Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިންވެރިޔާ އަދި ގެދޮރުވެރިޔާ

ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާއިރު އިގުރާރު އެޕްރޫވް ކުރަން ސަމާލުވާން އެދިއްޖެ

ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅޭނީ ގޯތިތަކަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2022 | ބުދަ 11:27
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކޫމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާއިރު އިގުރާރު އެޕްރޫވް ކުރުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީ ޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެދިއްޖެއެވެ.

އެ މިނިސްޓްރީން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ޕޯޓަލް މެދުވެރިކޮށް ފޯމު ފުރާފައިވާ ފަރާތްތަކުގެ ތެރެއިން ޖޮއިންޓް އެޕްލިކޭޝަން ނުވަތަ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި އެޕްލިކޭޝަން ހުށަހަޅާއިރު، ކޯ އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވް ނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެކަމަށް ސަމާލުމަށް ދިނުމަށާއި އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ފޯމުތައް ލެވޭނީ އެ އެޕްލިކޭޝަންގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް އީފާސް މެދުވެރިކޮށް އިގުރާރުވުމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި އިގުރާރު އެޕްރޫވް ކުރުމަށް އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލަށް ވަދެ "ބައިވެރިވާ ފަރާތްތަކުގެ އިގުރާރު" ގައިވާ "އާއެކޭ" ނުވަތަ "ނޫނެކޭ" ގެ ތެރެއިން ބޭނުންވާ އެއްޗެއް ހިޔާރު ކުރެވޭނެއެވެ.

ޖޮއިންޓް އެޕްލިކަންޓުންގެ ގޮތުގައި ފޯމު ހުށަހެޅެނީ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރާ ބިންތަކަށެވެ. މި ފޯމުތައް ހުށަހެޅުމުގައި ދިމާވާ މި މައްސަލަ ހައްލު ކުރުމަށް އެދި ޕްލޭނިންގ މިނިސްޓްރީން އާއްމުންގެ ސަމާލުކަމަށް ގެނެސްފައިމިވަނީ އެ ފޯމުތައް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އަށް ހަމަވާތީއެވެ. ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ފްލެޓުތަކަށާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ.

ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. މިއީ މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި، މާލޭގެ ރައްޔިތުންނާއި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތަކަށް ދޫކުރާ ފްލެޓްތަކެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާއި، ގޯތި ލިބޭނެ ގޮތްތަކާއި، ޝަރުތުތަކާއި، ލިބޭ ގޯތީގެ ސައިޒްތައް ވަނީ އާންމުކޮށްފައެވެ. މި ގޯތިތަކަށް އެކަކަށްވުރެ ގިނަ މީހުން ގުޅިގެން ފޯމު ހުށަހެޅޭއިރު، ކޮންމެ އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި އެޕްލިކޭޝަން ލާނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެއެވެ. 7 މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަންގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމްލަ 4000 އަކަފޫޓެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިންނާއި ގުޅީފަޅުން 3000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު އެ ގޯތިތައް ދޫކުރާއިރު ބަލާ ޝަރުތަކަށް ދާދިފަހުން ވަނި ބަދަލު ގެނެސްފައެވެ. އެގޮތުން، ކުރިން މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރަށްވެހިވެފައިވާ މީހަކަށްވެފައި ނުވުމުގެ ޝަރުތު ބަދަލުކޮށް މިހާރު ވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި އޮތްނަމަވެސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމުގައި ވާނަމަ، އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭގައި ރަޖިސްޓްރީވެފައިވާ މީހެއްކަމުގައި ވާނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށް ނިންމައިފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނުމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓް ނިމި އާންމުކުރެވޭނީ އަންނަ އަހަރުގެ މެއި މަހުގެ ހިސާބުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ގައި ވާހަަދައްކަވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވެފައިވާ ގޮތުގައި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމް އިއުލާން ކުރި އިރުވެސް ބިން ދޫކުރާނެ ސަރަހައްދުތަކާއި ފްލެޓުތައް އަޅާނެ ސަރަހައްދުތައް ވަނީ ނިންމާފައެވެ. އެގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރުވެސް ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ފްލެޓުތައް އަޅަމުންދާ ކަމަށާއި އެގޮތުން، އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 36 ޓަވަރުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަންކަން އޭނާ ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން އިމާރާތް ކުރަމުންދަނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ތިން ކޮޓަރީގެ ފްލެޓެއްގައި 930 އަކަފޫޓު ހުންނައިރު ދެ ކޮޓަރީގެ ފްލެޓުގައި 600 އަކަފޫޓު ހުންނާނެ ކަމަށް އާރިފު ވިދާޅުވިއެވެ. މިއީ 4000 ފްލެޓެވެ.

މީގެ އިތުރުން މި ފްލެޓުތައް ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލު ކުރާނީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ކަމަށް ވެސް އާރިފު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގޯތި ގެދޮރު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރަން ޖެހޭނެ، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނަން: އެމްޑީޕީ

ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރަން ޖެހޭނެ، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނަން: އެމްޑީޕީ

19 ޑިސެމްބަރު 2024
ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަށް އުނިކަން ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރު ދީފި

ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަށް އުނިކަން ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރު ދީފި

19 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު