Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުނިސެފްގެ ރެޕްރެޒެންޓެޓިވްގެ ޒިޔާރަތް

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

2 ނޮވެމްބަރު 2023 | ބުރާސްފަތި 09:40

ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ދާއިރާއިން ޔުނިސެފްގެ ފަރާތުން ރާއްޖޭގައި މިހާރު ކުރިޔަށްގެންދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ނޮވެމްބަރު 2023 | ބުރާސްފަތި 09:40
ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ރައީސްގެ އަނބިކަނބަލުންގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތް

ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ރައީސްގެ އަނބިކަނބަލުންގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތް

ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. އެޑްވާޑް އެޑައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ކުރީގައި ބޭއްވި މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ޑރ. އެޑްވާޑް އެޑައި އަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ޙައްޤުތައް ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު އެއް ދާއިރާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އެކި ދާއިރާތަކުން ކުޑަކުދިންގެ ކުރިއެރުމާއި ގުޅޭކަންކަމަށް ޔުނިސެފްގެ ފަރާތުން ދެމުން އަންނަ އެއްބާރުލުން ޝުކުރުވެރިކަމާއެކު އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފްއާ ، ރާއްޖެއާ ގުޅިގެން، ރާއްޖޭގެ ކުޑަކުދިންގެ އާންމު ޙާލަތު ރަނގަޅުކުރުމަށް ކުރެވިފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވައި، އަދި އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިކަންކަން އިތުރަށް ހަރުދަނާކޮށް ފުޅާ ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އެޑައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ދާއިރާއިން ޔުނިސެފްގެ ފަރާތުން ރާއްޖޭގައި މިހާރު ކުރިޔަށްގެންދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އިތުރުކަންކަމުގެ ތެރޭގައި، ޒުވާނުންގެ ނަފްސާނީ މައްސަލަތަކަށް ޙައްލުގެނައުމާއި ބެލެނިވެރިންގެ ޒިންމާ ރަނގަޅުގޮތުގައި އަދާކުރުމުގެ މުހިންމުކަމާއި ރަނގަޅުކާނާ އާއެކު ހަރަކާތްތެރި ދިރިއުޅުމެއްގެ ބޭނުންތެރިކަމާއި ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ކުރިއެރުމާއި ގުޅޭގޮތުންނާއި އަދި ކުޑަކުދިންނާއި ގުޅޭކަންކަމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވެރިވުން ހޯދުންފަދަ ކަންކަން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޣައްޒާގެ ކުޑަކުދިންނަށް ޔުނިސެފްގެ ފަރާތުން ދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް އަލިއަޅުވާލައްވާފައެވެ. އަދި އެކަމަނާ ވަނީ އިސްރާއިލާއި ފަލަސްޠީނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިވުމަށް ކުރެވޭ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޑރ. އެޑައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި އެކަމަނާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑރ. އެޑްވާޑް އެޑައިޔުނިސެފް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
10 ސެޕްޓެމްބަރު 2025

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

10 ސެޕްޓެމްބަރު 2025
ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!
20 އޯގަސްޓު 2025

ޣައްޒާ ގައި އެވްރެޖްކޮށް މަހަކު 500 ށް ވުރެ ގިނަ ކުޑަކުދިން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވާ ކަމަށް އދ އިން ބުނެފި

20 އޯގަސްޓު 2025
ޣައްޒާ ގައި އެވްރެޖްކޮށް މަހަކު 500 ށް ވުރެ ގިނަ ކުޑަކުދިން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވާ ކަމަށް އދ އިން ބުނެފި
01 ޑިސެމްބަރު 2023

ހަނގުރާމަ އަލުން ފެށުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ތިބީ ބިރުވެރިކަމެއްގައި: ޔުނިސެފް

01 ޑިސެމްބަރު 2023
ހަނގުރާމަ އަލުން ފެށުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ތިބީ ބިރުވެރިކަމެއްގައި: ޔުނިސެފް
14 ނޮވެމްބަރު 2023

ޣައްޒާގައި 700،000 އަށް ވުރެ ގިނަ ކުޑަކުދިން ގެދޮރު ގެއްލިފައިވާތީ އިންސާނީ ކާރިސާ އިތުރަށް ދަނީ ގޯސްވަމުން: ޔުނިސެފް

14 ނޮވެމްބަރު 2023
ޣައްޒާގައި 700،000 އަށް ވުރެ ގިނަ ކުޑަކުދިން ގެދޮރު ގެއްލިފައިވާތީ އިންސާނީ ކާރިސާ އިތުރަށް ދަނީ ގޯސްވަމުން: ޔުނިސެފް
13 ނޮވެމްބަރު 2023

ޔުނިސެފުން ހިމަބިއްސާއި ރުބެއްލާ ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފި

13 ނޮވެމްބަރު 2023
ޔުނިސެފުން ހިމަބިއްސާއި ރުބެއްލާ ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފި
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް