަސް ދޫކޮށްލުމަށްފަހު ޑެނީ އަލްވޭޒް ބަދަލުވާނީ މެންޗެސްޓާ ސިޓީއަށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 ޖޫން 2017 | ބުރާސްފަތި 05:14
ޔުވަންޓަސް ކުޅެމުން އައި ޑެނީ އަލްވޭޒް

ޔުވަންޓަސް ކުޅެމުން އައި ޑެނީ އަލްވޭޒް

ޔުވަންޓަސް އަށް ކުޅެމުން އަންނަ ޑެނީ އަލްވޭޒް އެ ކްލަބް ދޫކޮށްލިންކަން ޔުވަންޓަސްގެ ސީއީއޯ ގުއިސެޕް މޮރާޓާ ކަށަވަރުކޮށްދެއްވައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޮރާޓާ ވިދާޅުވީ، ޑެނީ އަލްވޭޒް ބޭނުންވަނީ ތަފާތު ތަޖުރިބާއެއް ކުރަން ކަމަށާއި، އެގޮތުން ޔުވަންޓަސް އާއި އޭނާއާ ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ގޯލްޑޮޓްކޮމް އިން ބުނި ގޮތުގައި ޑެނީ އަލްވޭޒް ވަނީ މެންޗެސްޓާ ސިޓީއާ އަށް ބަދަލުވާން ނިންމާފައެވެ. އެގޮތުން އޭނާ އެ ކްލަބަށް ބަދަލު ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމަކާ އެކު ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އުމުރުން 34 އަހަރުގެ އަލްވޭޒް ހޯދުމަށް ސިޓީން ފަސް މިލިއަން ޕައުންޑު ހުށަހަޅާފައިވާ ކަމަށާއި، އޭނާގެ ޓްރާންސްފާގެ ކަންތައްތައް ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި ސިޓީން ހާމަކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލްވޭޒް ހޯދުމަށް ސިޓީގެ އިތުރުން ޗެލްސީން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާއަކީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ޕްރިމިއާ ލީގަށް ބަދަލުވާން ބޭނުންވާކަން މީގެ ކުރިން ޑެނީ އަލްވޭޒް ވަނީ ބުނެފައެވެ.

އަލްވޭޒް ވަނީ ބާސާ ދޫކޮށްލުމަށް ފަހު ބާސާ އަށް ބަދަލުވެ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި އެޓީމަށް ލީގު ތަށި އަދި އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް އެޓީމު ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ސެވިއްޔާ އިން 2008 ވަނަ އަހަރު ބާސާ އަށް ބަދަލުވި މިހާރު އުމުރުން 33 އަހަރުގެ ޑެނީ އަލްވޭޒް ވަނީ އެޓީމުގައި ހޭދަކުރި އަށް ސީޒަނުގައި ކުޅުނު 391 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ސްޕެނިޝް ލަލީގާ ހަ ފަހަރު، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، ތިން ޔުއެފާ ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕާ ކަޕް އަދި ތިން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު ކާމިޔާބުކޮށްފައިވާ އަލްވޭޒް ޔުވަންޓަސް އަށް ބަދަލުވީ މިދިޔަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 32 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު