Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިއާގެ ދަށަށް ގެންދިއުމާ ދެކޮޅަށް 143 ގައުމަކުން ވޯޓު ދީފި

4 ގައުމަކުން އެ ސަރަހައްދުތައް ރަޝިއާގެ ބާރުގެ ދަށަށް ގެންދިއުމާ އެއްކޮޅަށް ވޯޓު ދިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 04:11
އދ. ގެ އާންމު މަޖިލިސް

އދ. ގެ އާންމު މަޖިލިސް

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް އެގައުމުގެ ދަށަށް ގެންދިއުމާ ދެކޮޅަށް 143 ގައުމަކުން ވޯޓުދީފިއެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް އެގައުމުގެ ދަށަށް ގެންދިއުމަށް ރަޝިއާއިން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައި ބުދަ ދުވަހު ވަނީ ވޯޓުލުމެއް ކުރިއަށް ގެންގޮސްފައެވެ.

މި ވޯޓުލުމުގައި އާންމު މަޖިލީހުގެ 193 ގައުމުގެ ތެރެއިން 143 ގައުމުން ވަނީ އެ ސަރަހައްދުތައް ރަޝިއާގެ ބާރުގެ ދަށަށް ގެންދިއުމާ ދެކޮޅަށް ވޯޓުދީފައެވެ. މި ނިންމުމާއި އެއްކޮޅަށް ވޯޓު ދީފައިވަނީ 4 ގައުމަކުންނެވެ. އެއީ ސީރިއާ، ނިކަރާގުއާ، ނޯތު ކޮރެއާ އަދި ބެލަރޫސްއިންނެވެ. އަދި ޗައިނާ ހިމެނޭހެން 35 ގައުމަކުން ވޯޓު ދީފައެއް ނުވެއެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް އެގައުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ގޮތެއް ނިންމަން އދ. ގެ އާންމު މަޖިލީހުން ވޯޓަށް އެހުމަށް ނިންމުމާއި ގުޅިގެން ވޯޓު ސިއްރުކުރުމަށް އެދި ރަޝިއާއިން ހުށަހަޅާފައިވެއެވެ. އަދި މިކަމަށް އާންމު މަޖިލީހުގައި ވޯޓަށް އަހާފައިވެއެވެ. ހޯމަ ދުވަހު ކުރިއަށްގެންދިޔަ ވޯޓުގައި 193 މެމްބަރުންގެ ތެރެއިން 107 މެމްބަރުން ވަނީ ވޯޓު ސިއްރުނުކޮށް، ފެންނާނެހެން ވޯޓުގެ ކަންތައް ކުރިއަށް ގެންދިއުމަށް ވޯޓު ލާފައެވެ. އަދި ވޯޓު ސިއްރުކުރުމަށް އެއްބަސްވެފައި ވަނީ 13 ގައުމަކުންނެވެ. 39 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ލާފައެއް ނުވެއެވެ.

މި ވޯޓު ސިއްރުކޮށްދިނުމަށް ރަޝިއާއިން އެދިފައި ވަނީ މިއީ ހުޅަނގުން ހުށަހަޅާ ހުށެހެޅުމަކަށް ވުމުން ގައުމުތަކުން ދެކޭގޮތް ފާޅުގައި ދެއްކުމަށް ބައެއް ގައުމުތަކަށް ހުރަސްތަކެއް ހުރެދާނެކަމަށް ބުނެއެވެ.

ރަޝިއާއިން ރިފެރެންޑަމްތައް ކުރިއަށް ގެންގޮސްފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދަކީ ޑޮނެސްކް، ލުހާންސް، ޚާސަން އަދި ޒެޕޮރީޒިއާއެވެ. ޔޫކްރެއިނާ އެގައުމުގެ އެކުވެރި ގައުމުތަކުން ވަނީ މި ރިފެރެންޑަމްތަކަކީ ގަވައިދާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން ނަގާފައިވާ ވޯޓުތަކެއް ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ހުޅަނގުން ހުށަހަޅަން ނިންމާފައިވާ ޑްރާފްޓް ރިސޮލިއުޝަންގައި ވަނީ ރަޝިއާގެ މި ނިންމުން ގައުމުތަކުން ބަލައިނުގަންނަ ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު