Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން

ރާއްޖޭގެ ފުރަތަމަ "ސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން" އިފްތިތާހުކޮށްފި

10 އޮކްޓޯބަރު 2022 | ހޯމަ 13:19

ކޮވިޑުގެ ތެރޭގައި ފެސިލިޓީގައި ކުރެއްވި މަސައްކަތަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 އޮކްޓޯބަރު 2022 | ހޯމަ 13:19
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން ބާއްވާ "ސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން" އިފްތިތާޙްކޮށްދެއްވައިފިއެވެ.

ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވާފައި ވަނީ މި ކަމަށް ޓަކައި ހޯމަ ދުވަހުގެ މެންދުރުފަހު އެ ކޮލެޖުގެ ކިޔުއައި ކެމްޕަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ، ރާއްޖޭގައި މި ފަދަ ސިމްޕޯޒިޔަމެއް ބާއްވާ ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު، ހުޅުމާލޭގައި ޤާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީގައި އެ ކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ތަޖުރިބާގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި، އެ މަސައްކަތްތަކުގެ ތެރެއިން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންބޮޑުވުންތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީ ޞިއްޙަތުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި، ކޮވިޑް ފެސިލިޓީގައި ކުރެއްވި މަސައްކަތްޕުޅުން ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ފިލާވަޅަކީ ނަފްސާނީ ދުޅަހެޔޮކަމާ ނުލައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ދަތިވާނެ ކަން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ފަޒްނާ ވަނީ ނަފްސާނީ ޞިއްޙަތުގެ ދާއިރާއަށް ވިލާ ކޮލެޖުން ދޭ އަހަންމިއްޔަތުކަން ފާހަގަ ކުރައްވައި، އެ ކޮލެޖުން އެ ދާއިރާއިން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، ޤައުމަށް މުހިންމު މިފަދަ ދާއިރާއަކުން މީހުން ބިނާ ކުރުމަށް އެ ކޮލެޖުން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ތަޢުރީފު ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިލާ ކޮލެޖުން ނެރޭ ސައިކޮލޮޖީ ބުލެޓިންގެ ފުރަތަމަ ޢަދަދު ވެސް ނެރެދެއްވާފައެވެ. މި ބުލެޓިންގައި އެ ކޮލެޖުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުން ސައިކޮލޮޖީގެ އެކި ދާއިރާތަކާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތައް ހިމަނާފައިވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މޭކް މެންޓަލް ހެލްތު އެންޑް ވެލް-ބީންގ ފޮރ އޯލް އަ ގްލޯބަލް ޕްރަޔޯރިޓީ" މި ޝިޢާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުނަފްސާނީ ދުޅަހެޔޮކަން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

17 ޖުލައި 2025

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

17 ޖުލައި 2025
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި
02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

10 އޮކްޓޯބަރު 2023
ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
17 ސެޕްޓެމްބަރު 2023

ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ

17 ސެޕްޓެމްބަރު 2023
ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ
17 ސެޕްޓެމްބަރު 2023

ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

17 ސެޕްޓެމްބަރު 2023
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
15 ސެޕްޓެމްބަރު 2023

ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ

15 ސެޕްޓެމްބަރު 2023
ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް