Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު

ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ

ރީ-ރަޖިސްޓްރީކުރަން ހުޅުވާލާފައިވަނީ މިއަދުގެ ހަވީރު 3:00ން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 4:00ށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 04:13
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ރީ-ރަޖިސްޓްރީ ކުރުމަށް މިއަދު ހަވީރު 3:00ން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 4:00ށް ވަނީ ހުޅުވާލާފައެވެ.

ދެވަނަ ބުރަށް ރީރަޖިސްޓްރީކުރުމަށް ހުޅުވާލުމާއި ގުޅިގެން ފަސްޓްލޭޑީ ފަޒްނާ ވިދާޅުވީ މިއަދު ހަވީރުން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރަށް ރީ-ރަޖިސްޓްރޭޝަން ހުޅުވާލާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓްލީ ތަން ނޫން ތަނަކަށް ވޯޓްލާނަމަ އަވަހަށް ރީރެޖިސްޓަރ ކުރުމަށް އެ ކަމަނާ ވަނީ އެދިވަޑައިގަންނަވާފައެވެ.

ފަސްޓްލޭޑީ ވިދާޅުވީ އެންމެ ފަސޭހަ އަދި ރަނގަޅު ގޮތަކީ ދަތުރުުފަތުރު ކުރަން ނުޖެހޭގޮތަކަށް ރީ-ރަޖިސްޓަރ ކުރުން ކަމަށާއި، އެންމެ ފަހުވަގުތު ދަތުރު ކުރަން އުޅެގެން ނުކުރެވިއްޖެނަމަ އެއީ ގެއްލޭ ވޯޓެއް ކަމަށެވެ.

އަދި އެމްޑީޕީގެ ޖަގަހަތަކުން ރީރެޖިސްޓަރ ކުރުމަށް އެހީވެދޭނެ ކަމަށާއި، މި އިންތިޚާބު ކާމިޔާބުކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަކީވެސް މުހިންމުކަމެއް ކަމަށެވެ. އަދި މީހަކު ގުޅާތޯ މަޑުނުކޮށް އަވަހަށް ރީ-ރަޖިސްޓްރޭޝަން ކަންތަކުގައި އުޅުއްވުމަށް ފަސްޓްލޭޑީ ވަނީ އެދިވަޑައިގަންނަވާފައެވެ.

އެކަމަނާ ވިދާޅުވީ މާތްﷲ ގެ ތަނަވަސް ރަޙްމަަތްފުޅާ އިރާދަފުޅުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް މި އިންތިޚާބު ކާމިޔާބު ވާނެކަމަށެވެ.

ދެވަނަ ބުރުގައި ރީ ރަޖިސްޓްރީ ކުރާނީ ފުރަތަމަ ބުރުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ދެވަނަ ބުރުގައި ވޯޓުލާ ފަރާތްތަކެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓުން ބަލައިލެވޭނެއެވެ. އަދި VR space ID.No Send to 141 އަށް އެސްއެމްއެސް ފޮނުވައިގެން ވެސް ބަލައިލެވޭނެއެވެ.

އީސީން ވަނީ މި އިންތިޚާބުގައި ވޯޓުލާން ރީ ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭ ގޮތަށް ޕޯޓަލެއް ހަދައިފައެވެ. މި ޕޯޓަލުގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއަށް ވެސް ފޯމު ހުށަހެޅޭނެއެވެ. މާލޭގައިނަމަ ފޯމު ހުށަހަޅަން ޖެހޭނީ ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މަރުކަޒަށެވެ.

އިލެކްޝަންސް ކޮމިޝަން2023 ރިޔާސީ އިންތިޚާބުރިޔާސީ އިންތިހާބުގެ ދެވަނަ ބުރުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު