Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަސްޓްލޭޑީއަށް ފުރައްސާރަ ކުރުން

ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ

މި ހާލަތުގައި ވެސް ފަޒްނާ ދެއްކެވީ ރީތި މިސާލު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 18:29
ފަރސްޓްލޭޑީ ފަޒްނާ އަށް ފުރައްސާރަކުރުމުން ވެސް ދެއްކެވީ ރީތި މިސާލު

ފަރސްޓްލޭޑީ ފަޒްނާ އަށް ފުރައްސާރަކުރުމުން ވެސް ދެއްކެވީ ރީތި މިސާލު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ގުޅިގެން އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފޯރީގައި ކެންޕޭން ކުރަމުންނެވެ. މުޅި ރާއްޖޭގައި ކެންޕޭންގެ ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށް ގެންދެއެވެ. ކެންޕޭންގެ ތެރޭގައި އެކަކު އަނެކާއި ގުޅުން ބަދަހިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އެ އުފާވެރިކަން ލިބެނީ ވެސް އެ ހަރަކާތެއްގައި އުފާވެރިކަމާއި، އަމާންކަމާއި ރީތި އާދައާއެކު ކުރިއަށް ގެންދިޔައިމައެވެ. އެއާ ޙިލާފަށް ހަޑިހުތުރު އެއްޗެހި ކިޔާ ރީތި އުސޫލުތަކާއި އަދާ ދޫކޮށްފިނަމަ އެއީ މިއަދުގެ ޖީލު ބަލައިގަންނާނެ ވެސް ކަމެއް ނޫނެއެވެ.

ކަންމިހެން އޮތް ނަމަވެސް އަނެއްކާ ވެސް މިވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ ކެންޕޭން ހަރަކާތެއްގައި އިދިކޮޅަށް ސަޕޯޓު ކުރާ ދެ މީހެއްގެ ފަރާތުން ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ފެނިފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އާދިއްތަ ދުވަހު ހިޔާ ޓަވަރުތަކުގައި "ދޮރުން ދޮރަށް" ހަރަކާތް ހިންގަވަމުން ދަނިކޮށް، އެކަމަނާއަށް ފުރައްސާރަކޮށް، އެ ހަރަކާތަށް ހުރަސް އެޅުމަށް މަސައްކަތް ކުރީއެވެ.

މި ހާލަތުގައި ވެސް ފަޒްނާ ދެއްކެވީ ރީތި މިސާލެކެވެ. ކައިރީގައި ތިބި މީހުންގެ ގާތުގައި އަޑުގަދަ ނުކުރުމަށް ބުނެ ނަސޭހަތްތެރިވުމަކީ ހަމަޔަގީނުން ވެސް އެކަމަނާގެ ހިތްތިރިކަމުގެ މިސާލެއްނޫންތޯއެވެ.

މިއަދު އެކަމަނާއަކީ ގިނަ ބަޔަކު ބަލައިގަންނަ ފަސްޓް ލޭޑީއެކެވެ. ސޯޝަލް މީޑިއާއިން މެސެޖެއް ކޮށްލި ނަމަވެސް އެއަށް ޖަވާބު ދެއްވައެވެ. އަދި ގިނަ ބަޔަކާއި ބައްދަކުރައްވައި އިޖްތިމާއީ ގިނަ މަސައްކަތްތަކުގައި އަބަދުވެސް އެކަމަނާ އުޅުއްވައެވެ. އިޖްތިމާއީ ގިނަ ކަންކަމުގައި އެކަމަނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ފެށީ އެމްޑީޕީއަށް ވެރިކަން ވެސް ލިބުމުގެ މާކުރިންނެވެ. އެހެންކަމުން އެކަމަނާގެ ސާދާ މިޒާޖަކީ މިއަދު ގިނަ އަދަދެއްގެ ދަރިވަރުންނާއި، އާއްމު ރައްޔިތުން ބަލައިގަންނަ ސިފަފުޅެކެވެ. އެކަން މި ހަރަކާތުން ވެސް ވަނީ ފެނިގެން ގޮސްފައެވެ.

ފަޒްނާ ވިދާޅުވެފައިވާ ގޮތުގައި ފުރައްސާރަ ކުރި ދެމީހުންނަކީ ވެސް އިދިކޮޅު ކެންޑިޑޭޓަށް ސަޕޯޓުކުރާ ދެމީހުންނެވެ. އެއީ އެވަގުތު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު، އަދި ހުޅުމާލެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ގުޅި ނަމަވެސް މާބޮޑު އެއްބާރުލުމެއް ލިބިފައިނުވާތީއެވެ. އަދި އިދިކޮޅު ކެންޑިޑޭޓަށް ގުޅި ނަމަވެސް ފޯނަށް ޖަވާބުދީފައިނުވެއެވެ. އަދި މެސެޖަށް ވެސް އެއްވެސް ޖަވާބެއް ނުދޭ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފުރައްސާރަ ކުރި މައްސަލައަކީ ސީރިއަސް މައްސަލައެއްކަން ފަޒްނާ ފާހަގަކުރައްވައި ވިދާޅުވެފައިވަނީ އާއްމުން ނުކުމެ ފުރައްސާރަ ނުކުރާނެ ކަމަށާއި، މަގުމައްޗަށް ނުކުތީ އަލަށް ނޫން ކަމަށެވެ. އަދި އެކަމާއި ޖެހެލުންވެވަޑައި ނުގަންނަވާ ކަމަށް ފަޒްނާ ވިދާޅުވެފައިވެއެވެ.

ދެރަކޮށް، ނިކަމެތި ކުރުމުގެ މަގުސަދުގައި ހިންގި މިއަމަލުގެ ސަބަބުން ވީ ވެސް ފައިދާއެވެ. އެއީ މިހަރަކާތަށް މީޑިއާތަކުގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންގެ ސަމާލުކަން ލިބިގެން ގޮސްފައިވާތީއެވެ. އެކަން ފަޒްނާ ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވެފައިވަނީ އެ ދެ ފިރިހެނުން ފުރައްސާރަ ކުރުން ނުހިނގި ނަމަ ގިނަ ބަޔަކަށް އެތަނަށް ވަޑައިގެންނެވި ކަން ވެސް ނޭނގޭނެ ކަމަށާއި، ގިނަ ބަޔަކު ކައިރިއަށް އައިސް ފިރުމައި، ސަލާންކޮށް ހަދާފައިވާ ކަމަށެވެ. އަދި ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުން ވެސް ދައުވަތު ލިބިފައިވާކަމަށް ފަޒްނާ ވިދާޅުވިއެވެ.

މި ފުރައްސާރަ ކުރުމާއި ގުޅިގެން ގިނަ ބަޔަކު ފަޒްނާގެ ހާލު ބަލަން ގުޅައި މެސެޖްކޮށްފައިވެއެވެ. ޚާއްސަ ޝުކުރެއް ފޮނުއްވަމުން ފަޒްނާ ވިދާޅުވެފައިވަނީ ކެންޕޭންކުރުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ''މާތްﷲ ގެ ތަނަވަސް ރަޙްމަަތްފުޅާ އިރާދަފުޅުން އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިހަށް މި އިންތިޚާބް ކާމިޔާބުވާނެ'' ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

މާޒީއަށް ބަލާއިރު، 2018 ވަނަ އަހަރު ވެސް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ކެންޕޭން ހަރަކާތެއްގައި ޓީމްގެ އިތުރުން ރައީސް ސާލިހުގެ ގައިކޮޅަށް ކަޅުތެޔޮ ޖެހިއެވެ. އެދުވަހު ވެސް އެމަނިކުފާނުގެ އިތުރުން ސަޕޯޓަރުން ދެއްކެވީ ހިތްތިރި ކަމާއި، ރީތި ނަމޫނާއެވެ. ނަމަވެސް ނަތީޖާ ވަރަށް ފޮންޏެވެ. ނަފްރަތާއި ހަސަދައިން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުއެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު