Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވަލް

ރިވާސް ބާބާ އަދި ޝިގަރކޯން އިން މެޗްތައް ކާމިޔާބުކޮށްފި

އަކުންބަކުންނާއި ވާދަކޮށް ރިވާސް ބާބާ އިން މެޗް ކާމިޔާބުކުރީ 4 ވިކެޓުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 3 ޖޫން 2017 | ހޮނިހިރު 19:54
ރަމަޟާން ކްރިކެޓް ކާނިވަލްގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 15 ވަނަ ރަމަޟާން ކްރިކެޓް ކާނިވާގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަށް ރިވާސް ބާބާ އާއި ޝުގާރކޯން އިން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު މި ކާނިވާލްގައި ކުޅެފައިވަނީ އޯޕަންޓޭޕްބޯލް ބައިގެ ދެމެޗެވެ. ފުރަތަމަ މެވުގައި އަކުންބަކުންނާއި ވާދަކޮށް ރިވާސް ބާބާ އިން މެޗް ކާމިޔާބުކުރީ 4 ވިކެޓުންނެވެ. މެޗުގައި ފުރަތަމަ ކުޅެންއަރާފައިވަނީ އަކުންބަކުން ޓީމެވެ. 8 އޯވަރުގެ ތެރޭގައި އެޓީމަށް ހެދިފައިވަނީ 92 ލަނޑެވެ. އަދި އެޓީމުން ވަނީ 5 ވިކެޓް ނަގާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު ސާއިސް މުހަންމަދު ވަނީ 30 ލަނޑު ހަދާފައެވެ. ޖަވާބުގައި ރިވާސް ބާބާއިން ކުޅެންއަރާ އެޓީމުން ވަނީ 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެތިން ނުބައިވެގެން 95 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު މުހަންމަދު ނަޒީހު ވަނީ ނުބައިނުވެ 22 ލަނޑު ހަދާފައެވެ.

ދެވަނަ މެޗުގައި މޯޑަސް އޮޕަރެންޑީގެ މައްޗަށް ސުގާރކޯން އިން ކުރިހޯދާފައި ވަނީ 3 ވިކެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗުގައި ފުރަތަމަ ކުޅެން އަރާފައިވަނީ މޯޑަސް އޮޕަރެންޑީއެވެ. އެޓީމަށް 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 64 ލަނޑެވެ. ޖަވާބުގައި ސުގާރކޯން އިން ކުޅެން އަރާ އެޓީމުން ވަނީ 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 65 ލަނޑު ހަދާފައެވެ.

މި ކާނިވަލްގައި އާދިއްތަ ދުވަހުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އޯޕަން ޓޭޕްބޯލްގެ ދެމެޗެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެރިކޯނާ އާއި ލެޒާރ ކާރގޯއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްއާރުޑީސީ އާއި ވަންއޯވަންއެވެ. ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުތަކުގެ ކުޅުން ފަށާނީ 16:05 ގަ އެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި
09 އެޕްރީލު 2017

ޗައިނީޒް ގްރޭންޑް ޕްރިކްސް ހެމިލްޓަން ކާމިޔާބުކޮށްފި

09 އެޕްރީލު 2017
ޗައިނީޒް ގްރޭންޑް ޕްރިކްސް ހެމިލްޓަން ކާމިޔާބުކޮށްފި
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
30 މާރިޗު 2017

ތުރުކުމެނިސްތާން ބަލިކޮށް އޭވީސީ މުބާރާތް ކިރިގިސްތާނުން ކާމިޔާބުކޮށްފި

30 މާރިޗު 2017
ތުރުކުމެނިސްތާން ބަލިކޮށް އޭވީސީ މުބާރާތް ކިރިގިސްތާނުން ކާމިޔާބުކޮށްފި
19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު