Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަން

11 ދުވަހުން ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން

އަހަރުގެ މިހަތަނަށް 1.24 މިލިއަން ފަތުރުވެރިން ވަނީ އައިސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 03:28
ސަވާދިއްތަ ދަތުރުގެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން

ސަވާދިއްތަ ދަތުރުގެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން

މިމަހުގެ ފުރަތަމަ 11 ދުވަހު 51،075 ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 1 އިން 11 އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ ފާއިތުވި 3 އަހަރާ އަޅާބަލާއިރު ވެސް އިތުރު އަދަދެކެވެ. މިގޮތުން 2021 ވަނަ އަހަރާ އަަޅާބަލާއިރު މިއީ 14.9 އިންސައްތަ އިތުރު މިންވަރެވެކެވެ. އަދި 2019 ވަނަ އަހަރާ އަޅާބަލާއިރު މިއީ 3.1 އިންސައްތަ އިތުރު މިންވަރެކެވެ.

Advertisement - newsAdvertisement

މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން މިމަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް ފަތުރުވެރިންގެ އަންނަ މިންވަރު ވެސް ފާއިތުވި އަހަރުތަކާ އަޅާ ބަލާއިރު އިތުރެވެ. މިމަހު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 4،643 ފަތުރުވެރިން އައިސްފައިވެއެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި 4.040 އައިސްފައިވާއިރު، 2019 ވަނަ އަހަރުގެ މި މުއްދަތުގައި ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 4،506 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 1،241،695 ފަތުރުވެރިން ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 35.7 އިންސައްތަ އިތުރު އަދަދެކެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރު ފަތުރުވެރިން އައި މިންވަރާ އަޅާބަލާއިރު މިއީ 4.6 އިންސައްތަ މަދު އަދަދެކެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 1،301،251 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

އަދިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ އިންޑިއާ މާކެޓުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރަޝިއާއިން އަންނަމުންދާއިރު، ތިންވަނައަށް އެންމެެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އަހަރުގެ މިހާތަނަސް 1.2 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، އިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ އޮޕަރޭޝަނަށް ގެނެވުމާއެކު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް މި ދާއިރާގެ މާހިރުން ލަފާކުރެއެވެ. މިގޮތުން ވިޒް އެއަރގެ ދަތުރުތައް ވީއައިއޭއަށް ފެށުމާއި، ފްލައި ޑުބާއީގެ ދަތުރުތައް އައްޑޫ ސިޓީއަށް ފެށުން ވެގެންދާނީ އެ ސަރަހައްދުން އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމެއް ކަމުގައި ލަފާކުރެއެވެ. އައި ރަންވޭގެ އޮޕަރޭޝަންތައް ފަސޭހަވުމާއެކު ދުވާލަކު ޖައްސާ ފްލައިޓުތައް އިތުރުވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވެސް ވަނީ ބުނެފައެވެ.

މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓުއަރިޒަމްފަތުރުވެނިން

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު