Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ފެށިއްޖެ

ކޮންގްރެސްގައި ދެހާހަށް ވުރެގިނަ މަންދޫބުން ބައިވެރިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 އޮކްޓޯބަރު 2022 | އާދީއްތަ 07:36
ރައީސް ޝީ ޖިންޕިންގ ކޮންގްރެސް އާ މުޚާތަބުކުރައްވަނީ

ރައީސް ޝީ ޖިންޕިންގ ކޮންގްރެސް އާ މުޚާތަބުކުރައްވަނީ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް އާދީއްތަ ދުވަހު ފަށައިފިއެވެ.

ކޮންގްރެސް ހުޅުވުމުގެ އިހްތިފާލުގައި ބައިވެރިންނާއި މުހާތަބު ކުރައްވާ ރައީސް ޝީޖިންޕިންގ ދެއްކެވި ވާހަކަފުޅުގައިވަނީ ކޮވިޑް 19 މައިތިރި ކުރުމަށް ހިންގި ޒީރޯ ކޮވިޑް ޕޮލިސީ ކާމިޔާބު ކަމަށާއި، ހޮންގކޮންގގައި ކުރިޔަށް ދިޔަ ހަމަނުޖެހުން ވެސް ނިމުމަކަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޝީ ވަނީ ޓައިވާން އަނބުރާ އަތުލުމަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ ކުރައްވާނެ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

ހަފްތާއަކަށް ދެމިގެންދާނެ މި ކޮންގްރެސް އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އެންމެ މުހިންމު ސިޔާސީ ހަރަކާތެވެ. މިފަހަރުގެ ކޮންގްރެސްގައި ނިންމާނެ ކަމަށް ބެލެވޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ރައީސް ޝީ ޖިންޕިންގ އަށް ރިޔާސީ ތިންވަނަ ދައުރެއް ހަމަޖެހިގެން ދިއުން ހިމެނެއެވެ. އޭރުން ޝީ ވެގެން ދާނީ ޕާޓީގެ ފައުންޑަރު މާއޯ ޒޭޑުންގ އަށް ފަހު ޗައިނާގައި އެންމެ ބާރުގަދަ ސިޔާސީ ލީޑަރަށެވެ.

ކޮންގްރެސް ހުޅުވުމުގެ އިހްތިފާލްގައި ދެއްވި ދިގު ތަގްރީރުގައި ޝީ ޖިންޕިންގ ވަނީ ފާއިތުވި ފަސް އަހަރު އެގައުމުން ހާސިލު ކުރި ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ގައުމަށް ޒަމާނީ ބަދަލުތައް ގެނެސް އިތުރަށް ހަރަކާތްތެރި ކުރުމަށް ޕާޓީ އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަޝްހޫރު ޓިއަނަންމަން މައިދާނާ ޖެހިގެން ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ކުރިޔަށް ދާ ކޮންގްރެސްގައި ދެހާހަށް ވުރެގިނަ މަންދޫބުން ބައިވެރިވެއެވެ.  

ޗައިނާދުނިޔެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު