Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ސިޓީ ހުއްޓުވަން ލިވަޕޫލުން މަސައްކަތްކުރާނެ ގޮތް ކްލޮޕް ބުނެދީފި

15 އޮކްޓޯބަރު 2022 | ހޮނިހިރު 03:32

ކްލޮޕް ބުނީ ސިޓީއާ ދެކޮޅަށް ނުކުތުމަކީ އަބަދުވެސް ޗެލެންޖެއްކަމަށާއި، ސިޓީއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުލަބުކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޮކްޓޯބަރު 2022 | ހޮނިހިރު 03:32
ކްލޮޕްއާއި ގާޑިއޯލާ

ކްލޮޕްއާއި ގާޑިއޯލާ

އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނައިރު، ލިވަޕޫލުން ސިޓީ ހުއްޓުވަން މަސައްކަތްކުރާނެ ގޮތް، އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެދީފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ކްލޮޕް ބުނީ އޭނާ މެޗަށް ތައްޔާރުވަމުން އަންނަ ކަމަށާއި، މިއީ ފުޓުބޯޅައިގައި ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖުކަމަށެވެ. އަދި ފުޓުބޯޅައަކީ ކުޅުންތެރިންނަށް ޕްރެޝަރު ކުރިމަތިވެގެން ކުރިއަށްދާ ކުޅިވަރެއް ކަމަށެވެ. އޭނާ ބުނީ، ސިޓީއާ ދެކޮޅަށް ނުކުތުމަކީ އަބަދުވެސް ޗެލެންޖެއް ކަމަށާއި، ސިޓީއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުލަބުކަމަށެވެ.

އޭނާ ބުނީ، ސިޓީއާ ދެކޮޅަށް އަބަދުވެސް ލިވަޕޫލުން ނުކުންނަނީ ވިސްނުންތެރިކަމާއެކު ކަމަށެވެ. މެޗުގައި ލިވަޕޫލްގެ ޑިފެންސް ވަރުގަދަކޮށް ފެންނަން ޖެހޭނެކަމަށާއި، ހުރިހާ ވަގުތަކު ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ބޯޅަ ޕާސްކޮށް، ހަލުއިވާން ޖެހޭނެކަމަށް ކްލޮޕް ވަނީ ބުނެފައެވެ. އޭނާ ބުނީ، ލިވަޕޫލުން އެންމެ ފަހުން ރޭންޖަރސްއާ ދެކޮޅަށް ކުޅުނީ ރަނގަޅު ގޭމެއްކަމަށާއި، އެ މެޗުގައި އެލިއޮޓްއާއި ފަބިއޯ ވަރަށް ރަނގަޅަށް ހަލުވިކަމާއެކު ކުޅުނުކަމަށެވެ.

ކްލޮޕް ބުނީ، ސިޓީއާ ދެކޮޅަށްވެސް ޖެހޭނީ އެ ކުޅުން ދައްކަން ކަމަށެވެ. ބޯޅަ ޕާސްކޮށް، އިދިކޮޅުގެ ޑިފެންސަށް ނުރައްކާކުރަން ޖެހޭނެކަމަށެވެ. އޭނާ ބުނީ ބައެއް ފަހަރު ހަނދާން ނެތޭ ކަމެއްވެސް އޮންނަކަމަށެވެ. އެއީ ސިޓީގެ ފަރާތުން އުނދަގޫ ކުރިމަތިވެދާނެކަމެވެ. އޭނާ ބުނީ އެކަމަށް ސަމާލުކަންދީގެން، އެކަން ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށެވެ.

ލީގުގައި ސިޓީ އޮތީ ކުޅުނު ނުވަ މެޗުން 23 ޕޮއިންޓު ހޯދައިގެން ތާވަލްގެ ދެ ވަނަ މަގާމުގައެވެ. އެއްވަނާގައި، ސިޓީއަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން އޮތީ އާސެނަލްއެވެ. ލިވަޕޫލް އޮތީ އަށް މެޗުން 10 ޕޮއިންޓާއެކު، 11 ވަަނައިގައެވެ.

ޕްރިމިއަރ ލީގުލިވަޕޫލްމެންޗެސްޓަރ ސިޓީޔާގެން ކްލޮޕް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް