Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާގެ ސިޔާސީ މަސްރަހު

ޝީއަށް ތިންވަނަ ދައުރެއް، މަގުސަދަކީ އުމުރަށް ވެރިކަމުގައި ހުންނެވުންބާ؟

ކޮމިޔުނިސްޓް ޕާޓީގެ ކޮންގްރެސްގައި، 2300 މެމްބަރުންގެ ތެރެއިން ފުރާނާލައިގެން ޕޮލިޓް ބިއުރޯގެ 7 މެމްބަރުން ހޮވާނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2022 | ބުދަ 10:37
ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ

ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ

ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ކޮންގްރެސް ފެށުމަށް ތައްޔާރުވަމުން ދާއިރު، މި ކޮންގްރެސްގައި ރައީސް ޝީ ޖިންގ ޕިންގއަށް ވެރިކަމުގެ ތިންވަނަ ދައުރެއް ހަމަޖައްސާނެކަން މިއީ މިވަގުތު ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމެކެވެ. ޝީއަކީ 70ގެ އަހަރުތަކުގައި މާއޮ ޒޭ ޑުންގ  ފަދައިން, މިވަގުތު ޗައިނާގައި ހުންނެވި އެންމެ ބާރުގަދަ ލީޑަރެވެ. މި ވަގުތު ވަރަށް މުހިންމު ތިން މަގާމެއް ޝީ ފުރުއްވަމުން ގެންދަވައެވެ. އެއީ:

ކޮމިޔުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީކަން،

ގައުމުގެ ރައީސްކަން،

އަދި، ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއަރމަން ކަމެވެ.

ޝީއަށް ރައީސްކަމުގެ ތިންވަނަ ދައުރެއް ހަމަޖައްސަން ފުރަތަމަ އެޅި ފިޔަވަޅަކީ، ރައީސްކަމުގައި ދެ ދައުރު ހުރެވޭ ގޮތަށް އޮތް އޮތުން 2018 ވަނަ އަހަރު ބާތިލްކުރުމެވެ. އެއާއެކު، މިހާރު އުމުރުފުޅުން 69 އަހަރުގެ ޝީ، އުމުރަށް މަގާމުގައި ހުންނެވުން މިއީ ހަގީގަތަކަށް ވެދާނެކަމަށް ބައެއް އެނަލިސްޓުން ބުނެއެވެ.

އޮކްޓޯބަރ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ކޮންގްރެސްގައި، 2300 ޑެލިގޭޓުން "ޓިއަނަންމަން" މައިދާނުގެ ގްރޭޓް ހޯލަށް އެއްވެ، ހަފުތާއެއްހާ ދުވަސް ވަންދެން އެކި ކަންކަން ނިންމަމުން ގެންދާނެއެވެ. ނަމަވެސް ހުރިހާ ނިންމުންތަކަކީ ކޮންގްރެސްގައި ނިންމާނެ ނިންމުމެއްނޫނެވެ. އެންމެ ބޮޑެތި އަދި ފައިނަލް ނިންމުންތައް ނިންމާނީ ޕޮލިޓް ބިއުރޯގެ ސްޓޭންޑިންގ ކޮމިޓީގައެވެ. އެންމެ މަތިންނެވެ.

ކޮންގްރެސްގެ މައިގަނޑު މަގުސަދަކަށް ވާނީ، މިދެންނެވި ޕޮލިޓް ބިއުރޯގެ ސްޓޭންޑިންގ ކޮމިޓީއަށް މެމްބަރުން ހޮވުމެވެ. މިގޮތުން 2300 މެމްބަރުންގެ ތެރެއިން ފުރާނާލައިގެން ޕޮލިޓް ބިއުރޯގެ 7 މެމްބަރުން ހޮވާނެއެވެ. ޕާޓީގެ އެންމެ ފަހުގެ އަދި އެންމެ މުހިންމު ނިންމުންތައް ނިންމާނީ ޕޮލިޓް ބިއުރޯގެ ސްޓޭންޑިންގ ކޮމިޓީންނެވެ. މިވަގުތު މި ކޮމިޓީގައި ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ޝީއާއެކު 7 މެމްބަރުން ތިއްބަވައެވެ. ސެންޓްރަލް ކޮމިޓީގެ ނިންމުންތަކަށް، ކޮންގްރެސް ނިމޭ ދުވަހުގެ ފަހު ދުވަހު ބައްދަލުވުން އޮންނާނެއެވެ. މި ބައްދަލުވުމުން ނިންމޭ ކަންތައްތަކުން، ގައުމަށާއި ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ޝީއަކީ މިއަދުވެސް ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދު، އަދި އެންމެ ބޮޑު އެއް އަސްކަރީ ބާރު ހިންގަވަން ހުންނެވި ފަރާތެވެ. އިގުތިސާދުގައި އަމިއްލަ ފަރާތްތައް ބާރުގަދަވުމަކީ ޝީ މަރުހަބާ ވިދާޅުވާކަމެއްނޫނެވެ. އެހެން ކަމުން ބައެއް ބޮޑެތި ކުންފުނިތަކާ ދެކޮޅަށް ސަރުކާރުން ފިޔަވަޅުއަޅަމުން ގެންދެއެވެ.  

ބައެއް އެނަލިސްޓުން ބުނާގޮތުގައި، ތިންވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މިހާރަށްވުރެވެސް ބޮޑަށް ޗައިނާ ޓޯޓަލިޓޭރިއަން، ނުވަތަ ޑިކްޓޭޓަރޝިޕެއް ފަދަ ވެރިކަމަކާ ދިމާއަށް ޝީ ޗައިނާ ގެންދަވާނެއެވެ. ޚުދުމުޚުތާރު، އެންމެ މީހެއްގެ ވެރިކަމެއްގައި އިގުތިސާދީ، ސިޔާސީ، ޑިޕްލޮމެޓިކް އަދި ތިމާވެށީގެ ގޮތުން އަޅާފާނެ ފިޔަވަޅުތަކަށް ދުނިޔެއިން މިހާރު ދަނީ ކަޅިއަޅަމުންނެވެ.

ޗައިނާގެ އިގުތިސާދު ފާއިތުވި ތިރީހަކަށް އަހަރުގެތެރޭގައި އައީ ވަރަށް ބޮޑަށް ފުޅާވަމުންނަމަވެސް ޝީގެ ވެރިކަމުގައި، ކުރީގެ ދެ ރައީސުންގެ ވެރިކަމުގައި އިގުތިސާދު ކުރިއެރިވަރަށް އެކަން ވެފައެއްނުވެއެވެ.

ކޮވިޑް 19ގައި ހިފަހައްޓަމުންގެންދާ ޒީރޯ ކޮވިޑް ޕޮލިސީގެ ސަބަބުންވެސް އިގުތިސާދަށް ދަނީ ވަރަށް ބޮޑަށް ގެއްލުންވަމުންނެވެ. އެހެންކަމުން ރަނގަޅު އިގުތިސާދީ ޕަރފޯމަންސެއް، ޝީގެ މަގާމު ދެމެހެއްޓުމަށްޓަކައި ވަރަށްވެސް މުހިންމެވެ.

ޝީގެ މަގުބޫލުކަން ވެއްޓެންފަށާފައިވާ އަނެއް ސަބަބަކީ ޒީރޯ ކޮވިޑް ޕޮލިސީ ހިފަހައްޓަވަން މަސައްކަތްޕުޅުކުރެއްވުމެވެ. ދުނިޔޭގެ އެހެން ގައުމުތައް މިހާރު ހަމައަކަށް އެޅިފައިވާއިރު، ޗައިނާގައި އަދިވެސް ބޮޑެތި ސަރަހައްދުތައް ލޮކްޑައުން ކުރެއެވެ. މިކަމުން އާންމުން ފަގީރުވެ ދަތިކަން ވަނީ އިތުުރުވެފައެވެ. ފާއިތުވި މަދު ހަފުތާތަކުގައި އެކަނިވެސް 70ށްވުރެ ގިނަ ބޮޑެތި ސިޓީއާއި ސަރަހައްދު ލޮކްޑައުންކޮށް، އެތައް މިލިއަން މީހުން ވަނީ ގޭބަންދުގައި ބައިތިއްބާފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ ސަރުކާރާމެދު އާންމުންގެ ނަފްރަތު ދަނީ އިތުރު ވަމުންނެވެ.

ޒީރޯ ޕޮލިސީއެއް ހިންގަވައިގެން ޝީ ބޭނުންފުޅުވަނީ ކޮންގްރެސްތެރޭގައި ކޮވިޑްގެ ބޮޑު އައުޓްބްރޭކެއް އަޔަނުދިނުމެވެ.

ބައެއް އެނަލިސްޓުން ބުނާގޮތުގައި ޝީގެ އެއް އަމާޒަކީ، ކޮވިޑް މައިތިރިކުރެވިއްޖެކަން ކޮންގްރެސްގައި އިއުލާން ކުރައްވައި، އެއީ ހާސިލްކުރެވުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެއްކެވުމެވެ. އަދި ޒީރޯ ކޮވިޑް ޕޮލިސީވެސް ކޮންގްރެސް ތެރެއިން އުވާލެއްވުމެވެ.    

މައުލޫމާތު: ބީބީސީ ރިޕޯޓް

ޗައިނާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު