Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިވާ ޕްލޭޓް

ރިވާ ޕްލޭޓްގެ ކޯޗުކަން ގަލާޑޯ ދޫކޮށްލަނީ

ގަލާޑޯ އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމީ އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޮކްޓޯބަރު 2022 | ހޮނިހިރު 02:49
ގަލާޑޯ

ގަލާޑޯ

އާޖެންޓީނާގެ ރިވާ ޕްލޭޓްގެ ކޯޗުކަން ދޫކޮށްލަން މާސެލޯ ގަލާޑޯ ނިންމައިފިއެވެ.

ގަލާޑޯ އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމީ އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަަމަވުމުންނެވެ. އަށް އަހަރު ދުވަހު އެ ޓީމަށް އިރުޝާދު ދިނުމަށްފަހު ގަލާޑޯ ނިންމީ އެއްބަސްވުން އައު ނުކުރުމަށެވެ. އެ އެއްބަސްވުން ހަމަވާނީ މިއަހަރުގެ ޑިސެމްބަރު މަހުއެވެ.

ފްރާންސް ލީގުގައި މޮނާކޯއާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށްވެސް ކުޅެފައިވާ ގަލާޑޯ ކޯޗިންގ ކެރިއަރު ފެށީ 2011 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އޭނާ އިރުޝާދުދިނީ އުރުގުއޭގެ ނަސިއޮނާލަށެވެ. ތިން އަހަރު ދުވަހު އެ ޓީމަށް އިރުޝާދު ދިނުމަށްފަހު، ގަލާޑޯ ރިވާ ޕްލޭޓާ ހަވާލުވީ 2014 ވަނަ އަހަރުއެވެ.

ކުލަބު ދޫކޮށްލާކަން ހާމަކޮށް ގަލާޑޯ ބުނީ، އޭނާގެ ނިންމުން މިހާރު ކުލަބުގެ އިސްވެރިންނަށް އަންގާފައިވާނެ ކަމަށެވެ. އެ ނިންމުމަކީ އޭނާގެ ހަޔާތުގައިވެސް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުންކަމަށެވެ. ރިވާ ޕްލޭޓްގެ ކޯޗުކަން ދޫކޮށްލުމަށްފަހު ދެން ކުރިމަގުގައި އޭނާ ފެންނާނެ ޓީމެއް ގަލާޑޯ ބުނެފައެއް ނުވެއެވެ.

ގަލާޑޯގެ އިރުޝާދުގެ ދަށުން ރިވާ ޕްލޭޓް ވަނީ 422 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 227 މެޗުން މޮޅުވެ، 84 މެޗުން ބަލިވެފައެވެ. 111 މެޗަކުން ވަނީ އެއްވަރުވެފައެވެ. ރިވާ ޕްލޭޓާއެކު ގަލާޑޯ ވަނީ ގިނަ ކާމިޔާބީ ތަކެއްވެސް ހޯދާފައެވެ. އެ ޓީމާއެކު އޭނާ ވަނީ ޖުމުލަ 14 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ޕްރިމެރާ ޑިވިޝަނާއި، ކޮޕާ އާޖެންޓީނާއާއި ސުޕަރ ކޮޕާ އާޖެންޓީނާ ހިމެނެއެވެ.

ރިވާ ޕްލޭޓްގަލާޑޯ

އިތުރަށް ކިޔާލަން

04 ޖޫން 2023

ސްޓޭޑިއަމް ތެރޭގައި ސަޕޯޓަރެއް މަރުވުމުން ރިވާ ޕްލޭޓް މެޗު ހުއްޓާލައިފި

04 ޖޫން 2023
ސްޓޭޑިއަމް ތެރޭގައި ސަޕޯޓަރެއް މަރުވުމުން ރިވާ ޕްލޭޓް މެޗު ހުއްޓާލައިފި
08 ޖޫން 2017

ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ

08 ޖޫން 2017
ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ
06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
03 ޖޫން 2017

ރިވާސް ބާބާ އަދި ޝިގަރކޯން އިން މެޗްތައް ކާމިޔާބުކޮށްފި

03 ޖޫން 2017
ރިވާސް ބާބާ އަދި ޝިގަރކޯން އިން މެޗްތައް ކާމިޔާބުކޮށްފި
30 މެއި 2017

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

30 މެއި 2017
ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި
20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
02 މެއި 2017

ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!

02 މެއި 2017
ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!
02 މެއި 2017

މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!

02 މެއި 2017
މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
08 އެޕްރީލު 2017

ގަލާޑޯގެ ލަނޑުން ނިއު އިން ވެލެންސިއާގެ ހިތް ކުދިކުދި ކޮށްލައިފި

08 އެޕްރީލު 2017
ގަލާޑޯގެ ލަނޑުން ނިއު އިން ވެލެންސިއާގެ ހިތް ކުދިކުދި ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު