Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލަމީން ޔަމާލް

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

ޔަމާލް ފަދައިން އޭނާގެ ލޯބިވެރިޔާ ވެސް ކިޔަވަނީ މިހާރު ގްރޭޑް 10ގައެވެ.

ރާއްޖެ އެމްވީ | 20 ޖުލައި 2024 | ހޮނިހިރު 04:16
ލަމީން ޔަމާލް އާއި އޭނާގެ ލޯބިވެރިޔާ

ލަމީން ޔަމާލް އާއި އޭނާގެ ލޯބިވެރިޔާ

އާދީއްތަ ދުވަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދުނިޔޭގެ ގިނަބައެއްގެ ތަރިއަކަށްވީ މުބާރާތް ތެރޭގައި 16 އަހަރު ފުރި 17 އަހަރަށް އެޅުނު ސްޕޭނުގެ ފޯވަޑް ލަމީން ޔަމާލެވެ. ދަނޑުމަތީގަ އާއި ދަނޑުބޭރުގައިވެސްމެ އެވެ. ޔޫރޯގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ޔަމާލަކީ ހަތަރުކަށިމަތި ސްޕޭން މީހެއް ނޫނެވެ. މަންމަ އަކީ އީކުއޭޓޯރިއަލް ގިނީގެ ބާޓާއަށް އުފަން ޝެއިލާ އެބާނާ އެވެ. ބައްޕަ އަކީ މޮރޮކޯގެ ކުލަލާމީހެއް ކަމަށްވާ މޮނީރު ނަސްރައުއީ އެވެ.

ޔޫރޯ ތެރޭގައި އެންމެ ގިނަ ބަޔަކު ވާހަކަ ދެއްކީ މޮނީރު ނޫސްވެރިއަކަށް ދިން ފޮޓޯ އަކަށެވެ. އެ ފޮޓޯއިން ފެންނަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ 2007 ވަނަ އަހަރު ޔަމާލް ފެންވަރުވާތަނެވެ. ފަހުން ޔަމާލް ބުނީ މެސީ ފަދައިން އޭނާ ވެސް އެކުލަބަކަށް ކުޅެމުންދާ ބާސެލޯނާ އާއި ޔުނެސެފް ގުޅިގެން ހިންގި ޕްރޮގްރާމުގައި ނެގި ފޮޓޯ އޭނާގެ ބައްޕަ ފޮރުވާފައި އޮތީ އެންމެ ސަބަބަކަށްޓަކައި ކަމަށެވެ. އެއީ އޭނާ އާއި މެސީ އަޅާކިޔާފާނެތީ ކަމަށެވެ.

މިއަށްވުރެ ބޮޑަށް ޔޫރޯ ނިމެނިކޮށް މީޑިއާތަކުން އެންމެ ބޮޑަށް މަސައްކަތް ކުރީ ޔަމާލްގެ ލޯބިވެރިޔާ ދެނެގަތުމަށެވެ. މިކަމަށްޓަކައި އަތްފުނާ އަޅަމުންދިޔަ ކެމެރާމަނުންގެ ލެންސަށް ޔަމާލްގެ ލޯބިވެރިޔާ ކަށަވަރުކުރެވުނީ ފައިނަލް މެޗަށް ފަހު ދެމީހުން ކޮނޑާކޮނޑު ޖައްސައިގެން ތިބެ ފޮޓޯނަގާ މަންޒަރު މުޅި ދުނިޔެ އަށް ދައްކައި، އެމީހުންގެ ގުޅުން އިއުލާނުކުރުމުންނެވެ. އޭގެ ކުރިން ވެސް ޔަމާލްގެ އާއިލާ މެމްބަރުންނާއެކު މި އަންހެންކުއްޖާ މެޗު ބަލަން ގޮސްއިންނާތީވެ އެއީ ޔަމާލްއާ ގުޅުންހުރި މީހެއް ކަމަށް ދިޔައީ ޝައްކު ކުރެވެމުންނެވެ.

ލޯބީގެ ގޮތުން ޔަމާލް ގުޅިގެން އުޅެނީ ކުއްޖަކީ ބާސެލޯނާ އަށް އުފަން އެލެކްސް ޕަޑިއްޔާ އެވެ. އޭނާ އަކީ މަދަރުސާގައި ކިޔަވަމުންދާ ކުއްޖަކާ އެވެ. ޔަމާލް ފަދައިން އޭނާ ވެސް ކިޔަވަނީ މިހާރު ގްރޭޑް 10ގަ އެވެ. މި ފަހަރުގެ ޔޫރޯ ތެރޭގައި ޔަމާލް މަދަރުސާގެ ފިލާވަޅުތައް ހެދީ ހޮޓަލުގައި އޮންލައިންކޮށެވެ.

ޕަޑިއްޔާ އަކީ ޓިކްޓޮކް ތަރިއެކެވެ. އޭނާ އަކީ ޔަމާލްގެ ލޯބިވެރިޔާކަން އެނގުމާއެކު ޓިކްޓޮކްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ އެތައް މިލިއަނަކަށް އަރައިފަ އެވެ. ޔަމާލްގެ ލޯބިވެރިޔަކީ ޕަޑިއްޔާކަމަށް ގިނަ ބަޔަކު ކުރިން ވެސް ޝައްކުކުރި އެވެ. އެއީ ޔަމާލްގެ ޓިކްޓޮކެ އެކައުންޓުން ފޮލޯކޮށްފައިވާ ދެމީހުންގެ ތެރެއިން އެކަކީ ޕަޑިއްޔާ ކަމުގައިވުމުންނެވެ. އަނެއް މީހަކީ ބައްޕަ މޮނީރެވެ. ޔަމާލްއާ ގުޅުނުއިރު ވެސް ޕަޑިއްޔާ އަކީ ކްރިސްޓިއަނެކެވެ. ނަމަވެސް މި ޖޯޑުގެ ގުޅުމާއެކު ޕަޑިއްޔާ އޭނާގެ ދީން ބަދަލުކޮށްފައިވާ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ޔަމާލަކީ މުސްލިމެކެވެ.

ޕަޑިއްޔާ އަކީ ޓިކްޓޮކް ތަރިއެކެވެ. އޭނާ އަކީ ޔަމާލްގެ ލޯބިވެރިޔާކަން އެނގުމާއެކު ޓިކްޓޮކްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ އެތައް މިލިއަނަކަށް އަރައިފަ އެވެ. ޔަމާލްގެ ލޯބިވެރިޔަކީ ޕަޑިއްޔާކަމަށް ގިނަ ބަޔަކު ކުރިން ވެސް ޝައްކުކުރި އެވެ. އެއީ ޔަމާލްގެ ޓިކްޓޮކެ އެކައުންޓުން ފޮލޯކޮށްފައިވާ ދެމީހުންގެ ތެރެއިން އެކަކީ ޕަޑިއްޔާ ކަމުގައިވުމުންނެވެ. އަނެއް މީހަކީ ބައްޕަ މޮނީރެވެ. ޔަމާލްއާ ގުޅުނުއިރު ވެސް ޕަޑިއްޔާ އަކީ ކްރިސްޓިއަނެކެވެ. ނަމަވެސް މި ޖޯޑުގެ ގުޅުމާއެކު ޕަޑިއްޔާ އޭނާގެ ދީން ބަދަލުކޮށްފައިވާ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ޔަމާލަކީ މުސްލިމެކެވެ.ޕަޑިއްޔާ ދާޑި ފަހުން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓްކޮށްފަ އެވެ. އެއިރު 20000 މީހުން އޭނާ ފޮލޯ ކުރަމުންދިޔަ އެވެ. އެކައުންޓް އުވާލީ އޭނާ އާއި ޔަމާލްގެ ވާހަކަ ދެކެވެމުން ދެށުމުންނެވެ.

ޕަޑިއްޔާ އަކީ ބާސެލޯނާއަށް އުފަން ކުއްޖެކެވެ. ޔަމާލް ކުޑައިރު އޭނާ އުޅެ ބޮޑުވީ ބާސެލޯނާ ކައިރީގައިވާ ރޮކަފޮންޑާގަ އެވެ. ބާސެލޯނާގެ ސީނިއާ ޓީމަށް ނެގި ފަހުން ޔަމާލް ވެސް މިހާރު ދިރިއުޅެމުންދަނީ ދުނިޔޭގެ އެންމެ ޑިމާންޑްބޮޑު އެއް ސިޓީ ކަމަށްވާ ބާސެލޯނާގަ އެވެ. އަގު ބޮޑު މި ސިޓީން އޭނާ ވަނީ ބައްޕަ ދިރިއުޅޭނެ ގެއެއް ވެސް ގަނެދީފަ އެވެ. މިއާއެކު ރޮކަފޮންޑާގައި މަންމަ އާއި މާމައަށް ދިރިއުޅުމަށް ވެސް ވަނީ ވަކިވަކިން ކޮންމެ މީހަކަށް ގެއެއް ގަނެދީފަ އެވެ.

ޔަމާލްގެ މަންމަ އާއި ބައްޕަ ސްޕޭނަށް ހިޖުރަކުރީ ވަގަށެވެ. ބޯޑަރ ހުރަސް ކުރުމަށް އެތައް ދޮގުތަކެއް ހަދައިގެންނެވެ. މިވާހަކަ ޔޫރޯ ތެރޭގައި ކިޔާދިނީ ބައްޕަ މޮނީރެވެ. ސްޕޭނަށް މި އާއިލާ ދިރިއުޅުން ބަދަލުކުރުމުން ޔަމާލް ބެލުމަށް ދުވަސްކޮޅެއް ފަހުން އައީ އޭނާގެ މާމަ އެވެ. ފަހުން މަންމަ އާއި ބައްޕަ ވަކިވުމުން ޔަމާލްގެ ކަންކަމުގައި އެންމެ ބޮޑަށް އުޅުނީ ވެސް މާމަ އެވެ. ކުޑައިރު ގިނަ ވަގުތު ހޭދަކުރީ މާމަގެ ތަރުބިއްޔަތު ލިބިގެންނެވެ. ފުޓްބޯޅަ ކުޅެން އޭނާ ގޮވައިގެން ބޭރުތެރެއަށް ގިނައިން ގޮސް އުޅުނީ ވެސް މާމަ އެވެ.

މިހެންވެ ޕަޑިއްޔާ ވެސް އެންމެ ބޮޑަށް ގުޅުން ބާއްވާ ޔަމާލްގެ އާއިލާގެ މެމްބަރަކީ އޭނާގެ މާމަ އެވެ.

ޔޫރޯ އަށް ފަހު ޔަމާލް ސްކޫލަށް ހާޒިރުވުމުގެ ބަދަލުގައި ދިޔައީ ޗުއްޓީއަށެވެ. މި ދަތުރު ދިޔައީ އެކަނިކަން ޔަގީން ނުވިޔަސް އެނގޭ ކަމަކީ އޮގަސްޓް މަހުގެ ކުރީކޮޅު ބާސެލޯނާގެ ފަރިތަކުރުންތަކަށް ނުކުންނަންޖެހޭ ކަމެވެ.

ކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން

ސައުތުގޭޓް ބުއްދިވެރި ނުވެއްޖެ ނަމަ، އިންގްލެންޑަށް ޔޫރޯ ގައި އޮތީ ނިކަމެތިކަން

02 ޖުލައި 2024

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު