Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތަކަކީ ރާއްޖެއާ ނުގުޅޭ ގޮތަށް މާ އަގު ބޮޑުކޮށް ހިންގާފައިވާ މަޝްރޫއެއް: ވާރލްޑް ބޭންކް

ލޮބީ އޭރިއާ ބޮޑު ކުރުމަށް އެޗްޑީސީން އިތުރު ޚަރަދުކުރަން ޖެހުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 އޮކްޓޯބަރު 2022 | ހުކުރު 16:10
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަކީ ރާއްޖެއާ ނުގުޅޭ ގޮތަށް މާ އަގު ބޮޑުކޮށް ހިންގާފައިވާ މަޝްރޫއެއް ކަމަށް ވާރލްޑް ބޭންކުން ބުނެފިއެވެ.

ވާރލްޑް ބޭންކުން މި މަހު ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން ގިނަ އަދަދެއްގެ މީހުން ފްލެޓަށް ކުލި ނުދައްކައެވެ. އަދި މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް ހިޔާ ފްލެޓުގައި 6،338 އާއިލާ ދިރިއުޅެން ފަށާފައިވާއިރު އޭގެ ތެރެއިން 2،345 ތަނުން ކުލި ނުދައްކާ ކަަމަށް ވެސް ވަނީ ބުނެފައެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ސަރުކާރުން ދޫކޮށްފައިވާ އެކި ސޯޝަލް ހައުސިން ޔުނިޓުތަކުން ވެސް 800 އަށް ވުރެ ގިނަ މީހުން ކުލި ނުދައްކާކަން ވަނީ ފާހަގަކޮށްފައެވެ.

އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކުލި ދައްކަން އިތުރު ފުރުސަތު ދިނަސް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބޭކަން ފާހަގަކޮށް ވާރލްޑް ބޭންކުން ބުނީ އެ މީހުން އަތުން ފްލެޓް އަތުލުމުގެ ބާރު އެޗްޑީސީއަށް އޮންނަ ކަމަށެވެ. ނަމަވެސް އެއްވެސް ބައެއްގެ އަތުން ފްލެޓެއް އަތުލަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ 25 ބުރީގެ އުސް އިމާރާތްތަކަކީ ދިވެހިން އާންމުކޮށް ދިރިއުޅެމުން އަންނަ ފަދަ ތަންތަން ނޫން ކަމަށް ވެސް ވާރލްޑް ބޭންކުން ބުންޏެވެ. އަދި ކޮންމެ ޓަވަރެއްގައި ކުޑަ ހަތަރު ލިފްޓު ހުންނައިރު ބާރު ބޮޑުވާ ގަޑިތަކުގައި އެތަން ތޮއްޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ލޮބީ އޭރިއާ ބޮޑު ކުރުމަށް އެޗްޑީސީން އިތުރު ޚަރަދުކުރަން ޖެހުނުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ހިޔާ މަޝްރޫއު ހިންގަން ޖުމްލަ 10.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އެ އަދަދަކީ ހިޔާ މަޝްރޫއާ އަޅާބަލާއިރު ބޮޑު އަގެއް ކަމަށް ރިޕޯޓުގައިވެއެވެ. ހިޔާ ފްލެޓް މަޝްރޫއުގެ ޑިޒައިން އާއި ހިންގަން ރާވާފައިވާ ގޮތަކީ ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަ ވައްޓަފާޅިއާ ނުގުޅޭ ގޮތްތަކެއް ކަމަށާއި އެތަންތަން ނުނިންމާ ދިނުމުގެ ސަބަބުން އެތަންތަނަށް ވަންނަން ޖެހުނު ރައްޔިތުންނަށްވެސް ބުރަ ބޮޑުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ހިޔާ ފްލެޓްވޯލްޑް ބޭންކްއެޗްޑީސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
01 ޑިސެމްބަރު 2025

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

01 ޑިސެމްބަރު 2025
މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް
29 ނޮވެމްބަރު 2025

ރާއްޖެ ގެނައި ފޭކް ޕްރިންސް ގޮތަށް، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަކީ ވެސް ސްކޭމް އެއްތޯ؟

29 ނޮވެމްބަރު 2025
ރާއްޖެ ގެނައި ފޭކް ޕްރިންސް ގޮތަށް، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަކީ ވެސް ސްކޭމް އެއްތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު