Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުން

ކާރިސާތަކުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރޭ: މާރިޔާ

ކާރިސާތަކުގެ ސަބަބުން ރައްޔިތުންނަށްވެސް އެތައް ތަކުލީފެއް އުފުލަންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 08:42
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ

ގުދުރަތީ ކާރިސާތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖޭގެ އިގްތިސާދީ ލޭނާރަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. މިދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރުމަށްޓަކައި މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "އެންމެންނަށް ދުރާލާ އިންޒާރު ދިނުން، އަވަސް ފިޔަވަޅު އެޅުން" މިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ބިންތިރި، ޤުދުރަތީ އަދި ވެށީގެ މަދު ވަސީލަތްތަކެއްގެ މައްޗަށް އިޤްތިޞާދު ބިނާވެފައިވާ ޤައުމެއް ކަމަށެވެ. ދިވެހިންގެ ދިރިއުޅުން ބިނާވެފައިވަނީ ކަނޑުފަޅުންނާއި ވަށައިގެންވާ ވެށިން ލިބޭ މަންފާއަށް ކަމަށްވާއިރު، މަސްވެރިކަމާއި، ފަތުރުވެރިކަމަކީ ކާރިސާތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އިގްތިސާދީ ލޭނާރުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ދެ ހަރަކާތައް ހުއްޓުމެއް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ އިގްތިސާދަށް ނިކަމެތިކަން ލިބޭ ކަމަށާއި، އެހެންކަމުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، ދުރާލާ ކާރިސާތަކަށް ތައްޔާރުކަން އިތުރުކުރެވިގެން މެނުވީ ވިލުންވެރި މުޖުތަމައަކަށް ވާސިލެއް ނުވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މޫސުމީ ބަދަލާއި ގުޅިގެން ރާއްޖެ ކަހަލަ ބިންތިރި، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ކާރިސާތަކަކީ އެކަމުގެ ނުރައްކާ އިންތިހާއަށް އޮތް އަދި އެކަމުން ރައްކާތެރިވުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބޯކޮށް ވާރޭ ވެހުމާއި، އުދައެރުމުން ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތަކުން ލިބޭ ގެއްލުމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ މަސައްކަތްތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވެ، ހާލުގައި ޖެހި އަސާސީ ޚިދުމަތްތަކަށް ބުރޫއަރާ ހިސާބަށް ދާ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނެކަމީ ޤަބޫލު ކުރަންޖެހޭ ހަޤީގަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ އެޕްރީލް މަހާއި ހަމައަށް އެކިއެކި އަރައްކާތަކަށް ދުރާލާ އިންޒާރު ފޯރުކޮށްދެވޭ ނިޒާމުތައް ރާއްޖެ ހިމެނޭހެން 95 ގައުމެއްގައި ގާއިމްކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކާރިސާއެއް ކުރިމަތިވުމުގެ 24 ގަޑިއިރު ކުރިން ދުރާލާ އިންޒާރު ދެވޭ ނަމަ، ލިބިދާނެ ކަމަށް ވަޒަން ކުރެވޭ ގެއްލުމުގެ 30 އިންސައްތަ ކުޑަކުރެވޭނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިންޝުއަރ ކުރުމަކީ މުހިންމު ކަމެއް ކަން މިނިސްޓަރު މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ނޭޝަނަލް ޑިޒަސްޓަރ މެނޭޖްމެންޓް އޮތޯރިޓީންވެސް މިފަދަ ހާލަތްތަކުގައި މުހިންމު މަސައްކަތްތަކެއް ކުރާކަން މިނިސްޓަރު ވަނީ ފަހަަގަކުރައްވާފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ވިއްސާރައިގައި ގެއްލުންވި 70 ގޭބީސީއަކަށް ހަތަރުލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އެހީ ދެނީ

ވިއްސާރައިގައި ގެއްލުންވި 70 ގޭބީސީއަކަށް ހަތަރުލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އެހީ ދެނީ

04 ޖެނުއަރީ 2024
މާލެ ސިޓީގައި ފެންބޮޑުވެ 140 ގެއަކަށް ގެއްލުންވެ، 11 ގެއަކުން 54 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

މާލެ ސިޓީގައި ފެންބޮޑުވެ 140 ގެއަކަށް ގެއްލުންވެ، 11 ގެއަކުން 54 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

31 ޑިސެމްބަރު 2023
ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ، ފުވައްމުލައް ފެނު އަޑީގައި

ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ، ފުވައްމުލައް ފެނު އަޑީގައި

29 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު