Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަތިޔާރު އިތުރުވާ މިންވަރު ހުއްޓުވުން

ގެއްލުންދެނިވި ހަތިޔާރު ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ސިޔާސީ ޢަޒުމު ދައްކަން ޖެހޭ: ޗައިނާ

12 އޮކްޓޯބަރު 2022 | ބުދަ 05:50

ފަޔަރއާމްސް ޕްރޮޓޮކޯލް އާ ހަރުފަތަކަށް ގެންގޮސް، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރަން ޗައިނާ ތައްޔާރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 12 އޮކްޓޯބަރު 2022 | ބުދަ 05:50
ބަޑި ފަދަ ގެއްލުންދެނިވި ހަތިޔާރު ގެންގުޅެވޭ އުސޫލުތައް ހަރުކަށި ކުރުމަށް އެންމެ ފާޅުގައި ދެކޮޅު ހަދަމުން ދާ އެއް ޤައުމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ ކަމަށް ވަކާލާތު ކުރާ އެމެރިކާ

ބަޑި ފަދަ ގެއްލުންދެނިވި ހަތިޔާރު ގެންގުޅެވޭ އުސޫލުތައް ހަރުކަށި ކުރުމަށް އެންމެ ފާޅުގައި ދެކޮޅު ހަދަމުން ދާ އެއް ޤައުމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ ކަމަށް ވަކާލާތު ކުރާ އެމެރިކާ

ގެއްލުންދެނިވި ހަތިޔާރު އިތުރުވާ މިންވަރު ހުއްޓުވުމަށްޓަކާ ބައިނަލްއަގުވާމީ މުޖުތަމަޢުން ސިޔާސީ ޢަޒުމު ވަރުގަދަކޮށް، ވީހާވެސް ގާތްކަމާއެކު، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާ، އދގެ ފަޔަރއާމްސް ޕްރޮޓޮކޯލް ތަސްދީޤުކޮށް ޗައިނާއިން އެ މަސައްކަތް މިހާރުވެސް ފަށާފައި ވާ ކަމަށް، ޗައިނާގެ އާމްސް ކޮންޓްރޯލް އޮފިޝަލު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގައި ވާހަކަދައްކަވަމުން ޑިޕަރޓްމަންޓް އޮފް އާމްސް ކޮންޓްރޯލްގެ ޑައިރެކްޓަރ ޖެނެރަލް ފޫ ކޮންގް ވިދާޅުވީ، ގެއްލުންދެނިވި ހަތިޔާރުގެ ވިޔަފާރި ހުއްޓުމަކަށް ގެނައުމަށް، ބައިނަލްއަޤުވާމީ ބައިވެރިންނާއެކު މަސައްކަތް ކުރުމަށް ޗައިނާ މިހާރުވެސް ތައްޔާރަށް އޮތް ކަމަށެވެ. އދގެ ފަޔަރއާމްސް ޕްރޮޓޮކޯލް ތަސްދީޤުކޮށްގެން، ބަޑި ގެންގުޅުމުގެ ކަންކަން، ހަރުކަށި ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަށް ޗައިނާއިން އެއްބާރުލުން ދޭނެ ކަމަށްވެސް ފޫ ވަނީ ވިދާޅުވެފައެވެ.

އދގެ ފަޔަރއާމްސް ޕްރޮޓޮކޯލް އަކީ، ޤަވައިދާ ޚިލާފަށް ހަތިޔާރު އުފެއްދުމާ، އޭގެ ވަގު ވިޔަފާރި ކުރުމާ، އެ ހަތިޔާރުގެ ބައިތަކުގެ ވިޔަފާރި ބައިނަލްއަޤުވާމީ ފެންވަރުގައި ކޮންޓްރޯލްކޮށް ހުއްޓުވުމަށް، ދުނިޔޭގެ ފެންވަރުގައި އެކުލަވާފައިވާ، ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ އެފަދަ ހަމައެކަނި އެއްބަސްވުން ކަމަށް އދގެ ޑްރަގްސް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)އިން ބުނެއެވެ.

އދގެ ފަޔަރއާމްސް ޕްރޮޓޮކޯލްއަކީ 2005 ވަނަ އަހަރު ތަންފީޒު ކުރަން ފެށި ޕްރޮޓޮކޯލްއެއް ކަމުގައި ވީ ނަމަވެސް، އެ ޕްރޮޓޮކޯލްގައި އަދި މިހާތަނަށް ސޮއިކޮށްފައި ވަނީ އެންމެ 122 ޤައުމަކުންނެވެ. 122 ޤައުމަކުން ސޮއި ކުރި ކަމުގައި ވީ ނަމަވެސް، ގެއްލުންދެނިވި ހަތިޔާރުތަކުގެ ވަގު ވިޔަފާރި އިތުރު ވަމުން ދަނީ ކަންބޮޑުވާން ޖެހޭ ރޭޓެއްގައެވެ. ޤައުމުތަކުގެ ހަމަޖެހުން ނަގާލަމުން ގޮސް، އާންމު ދިރިއުޅުމަށްވެސް އެ ކަމުގެ  ނޭދެވޭ އަސަރު ވަނީ ފޯރާފައެވެ.

ބަޑި ފަދަ، ގެއްލުންދެނިވި ހަތިޔާރު ގެންގުޅެވޭ އުސޫލުތައް ހަރުކަށި ކުރުމަށް އެންމެ ފާޅުގައި ދެކޮޅު ހަދަމުން ދާ އެއް ޤައުމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ ކަމަށް ވަކާލާތު ކުރާ އެމެރިކާއެވެ. އެމެރިކާއަކީ އދގެ ފަޔަރއާމްސް ޕްރޮޓޮކޯލްގައި ސޮއިވެސް ނުކުރާ ޤައުމެކެވެ. ނަމަވެސް، ބަޑީގެ ހަމަލާތަކުގައި އާންމުން މަރުވުމުގެ ހާދިޘާތައް، ވަބާއެއްގެ ދަރަޖައަށް އޮތް ޤައުމެކެވެ.

އެމެރިކާގައި ބަޑި ފަދަ ހަތިޔާރުތައް ގަތުމަކީ ނުހަނު ފަސޭހަ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ޣައިރު ޤާނޫނީ ހަތިޔާރުތަކުގެ އެންމެ ބޮޑު މަސްދަރަކަށް ވެފައި ވަނީވެސް އެމެރިކާއެވެ.

ޗައިނާއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް