Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ޔޫރަޕްގެ ހާލަތު

ޔޫރަޕަށް ކޮވިޑް-19ގެ އައު ރާޅެއް އެރުން ގާތްކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފި

ޔޫރަޕްގައި ފާއިތުވި ހަފުތާގައި ކޮވިޑްގެ ކޭސްތައް ފެނިފައިވާ މިންވަރު ވަނީ އޭގެކުރީ ހަފުތާ އާ އަޅާބަލާއިރު 8 އިންސައްތަ އިތުރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 އޮކްޓޯބަރު 2022 | ހުކުރު 02:25
ޔޫރަޕް ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އަންނަނީ އިތުރުވަމުން

ޔޫރަޕް ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އަންނަނީ އިތުރުވަމުން

ޔޫރަޕްގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފަށާފައިވާއިރު އެސަރަހައްދަށް ކޮވިޑްގެ އައު ރާޅެއް އެރުން ކައިރިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ޔޫރަޕިއަން ސެންޓަރ ފޮރ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ)ން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯ އިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ހާން ކްލޫގް އަދި އީސީޑީސީގެ ޑިރެކްޓަރު އެންޑްރޫ އައްމުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ މީގެ އަހަރެއްހާ ދުވަސްކުރިން ކޮވިޑް-19ގެ ހާލަތު އޮތް މިންވަރަށްވުރެ ރަނގަޅު ހިސާބެއްގައި އޮތް ނަމަވެސް ކޮވިޑް-19 ޕެންޑަމިކް ނިމުމަކަށް ނާންނަކަން އެއީ ސާފުކޮށް އެނގޭކަމެއްކަމަށެވެ. އަދި މިހާރު ޔޫރަޕްގައި ކޭސްތައް އިތުރުވަމުން އަންނަކަމަށާއި މިއީ އައު ރާޅެއްގެ ފެށުންކަމަށް ބެލެވޭކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޔޫރަޕްގައި ފާއިތުވި ހަފުތާގައި ކޮވިޑްގެ ކޭސްތައް ފެނިފައިވާ މިންވަރު ވަނީ އޭގެކުރީ ހަފުތާ އާ އަޅާބަލާއިރު 8 އިންސައްތަ އިތުރުވެފައެވެ.

ސިއްހީ މާހިރުން ވަނީ ލިބެން ހުރި ވެކްސިންތަކާއި ވެކްސިން އާ ގުޅޭގޮތުން ލިބޭ މައުލޫމާތުތަކާއި ގުޅިގެން މީހުން ބޫސްޓަރ ޑޯޒް ޖަހާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓި ވެކްސިން ނުޖަހާ މީހުން އެގޮތުގައި ތިބޭނެކަމުގެ އިންޒާރު ދީފައެވެ.

ޑަބްލިޔުއެޗްއޯ އާއި އީސީޑީސީން ވަނީ ވެކްސިން ނުޖަހާ ތިބި މީހުން ކޮވިޑް-19ގެ އިތުރުން އިންފްލުއެންޒާއަށް ވެސް ވެކްސިން ޖެހުމަށް އިރުޝާދު ދީފައެވެ.

ކޮވިޑް-19ޔޫރަޕް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު