Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިންވެރިޔާ އަދި ގެދޮރުވެރިޔާ

ގޯއްޗާއި ފްލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

16 އޮކްޓޯބަރު 2022 | އާދީއްތަ 01:56

3 މަސް ތެރޭގައި ފޯމުތައް ވެރިފައި ކުރުމާއި ޕްރޮސެސްކޮށް ނިންމާލެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 އޮކްޓޯބަރު 2022 | އާދީއްތަ 01:56
ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ހިންގާ ބިންވެރިޔާ ސްކީމާއި ފްލެޓަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީއިރު 35،861 ފޯމު ހުށަހަޅައިފިއެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމާއި، މާލޭ ރައްޔިތުންނާއި މާލޭގައި 15 އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވާ ފަރާތްތަކަށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި 4000 ފުލެޓަށް އެދުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ރޭގަނޑު 11:59ށް ވަނީ ހަމަވެފައެވެ.

ސުންގަޑި ހަމަވުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ދުނިޔޭގެ 64 ގައުމެއްގައި ތިބި ދިވެހިން ފޯމު ހުށަހަޅާފައިވާކަމަށެވެ.

މީގެ ތެރެއިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 2 ކޮޓަރީގެ ފްލެޓުތަކަށް އެދި ކުރިމަތިލާފައިވަނީ 6،208 މީހުން ކަމަށެވެ. އަދި 3 ކޮޓަރީގެ ފްލެޓުތަކަށް އެދި 14،489 މީހުން ކުރިމަތިލާފައިވާކަމަށް އާރިފް ވިދާޅުވިއެވެ. އަދި ބިންވެރިޔާ ސްކީމަށް 15،164 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

އާރިފް ވިދާޅުވީ ޕޯޓަލްއަށް ފޯމު ހުށަހަޅާ ވަގުތުން ފެށިގެން އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ދެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްއޮތް 3 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އާރިފް ވަނީ މި މަސައްކަތްތައް ކުރިއަށްގެންދާނީ ރައްޔިތުންގެ އިތުބާރު ލިބޭނެ ފަދަ ގޮތަކަށްކަން ފާހަގަކުރައްވާފައެވެ.

މާލެއިން ގޯތި ނުދޭތާ އެތަކެއް އަހަރުވެފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބިން ދޫކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެގޮތުން ހުޅުމާލެއިން 1000 ގޯތި، އަދި ގުޅީފަޅުން 2000 ގޯތި މިބުރުގައި ދޭނެއެވެ. ޖުމްލަ 5000 ގޯތި ދެއްވާނެކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގޯތި ގެދޮރު

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
21 ޑިސެމްބަރު 2024

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!
19 ޑިސެމްބަރު 2024

ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރަން ޖެހޭނެ، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނަން: އެމްޑީޕީ

19 ޑިސެމްބަރު 2024
ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރަން ޖެހޭނެ، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނަން: އެމްޑީޕީ
19 ޑިސެމްބަރު 2024

ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަށް އުނިކަން ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރު ދީފި

19 ޑިސެމްބަރު 2024
ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަށް އުނިކަން ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރު ދީފި
18 ޑިސެމްބަރު 2024

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
31 އޮކްޓޯބަރު 2024

ބަންޑާރަ ނައިބު ވާނުވާގައި ހުއްޓާ ހިކިފަސް ތަނުން ލިބުނު ގޯތި އެ ވެއްޓުނީ ފުން ވިލުގެ ތެރެއަށް!

31 އޮކްޓޯބަރު 2024
ބަންޑާރަ ނައިބު ވާނުވާގައި ހުއްޓާ ހިކިފަސް ތަނުން ލިބުނު ގޯތި އެ ވެއްޓުނީ ފުން ވިލުގެ ތެރެއަށް!
13 އޮކްޓޯބަރު 2024

އިނގޭ އެއްޗަކީ ފްލެޓް ލިސްޓާ ގުޅޭ ކަންކަމުގައި އަޑި ނޭނގޭ އެތައް ކަމެއް ފަރުދާގެ އަނެއް ފަރާތުގައި ހިނގަމުންދާ ކަމެވެ

13 އޮކްޓޯބަރު 2024
އިނގޭ އެއްޗަކީ ފްލެޓް ލިސްޓާ ގުޅޭ ކަންކަމުގައި އަޑި ނޭނގޭ އެތައް ކަމެއް ފަރުދާގެ އަނެއް ފަރާތުގައި ހިނގަމުންދާ ކަމެވެ
17 މެއި 2024

ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް

17 މެއި 2024
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
09 މެއި 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
03 މެއި 2024

ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި

03 މެއި 2024
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް