Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވޯލްޑް ކަޕްގައި ރާއްޖެޓީވީގެ އެނެލިސްޓުން

ޝާކިރު، ޔޫތު މުބާރާތްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު

12 އޮކްޓޯބަރު 2022 | ބުދަ 07:11

ޒުވާން އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގެ ހެޑްކޯޗުކަން އެތައް ފަހަރަކު ކޮށްފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 12 އޮކްޓޯބަރު 2022 | ބުދަ 07:11
ރާއްޖޭގެ ޔޫތު ފުޓްބޯޅަ މުބާރާތްތަކުގެ އެންމެ ކާމިޔާބު ކޯޗު އަހުމްދު ޝާކިރު އާއެކު ސޮއިކުރުން

ރާއްޖޭގެ ޔޫތު ފުޓްބޯޅަ މުބާރާތްތަކުގެ އެންމެ ކާމިޔާބު ކޯޗު އަހުމްދު ޝާކިރު އާއެކު ސޮއިކުރުން

ކުލަބު އީގަލްސް ޓީމުގެ ހަލުވި ފޯވަޑެއްގެ ގޮތުގައި ފެނިގެންދިޔަ އަހުމަދު ޝާކިރު (ޝާކިއްޓޭ) އަކީ ރާއްޖޭގައި މިވަގުތުތިބި ޒުވާން ކޯޗުންގެ ތެރޭގައި ހުރި އެންމެ ކާމިޔާބު ކޯޗެވެ. އޭނާގެ ބެލުމުގެ ދަށުން ކްލަބް އީގަލްސް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިލްކުކުރީ އެހެން ޓީމަކަށް އަރާހަމަކުރުމަށް ކުޑަވެސް ފުރުސަތެއް ދިނުމެއްނެތިއެވެ.

ކުޅުންތެރިއެއްގެ ޖާޒީގައި ގޯލާ ރައްޓެހި ފޯވަޑެއްގެ ގޮތުގައި ފާހަގަ ކުރެވުނު ޝާކިރު ދަނީ ކޯޗެއްގެ ޖާޒީގައި ވެސް އޭނާގެ ހުށިހާރުކަން ސާބިތުކޮށްދެމުންނެވެ. އުނގެނެމުން، ކޯޗުކޮށްދެމުން، ޒަމާނާގުޅޭ ވައްޓަފާޅިއާ އެއްގޮތަށް ފުޓްބޯޅަ ޓެކްނިކަލް މަސައްކަތްތައް ބައްޓަންކުރަމުން ނަމޫނާ ދައްކަމުންނެވެ. އެދުރުންނާއި އަންނަމުންދާ ޒުވާން ޖީލަށް އޭނާގެ ބޭނުންތެރިކަން ސާބިތުކޮށްދެމުންނެވެ. މުބާރާތްތައް ރާވައި ހިންގައި ޓެކްނިކަލް އެނާލިސިސް ހެދުމަކީ އޭނާ ވަރަށް ގަޔާވެގެން ކުރާ މަސައްކަތެކެވެ.

ޝާކިރުގެ ހިދުމަތް އެންމެ ބޮޑަށް ލިބެމުންދަނީ ރާއްޖޭގެ ޒުވާން ޖީލަށެވެ. ކުލަބުގެ ލެވެލްގެ އިތުރުން ގައުމީ ޓީމުތަކަށެވެ. އޭނާގެ ބެލުމުގެ ދަށުން ޒުވާން އުމުރުފުރާގެ ގިނަ ޓީމުތަކެއް ވަނީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ހާސިލްކޮށްފައެވެ. ކުރުކޮށް ބުނާނަމަ އޭނާއަކީ މީގެ 10ވަރަކަށް އަހަރު ފަހުން މިއަދު ޒުވާން ޖީލުގެ ކޮންމެ ކުޅުންތެރިއަކުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާނެ މުހިންމު ނަމަކަށްވާނެފަދަ އަގުހުރި މަސައްކަތްތަކެއް ކުރަމުންދާ ކޯޗެކެވެ.

ގައުމީ ފުޓްބޯޅަ ޓީމާއެކު ސަރައްހައްދީ މެޑެއްޔެއް ހާސިލްކުރުމަކީ ކޮންމެ ކުޅުންތެރިއަކާއި ކޯޗަކު ވެސް ދެކޭ ހުވަފަނެކެވެ. އެކަމަކު އެކަން ހާސިލްވި މަދު ކޯޗުންގެ ތެރެއިން އޭނާގެ ނަމަކީ މުހިންމު ނަމެކެވެ. 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދިވެހި ގައުމީ ޓީމުގެ ފަހުރުވެރި އެސިސްޓެންޓް ކޯޗަކީވެސް ޝާކިރެވެ.

އަހުމަދު ޝާކިރު (ޝާކިއްޓޭ)ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ކުޅިވަރު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
25 ޖުލައި 2024

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟
20 ޖުލައި 2024

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް